ކޮވިޑް-19 އާ ގުޅޭ ފޭކް ނިއުސް ޔޫއޭއީގައި ފަތުރާ ނަމަ 5،500 ޑޮލަރުން ޖޫރިމަނާ ކުރަނީ
ކޮވިޑް-19 އާ ގުޅޭ ފޭކް ނިއުސް ޔޫއޭއީގައި ފަތުރާ ނަމަ 5،500 ޑޮލަރުން ޖޫރިމަނާ ކުރަނީ

ދުބާއީ (އެޕްރީލް 19) - ރަސްމީ ބަޔާންތަކާ ޚިލާފަށް ކޮރޯނާވައިރަސްއާ ގުޅޭ ގޮތުން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ފޭކް ނިއުސް ފަތުރާ ނަމަ އަދަބެއްގެ ގޮތުން 20،000 ދިރުހަމް (5،500 ޑޮލަރު) އިން ޖޫރިމަނާ ކުރަން ނިންމައިފި އެވެ.

ޔޫއޭއީ އިން ވަނީ އެ ގައުމުގެ ހެލްތު މިނިސްޓްރީ އާއި ސިއްހީ އެހެން އިދާރާތަކުން ވެސް ރައްޔިތުންނަށް ތެދު މައުލޫމާތު ހާމަކޮށްދިނުމަށް އިލްތިމާސްކޮށްފަ އެވެ.

"މެޑިކަލް ކަންކަމާ ބެހޭ މައުލޫމާތާއި ގައިޑްލައިންތައް އަދި ރަސްމީކޮށް އާއްމު ނުކުރާ މައުލޫމާތެއް، އޮޅުން އަރާ ގޮތަށް ޕްރިންޓް މީޑިއާ، އޯޑިއޯވިޝުއަލް ނުވަތަ ސޯޝަލް މީޑިއާ ނުވަތަ އޮންލައިން ވެބްސައިޓެއް ނުވަތަ އެނޫން ވެސް ވަސީލަތެއް ބޭނުންކޮށްގެން އެއްވެސް ފަރާތަކުން ހާމަކޮށް ނުވަތަ ޝެއާ ކުރުމަކީ މަނާކަމެއް ކަމުގައި ވަނީ ހަމަޖައްސާފައި،" ޔޫއޭއީ ސަރުކާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޔޫއޭއީގެ ރަސްމީ ނޫސް އެޖެންސީން ބުނީ މިއީ ކޮވިޑް-19 ގުޅޭ ގޮތުން ފަތުރާ ދޮގު މައުލޫމާއި ތޯތޯ ވާހަކަތައް ހުއްޓުވަން އެޅި ފިޔަވަޅެެއް ކަމަށެވެ.

ޔޫއޭއީ އިން މިހާތަނަށް ވަނީ 6,302 މީހުން ޕޮޒިޓިވްވެ 37 މީހުން މަރުވެފަ އެވެ.