މައްކާ ފިޔަވައި ސައުދީގެ އެހެން ތަންތަނުގެ ކާފިއު އަށް ލުއިތަކެއް
މައްކާ ފިޔަވައި ސައުދީގެ އެހެން ތަންތަނުގެ ކާފިއު އަށް ލުއިތަކެއް

މައްކާ (އެޕްރީލް 27) - ސައުދީ އަރަބިއާގެ މާތްވެގެންވާ މައްކާ ފިޔަވައި އެ ގައުމުގެ އެހެން ހިސާބުތަކުގައި ހިންގާފައިވާ ކާފިއު އަށް ލުއިތަކެއް ދިނުމަށް ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އަންގަވައިފި އެވެ.

މައްކާ ފިޔަވައި ސައުދީގެ އެހެން ތަންތަނުގެ ކާފިއު އަށް ލުއިތަކެއް
މައްކާ ފިޔަވައި ސައުދީގެ އެހެން ތަންތަނުގެ ކާފިއު އަށް ލުއިތަކެއް

މައްކާގައި 24 ގަޑިއިރު ކާފިއު ހިންގި ނަމަވެސް އެހެން ސަރަހައްދުތަކުގެ ކާފިއު އަށް ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމައަށް ލުއި ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި ރޯދަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާ ހަމައަށް (އެޕްރީލް 29 އިން މެއި 13) އަށް ވަނީ މޯލްތަކާއި ހޯލްސޭލް އަދި ރީޓެއިލް ފިހާރަތައް ހުޅުވުމުގެ ހުއްދަ ދީފަ އެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން މައްކާ އާއި މަދީނާ ލޮކްޑައުން ކުރީ މި މަހު 2 ވަނަ ދުވަހު އެވެ.

ރޯދަ މަހުގެ އުމްރާގެ އަޅުކަން ސަސްޕެންޑް ކުރި އިރު ޖުލައި މަހުގެ ފަހުކޮޅު އޮންނަ ހައްޖުގެ އަޅުކަމުގެ ތައްޔާރީތައް އަދި ނުވުމަށް ސައުދީން ވަނީ އަންގައިފަ އެވެ. މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި 2.5 މުސްލިމުން ބައިވެރިވި އެވެ.

ސައުދީން މިހާތަނަށް ވަނީ 17,522 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 139 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 2،357 މީހުންނެވެ. މައްކާ އިން ވަނީ 4،259 މީހުން ޕޮޒިޓިވްވެ 59 މީހުން މަރުވެފަ އެވެ. މައްކާ އިން ރަނގަޅުވެފައި ވަނީ 472 މީހުންނެވެ. މަދީނާ އިން ވަނީ 3،047 މީހުން ޕޮޒިޓިވްވެ 32 މީހުން މަރުވެފަ އެވެ. މަދީނާ އިން ރަނގަޅުވެފައި ވަނީ 84 މީހުންނެވެ.