20 އެޕްރީލް 2020 - 23:45

އިތުރު ދެ ދިވެއްސަކު ޕޮޒިޓިވްވެ، މާލެ އިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 66 އަށް އަރައިފި. އެޗްޕީއޭ އިން ރޭ ދަންވަރު އިއުލާންކޮށްފައި ވަނީ ފްލޫ ކުލިނިކަށް ދިޔަ ދެ ދިވެހިން ޕޮޒިޓިވްވި ކަމަށް. އެއާ އެކު މުޅި ރާއްޖެ އިން ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 86 އަށް އަރާފައި.

އަފްޒަލް: އެމްއެންޑީއެފްގައި މަސައްކަތް ކުރާ މުވައްޒަފުގެ ގިނަ ކޮންޓެކްޓްތައް ވުން ގާތީ ހަމަ ސިފައިންނާ. އެކަމަކު އޭގެ ތަފުސީލުތަކެއް އަދި ނުލިބޭ

އަފްޒަލް: އެމްއެންޑީއެފްގެ ޕޮޒިޓިވް ކޭހާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދިއިރު 41 ކޮންޓެކްޓް ވަނީ ފެނިފައި

އަފްޒަލް: މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 76، 77 އަދި 78 އާ ގުޅިގެން ޓްރޭސްކުރި އިރު މައި ދެ ހަބެއް ހިމެނޭ. އޭގެ ތެރެއިން އެއް ހަބްގައި 640 ކޮންޓެކްޓް، އަދި އަނެެއް ހަބްގައި 50 އަށް ވުރެ ގިނަ ކޮންޓެކްޓް ހިމެނޭ. މީގެ އިތުރުން ބޭންކް އޮފް ސިލޯންގަައި ޕޮޒިޓިވްވި ކޭހާ ގުޅޭ 14 ކޮންޓެކްޓް، ހިމެނޭ. އަމީން ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރާ، ކޭސް 74 އާ ގުޅޭ ތިން ކޮންޓެކްޓްފެނުނު އިރު އޭގެ ތެރެއިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައި.

އަފްޒަލް: މިއަދު ފެނުނު ކޭސްތަކާ ގުޅުން ހުރި 181 ކޮންޓެކްޓް ފެނިފައިވޭ. މީގެ ތެރޭގައި ބޮޑު ހަބެއް ހިމެނޭ.

ނަވީން: މިހާތަނަށް ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭން 3860 ހުއްދަ ވަނީ ދީފައިވޭ. ބައެއް ފިހާރަތަކަށް ދޭއް ނުވަތަ ތިން ހުއްދަ ވެސް ދޫކޮށްފައިވޭ. މިހާތަނަށް 209 ފަރާތެއް، މިއަދު އެކަނި 39 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައި. ޖޫރިމަނާކުރުމުން ވެސް މަގުމަތީގައި އުޅެނިކޮށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައި.

ނަވީން' ޕޮލިސް: ބައެއް ފަރާތްތަކުން މި ވަގުތު ނާޖާއިޒު ފައިދާ ނަގަމުން އެބަދޭ. ބައެއް ފަރާތްތަކުން ޑެލިވަރީ އަށް ގުޅީމަ އެ ތަކެތި ނާދޭ. އަދި ބައެއް ތަންތަނުން މަދުން ވެސް އެބަ ފޮނުވާ. މިހެން ވެއްޖެ ނަމަ އަޅުގަނޑުމެެންނަށް އެކަން އަންގަވައިދެއްވުން އެދެން.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ ނަވީން: އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުން. އެކަމަކު މަދު ފަރާތްތަކުން ނާޖާއިޒު ފައިދާ ނަގާ. ޑެލިވަރީ ޚިދުމަތުގެ ނަމުގައި، ދަނީ އޮޅުވާލަމުން. އެފަދަ ކަމެއް ދިމާވެއްޖެ ނަމަ 2111 އަށް ގުޅައި ރިޕޯޓްކުރަން އެދޭ. ރަނގަޅަށް ބަލާފައި ނޫނީ ޓްރާންސެކްޝަންތައް ނުހަދަން އެދެން.

މަބްރޫކް: ބަންގްލަދޭޝް އިން ދިވެހިންނަށް ފޮނުވި އެހީގެ ތަކެތި މާދަމާ ބާލަން ފަށާނެ

މަބްރޫކް: ބޭރު ގައުމުތަކުގައި ޑޮކްޓަރުކަން ކިޔަވަމުން ދަނިކޮށް ރާއްޖެ ގެނެސް 78 މީހަކު ވަނީ ކަރަންޓީނު ނިންްމައި ދޫކޮށްލާފައި. އޭގެތެރެއިން ގިނަ ޑޮކްޓަރުން ވަނީ މަސައްކަތަށް ނުކުމެފައި. އަދިވެސް 46 ދަރިވަރަކު ކަރަންޓީންގައި އެބަތިބި.
މަބްރޫކް: ޖެންޑާ އިން މަގުމަތިވެގެން އެހީދޭ މީހުންގެ ތެރޭގައި ޑްރަގްސްގެ ވަބާގައި ޖެހިފައިވާ މީހުން ވެސް ހިމެނޭ. އެ މީހުން ވަކި ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ.
ކޮވިޑް-19 ގެ ތަފްސީލް ދޭން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ޕްރެސް ކޮންފަރެންސް ފަށައިފި. މި ޕްރެސްގައި ތަރުޖަމާން މުހައްމަދު މަބްރޫކްއާ އެކު ފުލުހުން ބައިވެރިވޭ.
މަބްރޫކް: މިހާތަނަށް 1546 މީހުން ވަނީ ކޮންޓްރެކްޓް ޓްރޭސިން ވަނީ ހެދިފައި. މީގެ އިތުރުން މިހާތަނަށް 193 ތަނެއް ވަނީ މޮނީޓަރިންގައި. މިއަދު 43 ތަނެއް ވަނީ މޮނީޓަރިން އަށް ގެންގޮސްފައި. ކަރަންޓީން ފެސިލިޓީގައި ތިބި 78 މެޑިކަލް ޑޮކްޓަރުން ވަނީ މުއްދަތު ހަމަކޮށް ދޫކޮށްލައިފައި. އެ މީހުން މިހާރު އަންނަނީ ތަމްރީން ހޯދަމުން. މީގެ އިތުރުން އިންޑިޔާ އާއި ބަންގްލަދޭޝް އިން އައި 46 ޑޮކްޓަރަކު މިހާރު ވަނީ ކަރަންޓީން ފެސިލިޓީގައި.
މިހާރު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 84. އޭގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ 64. މިއަދުގެ މިހާތަނަށް މިވަނީ 17 މީހަކު ޕޮޒިޓިވް ވެފައި.
އިތުރު ދިވެއްސަކު މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. އެއީ ކޭސް 52 ގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް އެޗްޕީއޭ އިން ބުނޭ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދާދި ފަހުން ވިދާޅުވެފައި ވަނީ ފަހަކަށް އައިސް ގަސްދުގައި ބަޔަކު މީހުން ތަންތަނާއި ތަކެތީގައި ރޯކުރުމަމުންދާ ކަމަށް. އެގޮތުން އދ. މަހިބަދޫ ފަޅުތެރޭގައި އޮތް ފަސް ލޯންޗެއްގައި މިދިޔަ ހަފުތާގައި ރޯކޮށްލީ ރާވައިގެން ކަމަށް އޭނާ ވިދާޅުވީ. އަދި އެއީ މަސްތުވާތަކެއްޗާއި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތާ ގުޅިގެން ދެމުންދާ ގެއްލުންތަކެއް ކަމަށް ވިދާޅުވި. މަހިބަދޫގައި ރޯކޮށްލި ފަސް ލޯންޗުގެ ތެރެއިން އެކައްޗަކީ ފުލުހުންގެ ލޯންޗެއް. އަނެއް ލޯންޗަކީ ސީ އެމްބިއުލާންސެއް. އަމިއްލަ މީހެ ދެ ލޯންޗުގެ އިތުރުން ދެން ރޯލޮށްލީ އދ. އަތޮޅު ލޯންޗުގައި.
އައްޑޫ ހިތަދޫ ސްވަރޭޖް ޕަމްޕް ސްޓޭޝަނެއްގައި ގަސްދުގައި ބަޔަކު ރޯކޮށްލައިފި ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ، ޚިދުމަތްތައް ހުޓުވަން ރާވައިގެން މިފަދަ އަމަލު ހިންގާ މީހުން ހޯދައި ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވައިލައްވާ ކަމަށް.
މަބްރޫކް: މި ހާލަތުގައި، ލިބޭ އާމްދަނީންް ކުލި ނުދެއްކިގެން އެތަނަކުން ނުނެރުން އެދެން. އެފަދަ ކޭސްތަކެއް އަޅުގަނޑުމެންނަށް ލިބެމުން ވެސް އެބަދޭ. އެހެންވީމަ އެކަން އެގޮތަށް ވެރިފަރާތުން ނުކުރެއްވުން ވަރަށް ބޮޑަށް އެދެން. އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ސަރުކާރުން އެ ބަޔަކަށް އެހީ ވެސް ވާނެ. އެހީވަމުން ވެސް އެބަދޭ.
މަބްރޫކް: މެޑިކަލް ސްޓާފުންގެ ތެރެއިން 20 މީހަކު އައިސޮލޭޓް ކޮށްފައި. މެޑިކަލް ސްޓާފުންނާއި ސަޕޯޓް ސްޓާފުންގެ ތެރެއިން 8 މީހަކު ކަރަންޓީންކޮށްފައި އެބަތިބި.
މަބްރޫކް: އެސްޑީއެފްސީން މިހާރު ވަނީ ބައެއް ލޯންތައް އެޕްރޫވްކޮށްފައި. ބައެއް ލޯނުތައް މި ހަފުތާގެ ތެރޭގައި ދޫކުރާނެ. މީގެ އިތުރުން ގަވައިދާހިލާފަށް ވަކިކުރި މީހުންނަށް އެލަވަންސް ދިނުމާ ބެހޭ އިއުލާނެއް މި ހަފުތާގައި ކުރާނެ
އަފްޒަލް: ލޮކްޑައުން އަކަށް ދަނީ ޓްރިގާ އެކްޓިވް ވީމަ. އެ ޓްރިގާ އަކީ ކޮމިއުނިޓީ ސްޕެރެޑް. އެހެންވީމަ، ޓްރިގާ އަކަށް ނުގޮސް ލޮކްޑައުން އަކަށް ހިނގައްޖެ ނަމަ ސުވާލު އުފެދޭނެ ކީއްވެހޭ މިއަދު ކުރީ، އިއްޔެ ނުކުރީ.
ޑރ. މޫސާ ހުސެއިން: ކުރިން ދެންނެވިހެން 80 ޕަސެންޓަކީ ވަރަށް އާދައިގެ އަރިދަފުސް ރޯގާހެން ހުންނަހެން ހުންނަ މީހުން. މީގެ ތެރެއިން 15 ޕަސެންޓް މީހުންނަށް ނިއުމޯނިޔާ ޖެހެނީ.
އަފްޒަލް: އަޅުގަނޑުމެން މިތިބީ ލޮކްޑައުންގައި. އަޅުގަނޑުމެންގެ އިރުޝާދުތަކަށް ތަބާވެއްޖެ ނަމަ މިކަން ރަނގަޅު ކުރެވިދާނެ. މިހާރު ކިރިޔާ އަލާމާތެއް ފެނުނަސް އެކަން އަޅުގަނޑުމެންނަށް ރިޕޯޓް ކުރުން އެދެން. އެކަމަކު ކުރިއަށް އޮތްތާނގައި ވެސް އިތުރުވެގެން ހިނގައިދާނެ.
މަބްރޫކް: އެމްއެންޑީއެފްގެ މީހަކު ޕޮޒިޓިވް ވިކަން މިއޮތީ އެނގިފައި. އޭގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން މިދަނީ. އޭރުން އެނގޭނެ އެ ބަލި ޖެހުނު ގޮތް. އެމްއެންޑީއެފާއި ޕޮލިހާއި އައިޖީއެމްއެޗްގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ސާމާނު ހުންނާނީ ދޫކޮށްފައި. އެމްއެންޑީއެފްގައި މި ޕޮޒިޓިވްވީ ފްރޮންޓްލައިންގައި މަސައްކަތްް ކުރާ މީހެއްތޯ ނުވަތަ ނޫންތޯ އަދި އަޅުގަނޑަކަށް ނުބެލޭ.
ޑރ. މޫސާ ހުސެއިން: ދަރުމަވަންތަ ހޮސްޕިޓަލުގައި އޮތްް އުުމުރުން ދުވަސްވީ މީހަކީ ސްޓްރޯކެއް ކުރިން ޖެހިފައިވާ މީހެއް. އޭނާ ގޭގައި އޮންނަނީ ވެސް އެނދުމަތީގައި. އޭނާގެ އެހެން ބަލިތަކުގެ ހިސްޓްރީ ވެސް އެބައޮތް.
ޑރ. އިބްރާހިމް އަފްޒަލް: ކޭސް 68 އަކީ ކުޑަވިލިނގިލިން މާލެ އަށް ދަތުރުކުރި ބަންގްލަދޭޝް މީހެއް. އޭނާއާ އެކު ލޯންޗުގައި ދަތުރުކުރި މީހާ ވެސް ޕޮޒިޓިވް. ކޭސް 69 އެއީ އެމްއެންޑީއެފްގެ މީހެއް. ކޭސް 70 އެއީ އެމްއެޗްއޭގައި މަސައްކަތް ކުރާ މީހެއް. މީގެ އިތުރުން ކޭސް 71، 72 އެއީ ކޭސް 70 ގެ އާއިލާގެ މީހުން. ކޭސް 73 އެއީ ކޭސް 68 އާ އެކު ދަތުރުކުރި މީހާ. ކޭސް 74 އާއި 75 އެއީ ކޭސް 36 ގެ ޑައިރެކްޓް ކޮންޓެކްޓް (ދެ ބިދޭސީން). ކޭސް 76، 77، 78 އެއީ ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހަކާ ގުޅުން އޮތް ބައެއް. އެ މީހުން އޭރު ތިބީ ތާޖުއްދީން ސްކޫލުގައި މަޑުކޮށްގެން. މީގެ އިތުރުންް 79 އެއީ 31 އާ ޑައިރެކްޓް ކޮންޓެކްޓެއް. ކޭސް 80 އަކީ ބޭންކް އޮފް ސސިލޯނުން ޕޮޒިޓިވް ވި ކޭސް 35އާ ގުޅުން އޮތް މީހެއް. ކޭސް 81 އެއީ އުމުރުން ދުވަސްވީ މީހާ. ކޭސް 82 އެއީ ކޭސް 35ގެ ދަރިފުޅު. ކޭސް 83 އަކީ ބަންގްލަދޭޝްގެ މީހެއް.
މަބްރޫކް: 1370 މީހުން ކޮންޓެކްޓް އެބަތިބި. 190 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގައި. މޮނިޓަރިންގެ ހާލަތުގައި ކުރިން އޮތް ބައެއް ތަންތަން މިހާރު ވަނީ އާދައިގެ ހާލަތަށް ވަނީ ގެނެވިފައި.
މަބްރޫކް އަޒީޒު: ޕޮޒިޓިވް ކޭސްތަކުގައި މިހާރު ތިން ކެޓަގަރީއެއް އަޅުގަނޑުމެން އެބަ ގެންގުޅެން. އެ އެންމެންނާ ދޭތެރޭ ވެސް އަޅުގަނޑުމެން މި ގެންގުޅެނީ ޕޮޒިޓިވް ކޭސްތަކުގައި ގެންގުޅޭ އުސޫލު. ކުރިން އަޅުގަނޑުމެން ކުރިން ދީފައިވާ ދެ ކޭހެއްގެ އުމުރު ކުރިން އަޅުގަނޑުމެން ދީފައިވާ ގޮތް ނުބައި. އެއީ ކޭސް 26 އާއި 27. އެ ދެ މީހުންގެ އުމުރަކީ ވެސް 28.
މި ދުވަސްވަރު މާލެ ސަރަހައްދާއި އެހެން ބައެއް ރަށްރަށުގައި ވެސް ޑެލިވަރީގެ ޚިދުމަތް ފުޅާދާއިރާއެއްގައި ހޯދަމުން އަންނާތީ އެ ކަމަށް އިތުރަށް ސަމާލުވާން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެ. ބީއެމްއެލްއިން ބުނީ ގޭގެ އަށް ޑެލިވަރީ ކޮށްދިނުމުގެ ނަމުގައި ހިންގާ އޮންލައިން ޕޭޖްތަކާއި ސޯޝަލް މީޑިއާގައި ޕޯސްޓް ކުރާ މީހުންނަށް ފައިސާ ފޮނުވުމުގައި އިތުރަށް ސަމާލުވާން އެދޭ ކަމަށް. އެގޮތުން ކާބޯޓަކެއްޗާއި އެހެނިހެން އަސާސީ އެއްޗިއްސަށް އޯޑަރު ދޭއިރު، ހަމައެކަނި ލިސްޓު ކޮށްފައިވާ ވިޔަފާރިތަކުން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ބީއެމްއެލް އިން އެދޭ.
ރައީސް: ދިވެހި ސިފައިންގެ ދުވަސް ފާހަގަ ކުރާއިރު ތާއަބަދު ހަރުލާފައި ހުންނަން ޖެހޭނެ ކަމަކީ ދިވެހި ރައްޔިތުންގެ މަސްލަހަތު އެންމެ ބޮޑަށް ގުޅިފައިވާ މީހުންނަކީ ސިފައިންކަން.
ރައީސް: ވޭތުވެދިޔަ އަހަރަކީ ވެސް ވަރަށް ގިނަ ހާދިސާތަކެއް ހިނގައިދިޔަ އަހަރެއް. އެކަންކަމުގައި އެކި ފެންވަރުގައި ބައިވެރިވި ސިފައިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.
ސިފައިންގެ 128 ވަނަ އަހަރީ ދުވަހު ރައީސް ދެއްވި ހިތޯބު: ދިވެހި އަސްކަރިއްޔާ އަކީ ދިވެހި ރައްޔިތުންގެ އައްޑަނަ. މި އަހަރުގެ ސިފައިންގެ ދުވަސް މި ފާހަގަ ކުރަނީ ވަރަށް ވަރުގަދަ އަޒުމެއްގައި. ކޮވިޑުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި ސިފައިން މަސައްކަތް ކުރަނީ ވަރަށް ވަރުގަދަ އަޒުމެއްގައި. މިއަހަރުގެ ޝިޔާރަކީ "ސިފައިންގެ ހިތްވަރު- ގައުމީ ސަލާމަތް". އެކަން ސިފައިން އެބަ ދައްކައިދޭ.
ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ އިތުރު މީހަކު ޕޮޒިޓިވްކަން ދެންމެ އިއުލާންކޮށްފި. މި ކޭސްއާ އެކު މިއަދު އިއުލާންކުރި ކޭސްތަކުގެ އަދަދަކީ 14. ދެންމެ އިއުލާންކޮށްފައި ވަނީ ކޭސް 83. މި ކޭހާ އެކު މުޅި ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 83 އަށް އަރާފައި. މާލެއިން ޕޮޒިޓިވްވި އަދަދަކީ 63. މިހާތަނަށް ރާއްޖޭން ޕޮޒިޓިވްވި މީހުންނަށް ބަލާއިރު ދިވެހިންގެ އަދަދަކީ 52، ބިދޭސީންގެ އަދަދަކީ 31.
މިއަދު ޕޮޒިޓިވް ވި ކޭސްތަކުގެ ތެރޭގައި އުމުރުން 80 އަހަރުގެ މީހަކު ހިމެނޭ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. ކޮރޯނާވައިރަސްގައި އެންމެ ނުރައްކާތެރި ވަނީ އުމުރުން ދުވަސްވީ މީހުން ކަމަށް ވާތީ، އޭނާ މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފްލޯ އަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭ އިން ބުނޭ. މިއީ މިއަދު ހެނދުނު އިއުލާން ކުރި ކޭސްތަކުގެ ތެރޭގައި ހިމެނޭ 81 ވަނަ ކޭސް.
މިއަދު އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނޭ. އުމުރުން 80 އަހަރުގެ މީހާ އަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ހާމައެއް ނުކުރޭ
މިއަދު އަލަށް ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 80 އަހަރުގެ މީހަކު، ހައި ރިސްކް މީހަކަށް ވާތީ، އޭނާގެ ހާލަތު ގާތުން ބެލުމަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި
މާލޭގައި މަގުމަތިވެފައިވާ 80 އަށް ވުރެ ގިނަ މީހުން ޖެންޑާ މިނިސްޓްރީއާ ފުލުހުން ހަވާލު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި. ކޮވިޑް-19 ގެ މީހަކު މާލެ އިން ފެނުނު ދުވަހުން ފެށިގެން (މާލެ ސަރަހައްދު ލޮކްޑައުންކުރި ދުވަސް) އެ މީހުންގެ ކެއުންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ވެސް ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނޭ. މިދިިޔަ ބުދަ ދުވަހުން ފެށީގެން މާލެ ބަންދުކުރުމުން، ހާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން މިނިސްޓްރީ އަށް ރިޕޯޓް ކޮށްފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމުތައް ޖެންޑާ މިނިސްޓްރީން އަންނަނީ ބަލަހައްޓަމުން. އެ މިނިސްޓްރީން ބުނިގޮތުގައި މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ މި ފަދަ 400 އަށް ވުރެ ގިނަ މީހުންނަށް އެ އިންތިޒާުތައް ހަމަޖައްސައި ދިނުމަށް ވެސް އެ ކައުންސިލާ އެކު އަންނަނީ މަސައްކަތް ކުރަމުން. މިފަދަ އެހީތެރިކަމެއް ބޭނުންވާ މީހުން ޖެންޑާ މިނިސްޓްރީގެ ނަމްބަރު 3328393 އެ ކަމެއް ހިއްސާ ކުރަން އެ މިނިސްޓްރީން އެދޭ.
ފުލުހުން ހުއްދަ ދީފައިވާ ފިހާރަތައް މާދަމާ އިން ފެށިގެން ހިދުމަތް ދޭން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި. އެ މިނިސްޓްރީން ބުނީ މާދަމާ ހެނދުނު 9:00 އިން ދަންވަރު 12 ޖެހުމާ ހަމައަށް އެ ފިހާރަތަކުން ހިދުމަތް ދޭނެ ކަމަށް. ފިހާރަތައް ނުހުޅުވާ މައްސަލަ އާއި ޑެލިވަރީ އަށް އޯޑަރު ނުދެވޭ މައްސަލަ ބޮޑުވެފައި ވަނިކޮށް މިގޮތަށް ހަމަޖެއްސުމުން، ގޭގެއަށް މުދާ ލިބުމުގައި އިތުރު ފަސޭހައެއް ލިބޭނެ ކަމަށް ބެލެވޭ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ 68 މީހަކު ގައުމަށް މި ފޮނުވައިލީ އެ ގޮތަށް ފާހަގަވެފައިވާ ބިދޭސީން ފޮނުވައިލަން އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ތެރެއިން. ފޮރިން މިނިސްޓްރީން ބުނީ ކުރިމަގުގައި ވެސް އެ ކަން ކުރިއަށް ގެންދާނެ ކަމަށް.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ 68 މީހަކު އެ ގައުމުގެ އަސްކަރީ މަތިންދާބޯޓުގައި މިއަދު ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި. މި 68 މީހުންގެ ތެރޭގައި އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައިވާ 29 މީހަކު ވެސް ހިމެނޭ ކަމަށް އެ އިދާރާ އިން ބުނޭ. ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓު ރާއްޖެ އައި އެ ގައުމާއި ނޭޕާލްގައި ތިބި ދިވެހިން ގޮވައިގެން. އިއްޔެ ހަވީރު އައި އެ މަތިންދާބޯޓުން 71 ދިވެއްސަކު ރާއްޖެ ގެނައި. އެޗްޕީއޭ އިން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން އެ ހުރިހާ ދިވެހިން މިހާރު ތިބީ ކަރަންޓީން ފެސިލިޓީތަކުގައި.
މި އިތުރުވުމާ އެކު މުޅި ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 82 އަށް އަރާފައި. މާލެއިން ޕޮޒިޓިވްވި އަދަދަކީ 62. މިހާތަނަށް ރާއްޖޭން ޕޮޒިޓިވްވި މީހުންނަށް ބަލާއިރު ދިވެހިންގެ އަދަދަކީ 52، ބިދޭސީންގެ އަދަދަކީ 30.
އިތުރު 13 މީހަކު އަނެއްކާވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލާދޭޝް 5 މީހަކާއި އަށް ދިވެހިން
އާންމުން ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުތުމަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ދޭ ހުއްދަތަކުގައި، މީހުންނަށް ދީފައިވާ ވަގުތަށް ބަދަލު އައިސްފައި ހުރުން އެކަށީގެންވާ ކަމަށް ފުލުހުން ބުނެފި. މިއީ ސިސްޓަމް އަޕްގްރޭޑްކުރުމުގެ ތެރެއިން ދިމާވި ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ދަތިކަމެއް ކުރިމަތިވާ ނަމަ މާފަށް އެދޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައި.
ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ތަންޒީކުރުމުގައި ވަރުބަލިކަމެއް ނެތި ސިފައިން އަންނަނީ މަސައްކަތްކުރަމުން. ގައުމަށް ދިމާވާ މިފަދަ ބޮޑު ކޮންމެ ކަމެއްގައި ސިފައިން ކުރީ ސަފުގައި ރެޔާއި ދުވާލު މަސައްކަތްކުރާކަން ރައްޔިތުން ބަލައިގަނޭ: ޑިފެންސް މިނިސްޓަރު މާރިޔާ
ދުނިޔޭގެ ފަހުގެ ޚަބަރުތައް: ކޮރޯނާވައިރަސްގެ ސަބަބުން އެމެރިކާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 41،000 އަށް ވުރެ އިތުރުވެފައި. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ނިއު ޔޯކުން މަރުވި މީހުން، އިޓަލީގައި މި ނިމުނީ މިހާތަނަށް މި ވައިރަސްގެ ސަބަބުން އެންމެ މަދުން މީހުން މަރުވި ހަފުތާ. އެ ގައުމުގައި ވަނީ އަލަށް ބަލިޖެހޭ މީހުންގެ އަދަދު ވެސް ދަށަށް ގޮސްފައި، ސްޕެއިނުން ވެސް މަހެއްހާ ދުވަހުގެ ތެރޭގައި އިއްޔެ އަކީ އެއް ދުަވަހަކަށް އެންމެ މަދުން މި ބަލީގައި މީހުން މަރުވި ދުވަސް، ނިއު ޒީލެންޑުގައި ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވުމާ އެކު، ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތަކަށް ލުއި ދޭން ވަނީ ނިންމާފައި، މުޅި ދުނިޔެއިން މިހާަތަނަށް ކޮރޯނާވައިރަހަށް 2.4 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފައި. މިހާތަނަށް 168،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 643،000 އަށް ވުރެ އިތުރު.
މާލެ އިން އިތުރު ދެ މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެ ކަަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. މިއަދު ޕޮޒިޓިވްވި ފުރަތަމަ ދެ ކޭސް. އެއީ ދިވެއްސަކާއި ބަންގްލަދޭޝްގެ މީހެއް. މިއީ ރާއްޖޭގެ ކޭސް ނަމްބަރު 68، 69. މިއާއެކު މާލެ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އެންމެ ފަހުގެ އަދަދަކީ 49. އަދި ރާއްޖޭގެ ޖުމްލަ އަދަދަކީ 69. މާލެ އިން އިން އިއްޔެ ޕޮޒިޓިވްވީ 15 މީހުން. މިހާތަނަށް މާލެ އިން ކޮރޯނާވައިރަސް ޕޮޒިޓިވްވި މީހުންގެ ތެރެއިން 18 އަކީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުން. އިންޑިއާ މީހުންގެ އަދަދަކީ 6. މާލެ އިން ޕޮޒިޓިވްވި ދިވެހިންގެ އަދަދު އުޅެނީ 25 ގައި.
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިން އިއުލާނުކޮށްފައިވާ ކޭސް 26 އަކީ ޕޮޒިޓިވް ކޭސްއެއް ކަމަށް މިހާރު ނުބަލާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.
އެންއީއޯސީން މިރޭ ބޭއްވި ޕްރެސް ބްރީފިން އަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އެކްޓިވް ކޭސްތަކުގެ ދެވަނަ ކެޓަގަރީއެއްގެ ގޮތުގައި މިހާރު ބަލާ ޕްރޮބަބުލް ކޭސް އެއްގެ ގޮތުގައި ގުނާ އެއް ކޭހަކީ ކޭސް 26 ކަމަށެވެ. މިހާތަނަށް ކޭސް ނަމްބަރު ނުދީ އޮތް ކޭހެއް ވެސް އެެގޮތަށް ކެޓަގަރައިޒްކޮށްފައި ވެ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެޗްޕީއޭއިން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޕީޑިއަޓްރިކް އިންފެކްޝަން އެކްސްޕާޓް ޑރ. ނަޒްލާ މުސްތަފާ މިރޭގެ ޕްރެސް ބްރީފިންގައި ވިދާޅުވީ ޕޮރޮބަބްލް ކޭސްއެއް ކަމަށް ބަލާނީ އެއްވެސް ސަބަބަކާ ހެދި، ތަފާތު ދެ ނަތީޖާއެއް ލިބޭ ކޭސްތަކުގެ ތެރެއިން ބައްޔަށް ހުށަހެޅިފައިވާ މީހުން ކަމަށެވެ. އެގޮތުން އެފަދަ މީހުން ފުރަތަމަ ޕޮޒިޓިވް ވުމަށް ފަހު ޑަބަލް ނެގެޓިވް ވިޔަސް، ނެގެޓިވް ކޭހެއްގެ ގޮތުގައި ދޫކޮށެއް ނުލާނެ އެވެ. އެއީ ޕޮޒިޓިވްވި ބަޔަކާ ޑައިރެކްޓް ކޮންޓެކްޓް ވުމާއި އެނޫން ކަންތައްތަކަށް ބަލައިގެން ކެޓަގަރައިޒްކުރާ އުސޫލެކެވެ.
އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެގޮތަށް މެދުވެރިވާ ކޭސްތައް އިއުލާނު ނުކުރާ ކަމަށާއި އެކަމަކު އެމީހުން ކަރަންޓީނުކޮށްގެން ބަލަހައްޓާނެ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ މިހާރު އިއުލާނުކޮށްފައިވާ ކޭސްތަކަކީ ކޮންފޯމްޑް ކޭސްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކޭސްތައް އަޅުގަނޑުމެން އިއުލާނެއް ނުކުރަން އެ ކޭސްތައް ނެގެޓިވް ވީމަ ވެސް ޑރ. ނަޒްލާ މުސްތަފާ އެ ވިދާޅުވި ހެން ވަރަށް ކުޑަ ފުރުސަތެއް ވެސް ބަލި ޖެހުމުގެ އޮންނާތީވެ އެފަރާތްތައް ވެސް ހަމަ އަލާމާތްތައް ފެނުމަށް ފަހު 14 ދުވަސް ވަންދެން އަޅުގަނޑުމެންގެ ފޮލޯ އަޕްގައި މޮނިޓަރިންގެ ދަށުގައި ބައިތިއްބާފައި އަޅުގަނޑުމެން ދޫކޮށްލަނީ. އެ ކޭސްތައް އަޅުގަނޑުމެން ސަސްޕެކްޓެޑް ކޭސްތަކުގެ ގޮތުގައި އިއުލާނެއް ނުކުރަން. އެހެންވީމާ މިހާރު މިހިރަ ކޭސްތަކަކީ ކޮންފޯމްޑް ކޭސް. ދެން އިތުރު ދެ ޕްރޮބަބުލް ކޭސް އަޅުގަނޑުމެންގެ އުޅޭނީ ހަމަ އެގޮތަށް އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ރަފީގު މިހެން ވިދާޅުވި ނަމަވެސް ޕްރެސް ބްރީފިންގެ ލައިވް ނިމުމަށް ފަހު އެ ކަންތަކުގެ އިތުރު ތަފްސީލް ހޯދަން ކުރި ގިނަ ސުވާލުތަކަކަށް ފަަހު މަބްރޫކް ވިދާޅުވީ ޕްރޮބަބްލް ދެ ކޭސްގެ ތެރެއިން އެއް ކޭހަކީ ޕޮޒިޓިވް ކޭސް އެއްގެ ގޮތުގައި މިހާރު އިއުލާނުކޮށްފައިވާ ކޭސް 26 ކަމަށެވެ.
އެއީ މާލެއިން ޕޮޒިޓިވްވި ކަމަށް އިއުލާނު ކުރި މީހުންގެ ތެރޭގައި ހިމެނޭ 37 އަހަރުގެ އަންހެންމީހާ އެވެ. އޭނާއަކީ ކޭސް 23 ގެ ކޮންޓެކްޓެކެވެ. ޕްރޮބަބުލް އަނެއް ކޭހަކީ ވެސް އެ ކްލަސްޓާގައި ހިމެނޭ އަންހެނެކެވެ.
އެ ދެ މީހުންނަކީ އެ ކްލަސްޓާގެ އިންޑެކްސް ކޭސް ކަަމަށް ބަލައިގެން އެ މީހުންގެ އަބުރަށްް ހުތުރުވާ ފަދަ ވާހަކަތައް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ފެތުރި އެވެ. އެކަމަކު މާލޭގެ އެއްވެސް ކްލަސްޓާއެއްގެ އިންޑެކްސް ކޭސްއެއް އަދި ނުހޯދެ އެވެ. އިންޑެކްސް ކޭސްއަކަށް ތުހުމަތު ކުރެވޭ ވަރުގެ ކެންޑިޑޭޓެއް ވެސް އޭގެ ތެރޭގައި ނުހިމެނެ އެވެ.