ކޮމިއުނިޓީ ސްޕްްރެޑެއް ފެށިފައި އޮތް ކަމަށް ގަބޫލު ކުރެވެނީ ތިން ހަފުތާއެއް ވަރު ކުރިން: ޑރ. ނަޒްލާ
ކޮމިއުނިޓީ ސްޕްްރެޑެއް ފެށިފައި އޮތް ކަމަށް ގަބޫލު ކުރެވެނީ ތިން ހަފުތާއެއް ވަރު ކުރިން: ޑރ. ނަޒްލާ

ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރެން ފަށާފައި ވަނީ މީގެ ތިން ހަފުތާއެއް ވަރު ކުރިން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިރޭ ބުނެފި އެވެ.

ކޮމިއުނިޓީ ސްޕްްރެޑެއް ފެށިފައި އޮތް ކަމަށް ގަބޫލު ކުރެވެނީ ތިން ހަފުތާއެއް ވަރު ކުރިން: ޑރ. ނަޒްލާ
ކޮމިއުނިޓީ ސްޕްްރެޑެއް ފެށިފައި އޮތް ކަމަށް ގަބޫލު ކުރެވެނީ ތިން ހަފުތާއެއް ވަރު ކުރިން: ޑރ. ނަޒްލާ

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި، ރާއްޖޭގައި ކޮވިިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅުތަކުގެ ލަފާ ކަމާބެހޭ އިދާރާތަކަށް ދޭ ޓެގުގައި ހިމެނިވަޑައިގަންނަވާ، ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ އާއްމުންގެ ތެރޭގައި ބަލި ނުފެތުރޭކަން ކަށަވަރު ކުރަން ފްލޫ ކްލިނިކް އަދި ސެނަހިޔާ އަށް ދެއްކި ގިނަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓް ކުރަމުން ދިޔަ ކަމަށެވެ.

ރަށަކުން މީހަކު ބޮޑަށް ބަލިވެއްޖެ ނަމަ ލަފާ ދޭނީ މާލެ އަށް އައުމަށް ކަމަށާއި އެހެންވެ ނިއުމޯނިޔާ ޖެހިގެން، ހާއްސަކޮށް ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭން ޖެހޭ މީހުން ވެސް އެ ޓެސްޓުތައް ހަދަމުން ދިޔަ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ދޭއް އަދި ތިން ސާމްޕަލް ޓެސްޓުކުރި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"އެހެންވީމާ މި މަހުގެ 15 ގެ ކުރިން ނެގި އެއްވެސް ސާމްޕަލް އަކުން ނެތް ޑިޓެކްޓް ކުރެވިފައެއް ކޮވިޑް-19 އުޅޭ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

ކޮރޯނާވައިރަސް އިން ޖެހޭ ކޮވިޑް-19 އާންމުންގެ ތެރޭގައި ފެތުރޭކަން ޔަގީންވީ، އެކަމުގެ ދިރާސާއެއް ވެސް ހަދަމުން ދަނިކޮށެވެ. އެގޮތުން، މާލެ އިން ކޮވިޑް-19 އަށް ފުރަތަަމަ މީހަކު މިދިޔަ ބުދަ ދުވަހު ޕޮޒިޓިވްވި ފަހުން، އެ ބައްޔަށް މާލެ އިން 47 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ.

ތަފާސްހިސާބުތަކަށް ރިއާޔަތް ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަށް އެ ބަލި ޖެހެނީ އާދައިގެ ރޯގާއެއްގެ ގޮތަށެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން 20 ޕަސެންޓަކީ ސިވިއާ މީހުންނެވެ. އޭގެ ތެރެއިން ހާލު ސީރިއަސް ވަނީ ފަސް ޕަސެންޓް މީހުން ކަމަށް ވިދާޅުވި އެވެ.

"ސަވަޔަލަންސް އިން ވެސް މިހާތަނަށް ވެންޓިލޭޓަރަށް ލާންޖެހޭ މީހެއް ޕޮޒިޓިވްވެފައި ނުވާތީ އަޅުގަނޑު ބޮޑަށް ލަފާކުރަނީ މީގެ 2-3 ވީކްސްގައޭ މި އުޅެނީ [ކޮވިޑް-19 ފެތުރިގެން]،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮނިއުނިޓީ ސްޕްރެޑެއް އުޅޭތޯ ބަލަން ފްލޫ ކްލިނިކާއި ސެނަ ހިޔާއަށް ދައްކާ މީހުންގެ ޓެސްޓުތައް ހެދުން ވެސް ދިޔައީ އިތުރުކުރަމުންނެވެ. ކޮވިޑް-19 ގެ ފުރަތަމަ މީހާ މާލެއިން ފެނުނީ އެކަމަށް ހާއްސަކޮށްގެން ޓެސްޓުތައް ކުރަމުން ދަނިކޮށެވެ.