ވިކީ ކޯޝަލްގެ "ބޫތު" އެމެޒޯން ޕްރައިމް ވީޑިއޯ އަށް
ވިކީ ކޯޝަލްގެ "ބޫތު" އެމެޒޯން ޕްރައިމް ވީޑިއޯ އަށް

މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ބިރުވެރި ފިލްމު "ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް" އެމެޒޯން ޕްރައިން ވީޑިއޯ އިން ސްޓްރީމްކުރަން ފަށައިފި އެވެ.

ފެބްރުއަރީ މަހުގެ 21 ގައި ސިނަމާތަކަށް ގެނައި އެ ފިލްމަކީ އަރަމުން އަންނަ ޒުވާން އެކްޓަރު ވިކީ ކޯޝަލް ކުޅުނު ފުރަތަމަ ބިރުވެރި ފިލްމެވެ. "ބޫތު" ގެ ކުޑަކުޑަ ރޯލެއް ބޫމީ ޕެޑްނޭކަރް ވެސް ކުޅެފައިވެ އެވެ.

ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު "ބޫތު" އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓްކުރި ފިލްމެކެވެ.

ޖުމްލަ 30 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ އެންމެ 40.94 ކްރޯޑް ރުޕީސް (5 މިލިއަން ޑޮލަރު) އެވެ.

"ބޫތު" ގެ ކާސްޓުންގެ ތެރޭގައި ޝްރަދާ ކަޕޫރްގެ ބޭބެ ސިދާންތު ކަޕޫރާއި އަޝުތޯޝް ރާނާ އަދި މެހެރް ވިޖް ހިމެނެ އެވެ.