21 އެޕްރީލް 2020 - 08:12

ބޮލީވުޑްގެ އެކްޓަރު ސަލާން ޚާންގެ ޔޫޓިއުބް ޗެނެލް ލޯންޗްކޮށްފި އެވެ.
ކޮރޯނާވައިރަހާ ގުޅުވައިގެން ގެނެސްދިން ލަވައަކާ އެކު ލޯންޗްކުރި ޗެނެލްގެ ނަމަކީ ސަލްމާންގެ ބްރޭންޑް ނަމެއްގައި މަޝްހޫރު ބީން ހިއުމަންއާ ގުޅުވައިގެން ބީން ސަލްމާނެވެ. އެ ޗެނެލް ލޯންޗްކުރަން ހާއްސަކުރި ލަވައިގެ ނަމަކީ ސަލްމާންގެ އަޑުން ކިޔާފައިވާ "ޕިޔާރު ކަރޯނާ" އެވެ. އެ ލަވައިގެ މިއުޒިކް ސާޖިދު-ވާޖިދު ހަދާފައިވާ އިރު، ލަވައިގެ ޅެން ހެދީ ސަލްމާނާއި ލިޔުންތެރިޔާ ހުސައިން ދަލާލެވެ.
ބީން ސަލްމާން ޔޫޓިއުބް ޗެނެލްގައި ސަލްމާނާ ގުޅުން ހުރި ވަރަށް ގިނަ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރަމުން ދާނެ އެވެ.