ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

މިދިޔަ މަހުގެ 26 ވަނަ ދުވަހު ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން 2.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. އަދި މިދިޔަ ހޯމަ ދުވަހު އެމިރޭޓްސް ފްލައިޓުން ރާއްޖެ އައި މީހެއްގެ އަތުން 840 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމުން މިއަދު ބުނެފި އެވެ. މިއީ ޖުމްލަ 3.6 ކިލޯގެ މަސްތުވާތަކެއްޗެވެ.

ކަސްޓަމުން ނެރުނު ބަޔާނެއްގައި ބުނީ ބްރެޒިލުން ރާއްޖެ އައި ބޮލީވިއާ އަންހެނެއްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ބަލައި ފާސް ކުރުމުގެ ތެރޭގައި 2.8 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ. އަދި އެ އެއީ ކޮކެއިން ކަމަށް ތަހުލީލުތަކުން ދައްކާ ކަމަށް ކަސްޓަމުން ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު އެމިރޭޓްސް ފްލައިޓުން ރާއްޖެ އައި ދިވެހި ފިިރިހެނެއްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި 840 ގްރާމުގެ ހެރޮއިން ފެނިފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.

"މި ދެމީހުން އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލު ކުރެވިފައިވާ އިރު އެ ފަރާތުން ދަނީ މައްސަލަ ތަހުގީގުުކުރަމުން. މަސްތުވާތަކެތީގެ މި ދެ މައްސަލަ އަތުލައިގަތުމުގައި ޕޮލިސް ސާވިސްގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަކުރަން،" ކަސްޓަމުން ބުންޏެވެ.