އެޕަލްގެ އޯއެސް އިން އަނެއްކާވެސް ބާގަނޑެއް
އެޕަލްގެ އޯއެސް އިން އަނެއްކާވެސް ބާގަނޑެއް

އެޕަލްގެ އައިފޯނާއި އައިޕެޑްގެ އޮޕަރޭޓިން ސިސްޓަމްގައި ހުރި މައްސަލައެއްގެ ސަބަބުން ޑިވައިސްތައް ހެކްކޮށްފާނެކަމުގެ ބިރު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޒެކްއޮޕްސް އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި އެޕަލްގެ ޑިވައިސްތަކުގައި ހުންނަ މެއިލް އެޕުން އެތައް ބިލިއަން ޑިވައިސްއެއް ނުރައްކަލަށް ހުށަހެޅިފައި އޮތުމުގެ ފުރުސަތު ބޮޑެވެ.

މި މައްސަލާގައި އެޕަލް އިން ބުނީ ޑިވައިސްތަކުގެ އޮޕަރޭޓިން ސިސްޓަމް (އޯއެސް) ގައި އެއްވެސް މައްސަލައެއް އުޅޭކަން ކުރިން ފާހަގަކުރެވިފައި ނުވާ ކަމަށާއި އެކަން މިހާރު ސަމާލުކަމަށް އައިސްފައިވާތީ ކުރިއަށް ހުރި ސޮޓްވެއާ އަޕްޑޭޓްތަކާ އެކު މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ޒެކްއޮޕްސް އިން ބުނި ގޮތުގައި މި ބަގް މަސައްކަތްކުރަނީ އައިފޯނާއި އައިޕެޑްގެ ޑިވައިސްތަކަށް މެއިލް އެކައުންޓް މެދުވެރިކޮށް ފޮނުވާ ހުސް މެސެޖެއް ހުޅުވުމުން ޑިވައިސް ރިބޫޓްކުރަން މަޖުބޫރުކޮށް، އެކަމަށް ނަގާ ވަގުތުކޮޅުގެ ތެރޭގައި ޑިވައިސްގައި ހުރި ޒާތީ މައުލޫމާތު ހެކަރުން ދަމައިގަނެގެންނެވެ. އަދި މި މައްސަލަ އެންމެ ފަހުގެ އައިއޯއެސްގައި ވާޝަނުގައި ވެސް ހުރިކަން ޒެކްއޮޕްސް އިން ފާހަގަކޮށްފައިވެ އެވެ.