ލޮކްޑައުން އަށް ފަހު ބައްޔާއެކު ދިރިއުޅެން ދަސްކުރޭ: އަފްޒަލް
ލޮކްޑައުން އަށް ފަހު ބައްޔާއެކު ދިރިއުޅެން ދަސްކުރޭ: އަފްޒަލް

މަބްރޫކް: ކޭސް 17 އާއި 19 މިހާރު ވަނީ ދޫކޮށްލައިފައި. ކޭސް 18 ވެސް މިހާރު ޑަބަލް ނެގެޓިވް. އެ މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެއް ނޫން. އެ މީހުން ދޫކޮށްލައިފައި ވަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު

ލޮކްޑައުން އަށް ފަހު ބައްޔާއެކު ދިރިއުޅެން ދަސްކުރޭ: އަފްޒަލް
ލޮކްޑައުން އަށް ފަހު ބައްޔާއެކު ދިރިއުޅެން ދަސްކުރޭ: އަފްޒަލް

ޑރ. އަފްޒަލް: ކުރިއަށް އޮތްތާނގައި ވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ. ކުރިއަށް އޮތްތާނގައި ވިސްނާލަން ޖެހޭ މިކަހަލަ ލޮކްޑައުންއެއް ނިމިގެން ދާއިރު އަދި ވަރަށް ގިނަ ދުވަސް ނަގާނެ އާންމު ހާލަތަކަށް ނުވަތަ ކުރީގެ ހާލަތަށް ދާން. ލޮކްޑައުން އިން ނެގީމަ، އަޅުގަނޑުމެންނަށް އެނގެން ޖެހޭނެ މި ބައްޔާ އެކު ދިރިއުޅެން ދަސްކުރަން.

ލޮކްޑައުން އަށް ފަހު ބައްޔާއެކު ދިރިއުޅެން ދަސްކުރޭ: އަފްޒަލް
ލޮކްޑައުން އަށް ފަހު ބައްޔާއެކު ދިރިއުޅެން ދަސްކުރޭ: އަފްޒަލް

ޑރ. އަފްޒަލް: މި ދުވަސްވަރަކީ މޫސުން ގޯސްވެ، ވިއްސާރަ ދުވަސްވަރަކަށް ވާތީ ވަރަށް ބޮޑަށް ސާފުތާހިރު ކަމަށް ސަމާލުކަން ދޭން ޖެހޭނެ. ހާއްސަކޮށް ޑެންގީން ސަލާމަތްވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލަން ސަމާލުކަން ދޭން ވާނެ.

ލޮކްޑައުން އަށް ފަހު ބައްޔާއެކު ދިރިއުޅެން ދަސްކުރޭ: އަފްޒަލް
ލޮކްޑައުން އަށް ފަހު ބައްޔާއެކު ދިރިއުޅެން ދަސްކުރޭ: އަފްޒަލް

ޑރ. އިބްރާހިމް އަފްޒަލް: މި ޕްރެސް ކޮންފަރެންސަށް ތައްޔާރުވަމުން އައި އިރު އިތުރު 11 މީހަކު ވަނީ ޕޮޒިޓިވްވެފައި. އޭގެ ތަފުސީލުތައް ފަހުން އިއުލާންކުރާނެ.

ލޮކްޑައުން އަށް ފަހު ބައްޔާއެކު ދިރިއުޅެން ދަސްކުރޭ: އަފްޒަލް
ލޮކްޑައުން އަށް ފަހު ބައްޔާއެކު ދިރިއުޅެން ދަސްކުރޭ: އަފްޒަލް

މަބްރޫކް: ރަށްރަށުގައި ކާބޯތަކެތީގެ ދަތިކަން ހައްލުކުރުމަށް މޯލްޑިވިއަނުން ކާގޯ ފްލައިޓްތަކެއް ބާއްވާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފައި. ރަށްރަށުގެ ކައުންސިލްތަކުން އެލްޖީއޭ އާ ގުޅިގެން އެކަން ކުރަމުން ގެންދަނީ.

މަބްރޫކް: ރަށްރަށުން ގެންނަ މުދަލުގެ ކަންކަން މާލެ އަށް ގެނައުމުގެ ކަންކަން ހަމަޖައްސަނީ އެކި ރަށްރަށުގެ ކައުންސިލްތަކުން. އެ ފަރާތްތަކުން މާލޭގައި މިކަމަށް ކަނޑައަޅާފައިވާ ނިޒާމާ ކޮންޓެކްޓް ކުރާނީ. (މިކަމަށް އެކި ޒޯންތަކަށް ވަނީ އެކި ނަންބަރުތައް ހަމަޖައްސައިފައި). -- އެ ނަންބަރުތަކަށް ގުޅައިގެން އެ ރަށްރަށުގައި އުފައްދާ ކާބޯތަކެތި ވިއްކޭ ގޮތް ވާނީ ހަމަޖައްސައިފައި.

ތަރުޖަމާނު މަބްރޫކް އަޒީޒު: މިހާތަނަށް ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 128. 5100 އަށް ވުރެ ގިނަ ސާމްޕަލް ނަގާފައި. ކުރެއްދޫން ނެގި ސާމްޕަލްތަކުގެ ނަތީޖާތައް މިހާރު ވަނީ ލިބެން ފަށައިފައި. އައިސޮލޭޝަންގައި މިހާރު 160 މީހުން އެބަތިބި އަދި ކަރަންޓީނުގައި 1329 މީހުން އެބަތިބި. ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން މުއްދަތު ފުރިހަމަވެގެން މިއަދު 14 މީހުން ވަނީ ދޫކޮށްލައިފައި. ކޮންޓެކްޓް ޓްރޭސިންގެ ދަށުން މިހާތަނަށް ވަނީ 259 ތަނާއި ބިލްޑިންގު ވަނީ މޮނިޓަރިންނަށް ލައިފައި.

ދަރުބާރުގޭގައި ނޫސް ކޮންފަރެންސް ދެންމެ ފަށައިފި

އަމީރު: ފަހުން އިގްތިސޯދެއް ހޯދަން އަޅުގަނޑުމެން އެބަ ޖެހޭ ސިއްހީ ދާއިރާ އަށް މި ހަރަދުތައް ކޮށްގެން. މިކަމުން އަރައިގަަނެގެން ނޫނީ އިގްތިސާދު ހަމައަކަށް ނޭޅޭނެ. ހަގީގަތުގައި އަޅުގަނޑުމެން އިތުރަށް ފައިސާ ޖަހަނީއެއް ނޫން. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ބޭންްކްތަކުގައި ވެސް އޯޑީ ފެސިލިޓީ އެބަ އިތުރުކުރޭ. އަޅުގަނޑުމެން މި ފައިސާ އިތުރުކުރަނީ ކުރިއަށްދާ ހަރަކާތްތަކަށް. ފައިސާ ޖެހުމަކީ އެހެން ކަމެއް. އެއީ ފައިސާ ޖެހުމަކީ އެ ޖަހާފައި ހަރަދު ކުރަން ދިނުން. އަޅުގަނޑުމެން މި ކުރާ ކަމަކީ އެހެން ކަަމެއް.

އަމީރު: ރާއްޖެ އަށް ޓޫރިސްޓުން އަންނަން ފަށައިގަންނާނީ އޮކްޓޫބަރު ހިސާބުގައި ކަމަށް ބަލަނީ. ބަލި ކޮންޓްރޯލްް ކުރުމުގައި ކާމިޔާބުތަކެއް ހޯދާފައިވާ ގައުމުތައް ވެސް އެބަހުރި. އެހެންވެ، ޖުލައިން ފެށިގެން ދަތުރުތައް ފެށުމުގައި ކޮންމެވެސް ވަރެއްގެ ފަސޭހަތަކެއް ދެވެން ފަށާނެ ކަމަށް ބެލެވެނީ. އައިއެމްއެފާއި ވޯލްޑް ބޭންކް ތަންތަނުން ވެސް މިހާރު އަންދާޒާ ވެސް ކުރަނީ އެހެން.

އަމީރު: ސިނާރިޔޯތަކެއް މިހާރު ހަދައިފައި މިއޮތީ، ކުރީގެ ސިނާރިޔޯތައް މިހާރު ވަނީ ބަދަލުވެފައި. އަޅުގަނޑުމެން ފަސް ސިނާރިޔޯއެއް ހަދާފައިވާ އިރު އަޅުގަނޑުމެން މި ގަބޫލުކުރަނީ އަޅުގަނޑުމެން ތިބޭނީ ސިނާރިޔޯ ތިނެއްގައި ކަމަށް.

އަމީރު: ދައުލަތުން ފިޔަވަޅު ނާޅައިފި ނަމަ އިގްތިސާދީ ރިސެޝަން ވަރަށް ބޮޑުވާނެ. މުހިންމު ދަނޑިވަޅުގައި މުހިންމު ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ. އޭރުން މި ގުދު ކާވް ފަތި ކުރެވިދާނެ. ރާއްޖޭގެ އިގްތިސާދު މިހާރު ވެންޓިލޭޓަރުގެ އެހީގައި.

އަމީރު: ޕަބްލިކް ބޭންކް އެކައުންޓް އޯވަ ޑްރޯ ކުރެވޭނީ ވޭތުވެދިޔަ ތިން އަހަރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓާ ހަމައަށް. މިއީ ގާތްގަނޑަކަަަށް 220 މިލިއަން ރުފިޔާ. މިހާރު ވެސް މި އަދަދަށް އެބަ އޯވާ ޑްރޯ ކުރެވޭ. އެހެންވެ އަޅުގަނޑުމެން އޯވާ ޑްރޯ ކުރާ މިންވަރު އިތުރު ކުރިޔަސް ފައިސާ ލިބޭވަރަކަށް އެ އެކައުންޓަށް ޑިޕޮސިޓް ކުރަމުން ގެންދެވޭނެ. މި ގޮތުން އަޅުގަނޑުމެން ބޭނުން ވަނި 4 ބިލިއަން ރުފިޔާ އާ ހަމައަށް އެ އަދަދު އިތުރުކުރަން.

އަމީރު: ވޯލްޑް ބޭންްކުން 30 މިލިއަން ޑޮލަރު ލިބޭތޯ ބަލަން. އޭގެ ތެރެއިން ވަނީ 10 މިލިއަން ޑޮލަރު ލިބިފައި. މީގެ އިތުރުން އޭޑީބީން 27 މިލިއަން ޑޮލަރު ލިބޭތޯ އެބަ ބަލަން. އަދި އައިއެފްސީން 50، އޮޕެކް ފަންޑުން 20 މިލިއަން ޑޮލަރު އެޗްއެސްބީސީން 25 މިލިއަން ޑޮލަރާއި ބައެއް އެހެން ފަންޑުތަކާ އެކު ޖުމަލް 233 މިލިއަން ޑޮލަރު ލިބޭތޯ އެބަ ބަލަން.

އަމީރު: ބޭރުގެ ފައިނޭންސް ހޯދުމަށާއި އެތެރޭގެ ބާޒާރުން ވެސް ފައިސާ ލިބޭތޯ އެބަ ބަލަން. މީގެ އިތުރުން މަރުކަޒީ ބޭންކް މެދުވެރިކޮށް ފައިސާ ލިބޭތޯ ވެސް އެބަ ބަލަން.

އަމީރު: ކޭޝް ފްލޯ އަށް ވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައި. ކޭޝް ފްލޯ އަށް ވަނީ ބޮޑު ޝޮކެއް ލިބިފައި. ކުރިއަށް އޮތް ތިން ކަމަށް ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އެންމެ މަދުވެގެން ވެސް 4 ބިލިއަން ރުފިޔާ އެބަ ބޭނުންވޭ.

އަމީރު: ފައިނޭންސިން ގެޕް ބޮޑުވާ ވަރަކަށް ދައުލަތުގެ ދަރަނި ވެސް އިތުރުވާނެ. ފާސްކުރި ބަޖެޓްގައި ހުންނާނީ 57 ބިލިއަން ރުފިޔާ. އެކަމަކު މިހާރު ބެލެވޭ ގޮތުގައި 70 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވޭ.

އަމީރު: ޕީއެސްއައިޕީގެ ނުފަށާ ހުރި މަޝްރޫއުތައް މި އަހަރު މަޑުޖައްސާލާނަން.

އަމީރު: މާޗުން ފެށިގެން ހަރަދު ކުޑަކުރަން ފިޔަވަޅު އެޅުމާ އެކު މިހާރު ވެސް 800 މިލިއަނަށްވުރެގިނަ ރުފިޔާ ވަނީ ސަލާމަތް ކުރެވިފައި. އެކަމަކު އާމްދަނީ އަށް ބަލާއިރު ހަރަދު ކުޑަކުރުމަށް ޓަކައި އިތުރު ފިޔަވަޅުތައް އަޅަން ޖެހޭ.

އަމީރު: ސިއްހީ ދާއިރާ އަށް މި އަހަރު ކުރި ބަޖެޓް އަންދާޒާ، ކޮމިއުނިޓީ ސްޕްރެޑް ފެނުމާ ގުޅިގެން 1.6 ބިލިއަން ރުފިޔާ އިތުރަށް ހޭދަވާނެ ކަމަށް ބެލެވޭ، މި ބަލި އިތުރަށް ފެތުރޭ ނަމަ މި ބަޖެޓް އިތުރަށް ބޮޑުވެގެން ދާނެ ކަމަށް ވެސް ބެލެވޭ.

އަމީރު: ރާއްޖެ އަށް ލިބޭ އާމްދަނީން މަދުވާނެ ކަމަށް ބެލެވޭ ޖުމްލަ އަކީ 15 ބިލިއަން ރުފިޔާ. އެންމެ ބޮޑު އާމްދަނީއެއް ގެއްލިގެން ދާނެ ކަމަށް ބެލެވެނީ ޓީޖީއެސްޓީ.

އަމީރު: ބޭރު ފައިސާ ލިބޭ މިންވަރު ވަނީ ވަރަށް ބޮޑުތަން ވަނީ ދަށަށް ގޮސްފައި. މަސް ބޭރުކުރާ މިންވަރު ދަށްވުމާއި ޓޫރިސްޓުން ނާންނާތީ އާއި ރިސޯޓްތައް ބަންދުކޮށްފައިވާތީ ބޭރު ފައިސާ ވަންނަލެއް މަދުވާނެ. ހަމައެހެންމެ، ރިސޯޓްތައް ބަންދުކޮށްފައިވާތީ އިމްޕޯޓް ދަށްވެ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ދަށަށް ދާނެ.

އަމީރު: އަގުތަކަށް ނުވަތަ އިންފްލޭޝަނަށް އަންނާނެ ސީދާ ބަދަލުތައް ދެނެގަންްނަން ދަތި.

އަމީރު: އިގްތިސާދުގެ އުފެއްދުންތެރިކަން ދަށްވާނެ ކަމަށް ބެލެވެނީ 11.5 ޕަސެންޓް. އެއީ ނޮމިނަލް ޖީޑީޕީން ބަލާނަމަ 81 ބިލިއަން ރުފިޔާ. އޭގެ ސަބަބުން ވަޒީފާގެ ބާޒާރަށާއި އިންފްލޭޝަނަށް ބަދަލުތަކެއް އަންނާނެ. ވަޒީފާ ގެއްލޭ މީހުންްގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާ ކުރެވޭ.

އަމީރު: ރާއްޖެ އަންނަ ޓޫރިސްޓުން އަދަދު ދެބައިކުޅަ އެއް ބައި މަދުވާނެ. އަދި ބެޑް ނައިޓްސް 39 ޕަސެންޓް ވެއްޓޭނެ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އޮންއެރައިވަލް ވިސާ ދޫކުރެވެން ފަށާނީ ޖުލައިގައި ކަމަށް.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ރާއްޖެ އަކީ މި ބަލީގެ ސަބަބުން އިގްތިސާދަށް އެންމެ ބޮޑު ލޮޅުމެއް އަރާނެ އެއް ގައުމު

މާލޭގައި އިތުރު ހަ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ. އެޗްޕީއޭ އިން ބުނީ މީގެ ތެރޭގައި ހިމެނެނީ ދެ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހަކާއި އިންޑިޔާގެ މީހެއްގެ އިތުރުން ސްރީލަންކާގެ މީހެެއް. މިއީ މާލޭގައި ދިރިއުޅޭ ސްރީލަންކާ ރައްޔިތަކު މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރު

މިހާރު ވަނީ ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 110 އަށް އަރާފައި. އެންމެ ފަހުން ޕޮޒިޓިވް ވީ ދެ ދިވެހިން.

ކޮވިޑް-19 އަށް އެއް ދުވަހާ 23 މީހުން ޕޮޒިޓިވްވެ، ރާއްޖެ އިން މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ އަދަދު 100 އަށް ވުރެ އިތުރުވެއްޖެ އެވެ.

މިއީ ރާއްޖޭން ކޮވިޑް-19 ފެނުނު ފަހުން އެއް ދުވަހުން މިހާ ގިނަ ބަޔަކު މިހާތަނަށް އަދި ޕޮޒިޓިވްއެއް ނުވެ އެވެ. މި އަދަދާ އެކު ރާއްޖެއިން ޕޮޒިޓިވް މީހުންގެ އަދަދު މިހާރު ވަނީ 108 އަށް އަރައިފަ އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރޭތީ އެކަމާ ބެހޭ މައުލޫމާތު ދޭން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ ހާމަކުރި ގޮތުގައި އެންމެ ފަހުން ޕޮޒިޓިވްވި 23 މީހުންގެ ތެރެއިން 14 މީހަކީ އެއް ތަނެއްގައި ދިރިއުޅޭ ބަންގްލާދޭޝް މީހުންނެވެ.

ކޮވިޑް-19 އާ ބެހޭ މައުލޫމާތު ދޭން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި މި ބައްޔަށް ޓެސްޓްކުރުމަށް ރާއްޖެއިން މިހާތަނަށް 4،960 ސާމްޕަލް ވަނީ ނަގައިފަ އެވެ. އޭގެ ތެރެއިން 108 މީހުން ޕޮޒިޓިވް ވެފައި ވާއިރު 300 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެ އެވެ.

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެއްސަކާއި 64 ބިދޭސީންނެވެ. މި މީހުންގެ ތެރެއިން 92 މީހުންނަކީ މާލެއިން ޕޮޒިޓިވްވެފައިވާ މީހުންނެވެ. ދެން ތިބި މީހުންނަކީ ރާއްޖެ އައި ޓުއަރިސްޓުންނާއި އެކި ރިސޯޓުތަކުގެ މުވައްޒަފުންގެ އިތުރަށް އެކި ގައުމުތަކުން ރާއްޖެ އައި ދިވެހިންނެވެ.

މާލެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި، ބަންގްލާދޭޝްގެ 33 މީހަކާއި އިންޑިއާގެ ހަ މީހެކެވެ.

ރާއްޖެއިން އެންމެ ފުރަތަމަ މި ބަލި ފެނުނީ ރިސޯޓަކަށް އައި ޓޫރިސްޓަކު ޕޮޒިޓިވްވެ މާޗް 7 ގަ އެވެ، ރިސޯޓްތަކާއި ރިސޯޓުތަކާ ސަފާރީތަކުން 13 މީހަކު ބައްޔަށް ޕޮޒިޓިވްވި އެވެ. އެއީ ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ.

ކޮވިޑް-19 އަށް ރާއްޖޭން ފުރަތަމަ ޕޮޒިޓިވް ދިވެއްސަކީ ޔޫކޭ އިން ރާއްޖެ އައުމުން ކަރަންޓީނުކުރި މީހެކެވެ. އެ މީހާގެ އިތުރަށް ވެސް ބޭރުން އައި ހަތަރު ދިވެއްސެއްގެ ހަށިގަނޑުން ބަލި ފެނިފައިވެ އެވެ.

މާލޭން މި ބަލި އެންމެ ފުރަތަމަ ފެނުނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެއާ އެކު މުޅި މާލެ ލޮކްޑައުންކޮށް، އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓް ވެފައިވާ މީހުން ހޯދަން ފެށި އެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު މިހާތަނަށް ކުރި ޓެސްޓްތަކުން ދެ ކޭސް އަކީ ޕްރޮބަބަލް ނުވަތަ ނަތީޖާ ކަށަވަރު ނުވާ ދެ ކޭހެކެވެ. މިހާތަނަށް 1،546 މީހަކު ކަރަންޓީންކޮށްފައިވާއިރު، 189 މީހަކު އައިސޮލޭޝަންގައި ވެސް އެބަ ތިއްބެވެ.