24 އެޕްރީލް 2020 - 17:48

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދެމުން އަންނަ އުރީދޫން އެ ކުންފުނީގެ ކަސްޓަމަރުންނަށް ރޯދައަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.
އުރީދޫން މިއަހަރު ތައާރަފުކުރި ޕެކޭޖުތަކުގެ ތެރޭގައި "ޑެއިލީ ޑޭޓާ ކޮމްބޯ" އާއި އިތުރު ޑޭޓާ އާއި ބޯނަސް ޑޭޓާ އާއި "ނަމާދު އެލާޓު" އަދި ހިލޭ ލިބޭ ބައެއް ހިދުމްތައް ހިމެނެ އެވެ. މި ހުރިހާ ހިދުމަތެއް ވެސް މިއަދުން ފެށިގެން އުރީދޫގެ ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އުރީދޫގެ ޑެއިލީ ޑޭޓާ ކޮމްބޯ ނަގާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ދުވާލަކު 35ރ. އަށް އެއް ޖީބީ ޑޭޓާ އާއި އަންލިމިޓެޑް ކޯލް ލިބޭނެ އެވެ. މި ޕެކޭޖް އުރީދޫގެ އެޕް މެދުވެރިކޮށް ނުވަތަ #1*929* އަށް އެސްއެމްއެސް ކުރުމުން އެކްޓިވޭތް ކުރެވޭނެ އެވެ.
އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން އުރީދޫގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން މަންތުލީ ޑޭޓާ ޕެކޭޖު އެކްޓިވޭޓު ކުރާ ކަސްޓަމަރުންނަށް 50 ޕަސެންޓު އިތުރު ޑޭޓާ ވެސް ލިބޭނެ އެވެ. އަދި މި އެޕްލިކޭޝަން މެދުވެރިކޮށް ކުރާ ކޮންމެ 50ރ އިން މަތީގެ ރީޗާޖަކާއެކު ބޯނަސް ޑޭޓާގެ ގޮތުގައި ފަސް ގުނަ ޑެއިލީ ޑޭޓާ ވެސް ލިބޭނެ އެވެ.
މީގެ އިތުރުން ކޮންމެ އަހަރެއްގެ ރޯދަ މަހު ނަމާދު ވަގުތު އަންގައިދޭން އެ ކުންފުނިން ތައާރަފުކުރާ ނަމާދު އެލާޓު ވެސް މިއަހަރު ވަނީ ތައާރަފު ކޮށްފަ އެވެ. މި އެލާޓު މިއަހަރު އެސްއެެމްގެ އިތުރުން ވައިބާ އަދި މެސެންޖާ މެދުވެރިކޮށް ވެސް ލިބޭނެ އެވެ. ނަމާދު އެލާޓު ހިލޭ ލިބޭ ގޮތަށް އެކްޓިވޭޓް ކުރުމަށް "GO" ޖެހުމަށް ފަހު އެސްއެމްއެސް ކުރާނީ 4777 އަށެވެ. އަދި "Ramadan" ލިޔުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރުމުން ރީތި ޓިއުންސް އިން ގުރުއާނުގެ އާޔަތްތައް ވެސް ހިލޭ އެކްޓިވޭޓް ކުރެވޭނެ އެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހަކީ އެހެން އަހަރުތަކާ ތަފާތު މަހެއް ކަމަށް ވާއިރު ދުރުގައި ތިބެގެން އާއިލީ ގުޅުން ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. މިކަމަށް އެޙިވުމުގެ ގޮތުން އުރީދޫން ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގޭގައި ތިބެގެން އަދި އާއިލާ އާއި ދުރުގައި އޮފީހުގައި ތިބެގެން ރާއްޖޭގެ ރައްޔިތުންގެ މުވާސަލާތީ ބޭނުންތަކަށް ޚިދުމަތްދިނުމުގައި ތިބި އުރީދޫ އާއިލާގެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެން އެންމެންގެ ފަރާތުން، ބަރަކާތްތެރި އަދި އުފާވެރި ރަމަޟާން މަހުގެ ތަހުނިޔާ އެންމެހާ ބޭފުޅުންނަށާއި އާއިލާތަކަށް އަރިސްކުރަން." ނަޖީބް ޚާން ވިދާޅުވި އެވެ.