19 އެޕްރީލް 2020 - 08:33

ގޫގުލް އިން ސްމާޓް ޑެބިޓް ކާޑެއް އުފައްދަނީ އެވެ. މިއީ "އެޕަލް ކާޑް" މެދުވެރިކޮށް ހިންގާ ފަދަ މާލީ ނިޒާމެއްގެ ތެރެ އަށް ގޫގުލް ވަނުމަށް ކުރާ މަސައްކަތެކެވެ. ނަމަވެސް، އެޕަލްއާ ޚިލާފަށް، ގޫގުލް އިން އުފައްދަނީ ޑެބިޓް ކާޑެކެވެ. އެޕަލް ކާޑަކީ، ކްރެޑިޓް ކާޑެކެވެ.
ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ފައިސާ ގެންގުޅޭނެ ހަރުދަނާ އިންތިޒާމެއް ގޫގުލް އަށް އަދި ހަމަޖެސިފައެއް ނުވެ އެވެ. ގޫގުލް ވޮލެޓަކީ ވެސް މި މާނާގައި ބޭނުންހިފިދާނެ ވަސީލަތެއް ނަމަވެސް، އެޕަލް ކާޑަށް ލިބިފައި ހުރި މަޝްހޫރުކަމެއް، ގޫގުލް އަށް އަދި ވެސް ނުލިބެ އެވެ. އެހެންކަމުން، މި ފަހަރު ޑިޖިޓަލް ޑެބިޓް ކާޑެއް މެދުރިކޮޑް އެޕަލް ނަކަލުކުރަން ގޫގުލުން ވިސްނަނީ އެވެ.
ގޫގުލް ޑެބިޓް ކާޑް މެނޭޖްކުރުމަށްޓަކައި، "ގޫގުލް ޕޭ" އެޕްލިކޭޝަން ބޭނުންހިފާނެ ކަމަށް ބުނެވެ އެވެ. މި ކާޑް މެދުވެރިކޮށް މާލީ ނިޒާމެއް ހިންގައިގަތުމަށް، ސިޓީ އަދި ސެޓެންފޯޑް ފެޑެރަލް ކްރެޑިޓް ޔޫނިއަންގެ އެހީތެރިކަން ގޫގުލުން ހޯދާނެ އެވެ. ގޫގުލް ޑެބިޓް ކާޑަކީ ވިސާ ކާޑެއް ނަމަވެސް، މި މަރުކާގައި މާސްޓާ ކާޑެއް އުފެއްދުމަކީ ވެސް އެކަށީގެން ވާ ކަމެއް ކަމަށް ބުނެވެ އެވެ.
ގޫގުލް ޑެބިޓް ކާޑް އާންމުކުރާނެ ވަކި ދުވަހެއް އަދި ނުބުނެ އެވެ. އެހެން ނަމަވެސް، މިކާޑުގައި ވަރަށް ގިނަ ފަސޭހަތައް ހިމަނާނެ ކަމަށް ބުނެވެ އެވެ. ކާޑު މެދުވެރިކޮށް ގަންނަ ތަކެތި ޓްރެކްކުރުން އަދި ކާޑު ގެއްލިއްޖެ ނަމަ، އެޕަލް ޕޭ މެދުވެރިކޮށް "ކާޑް ލޮކް"ކުރުން ހިމެނެ އެވެ.
ސްމާޓް ކާޑު ބޭނުންކުރާ މީހުންނަށް، ކާޑު ބޭނުންކުރަން ފަށައިގަތުމަށްޓަކައި އެއްވެސް މިންވަރަކަށް ގޫގުލުން ފައިސާ ދީފާނެ ކަމާ މެދު ސުވާލު އުފަފައި ވެ އެވެ. އެޕަލް ކާޑް ބޭނުންކުރާ މީހުންނަށް ފަސޭހެ ނިޒާމުތަކެއް ހުރި ނަމަވެސް، ގޫގުލުން ވިސްނާ ގޮތެއް އަދި ކަށަވަރެއް ނުވެ އެވެ.