17 އެޕްރީލް 2020 - 16:43

ކަރާޗީ (އެޕްރީލް 17) - ކޮރޯނާވައިރަސް ފެތުރިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ބަޔަކު އެއްތަނަކަށް އެއްނުވުމަށް އަންގާފައި ވަނިކޮށް ޕާކިސްތާނުގެ ދީނީ އިލްމުވެރިންތަކެއް ނުކުމެ ސޯޝަލް ޑިސްޓެންސިން ހަދައިގެން ޕާކިސްތާނުގައި މިއަދު ހުކުރުކޮށްފި އެވެ.
ޕާކިސްތާން ލޮކްޑައުން ކުރި ނަމަވެސް އެ ގައުމުގެ ބައެއް ދީނީ އިލްމުވެރިން ބުނަމުން ދިޔައީ މިސްކިތްތައް ބަންދު ނުކުރެވޭނެ ކަމަށެވެ. އެ މީހުން ބުނަމުން ދިޔައީ އުމުުރުން ދުވަސްވީ މީހުން ގޭގައި ނަމާދު ކުރި ނަމަވެސް އެ ނޫން މީހުން ސޯޝަލް ޑިސްޓެންސިން ހަދައިގެން މިސްކިތުގައި ނަމާދު ކުރެވޭނެ ކަމަށެވެ.
"މި ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މިސްކިތުގައި ނަމާދު ކުރެވޭނެ،" ޕާކިސްތާނުގެ ދީނީ އިލްމުވެރިއެއް ކަމަށްވާ މުފްތީ ތާގީ އުސްމާނީ ވިދާޅުވި އެވެ.
އާއްމުން އެއްތަނަކަށް އެއްވެ އުޅުން މަނާކުރި ނަމަވެސް ޕާކިސްތާނުގެ މިސްކިތްތަކަށް އަރާ މީހުން މަދެ ނުވެ އެވެ.
ޕާކިސްތާނުގައި މިހާތަނަށް ވަނީ 7،025 މީހުން ޕޮޒިޓިވްވެ 135 މީހުން މަރުވެފަ އެވެ.