މޯލްޑިވް ގޭހުން ރޯދަ މަހު ހިދުމަތް ދޭނީ ދެ ވަގުތަކަށް ބަހާލައިގެން
މޯލްޑިވް ގޭހުން ރޯދަ މަހު ހިދުމަތް ދޭނީ ދެ ވަގުތަކަށް ބަހާލައިގެން

މޯލްޑިވް ގޭހުން މި ރޯދަ މަހު ދެ ވަގުތަކަށް ބަހާލައިގެން ޚިދުމަތް ދޭން ނިންމައިފި އެވެ.

އެއީ ހެނދުނު 11 ން މެންދުރު ފަހު 3 އަށް، ރޭގަނޑު 8:30 ން 10:30 އަށެވެ. ހުކުރު ދުވަހު ޚިދުމަތް ދޭނީ މެންދުރު 1:30 ން 3:00 އަށެވެ. ހުކުރު ދުވަހު ވެސް އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް ރޭގަނޑު 8:30 ން 10:30 އަށް ގޭސްފުޅި ޑެލިވަރީ ކޮށްދޭނެ އެވެ.

މޯލްޑިވް ގޭސްގެ ކޯލް ސެންޓަރުގެ ނަންބަރު 1616 އަށް ގުޅައިގެން އޯޑަރު ދެވޭނެ އެވެ.

މޯލްޑިވް ގޭހުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން އޮންލައިންކޮށް ގޭހަށް ފައިސާ ދެއްކޭ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ. އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ފައިސާ ދެއްކުމާއި ގޭހަށް އޯޑަރު ދީގެން ޚިދުމަތް ހޯދޭނެ އެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ނަގުދު ފައިސާގެ ބަދަލުގައި އޮންލައިންކޮށް ޕޭމެންޓް ހެދުމައި އޯޑަރު ދިނުމުގައި ވެސް އޮންލައިން ހިދުމަތްތައް ބޭނުން ކުރުމަށް މޯލްޑިވް ގޭސް އިން އެދެ އެވެ. މި ބައްޔަށް މިހާރު 100 އަށް ވުރެ ގިނަ މީހުން ރާއްޖެއިން ވަނީ ޕޮޒިޓިވްވެފަ އެވެ.