ތައިލެންޑުގެ ރަސްގެފާން އަވަހާރަވެއްޖެ
ތައިލެންޑުގެ ރަސްގެފާން އަވަހާރަވެއްޖެ

ބެންކޮކް (އޮކްޓޯބަރު 13) - ތައިލެންޑުގެ ރަސްގެފާން ބުމިބޯލް އަދުޔަދޭޖް އުމުރުފުޅުން 88 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

ތައިލެންޑުގެ ރަސްގެފާން އަވަހާރަވެއްޖެ
ތައިލެންޑުގެ ރަސްގެފާން އަވަހާރަވެއްޖެ

ދުނިޔޭގައި އެންމެ ގިނަ ދުވަހު ރަސްކަން ކުރެއްވި އަދުޔަދޭޖް އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އޭނާގެ ހާލު ދެރަވާން ފެށުމުން ގިނަ ބަޔަކު ވަނީ ހޮސްޕިޓަލުގެ ބޭރަށް އެއްވެ ހިތާމަފާޅު ކުރަން ފަށައިފަ އެވެ. ރަސްގެފާން އަވަރާވިއިރު ތަޚުތުގައި އިންނަވާތާ 70 އަހަރުވެއްޖެ އެވެ.

ރަސްގެފާން އަވަރާވިކަން އިއުލާން ކުރައްވަމުން ބޮޑުު ވަޒީރު ޕްރަޔުތު ޗާން-އޮޗާ ވަނީ އެއް އަހަރު ވަންދެން ތައިލެންޑުގައި ހިތާމަ ފާޅުކުރަން ނިންމާ މުނިފޫހިފިލުވުމުގެ ހުރިހާ ހަރާކާތެއް އެއް މަސް ދުވަހަށް މެދުކަނޑާލަށް ނިންމަވައިފަ އެވެ. ތައިލެންޑުގެ ތަޚުތަށް ދެން އިސްވާނީ ވަލީއަހުދު މަހާ ވަޖިރަލޮންގްކޯން، 63، ކަން ވެސް ބޮޑު ވަޒީރު ވަނީ އިއުލާން ކުރައްވައިފަ އެވެ. މިއީ ތައިލެންޑުގެ އާއްމުންނަށް އެހާ ފަރިތަ ބޭފުޅެއް ނޫނެވެ.

އެމެރިކާގެ މެސަޗޫސެޓްސް އަށް އުފަންވެވަޑައިގެންނެވި ބުމިބޯލް ތައިލެންޑުގެ ރަސްކަމަށް ވަޑައިގެންނެވީ ޖޫން 9، 1946 ގަ އެވެ. އެއީ އޭނާގެ ބޭބެ އަނަންދާ މަހިދޯލް އަވަހަރާވުމާ ގުޅިގެންނެވެ.