18 އެޕްރީލް 2020 - 09:56

ޑްރަގް ލޯޑެއްގެ ވާހަކަ ކިޔައިދޭ ފިލްމު "ދަ ގޯޑްމަދާ" ޖެނިފާ ލޮޕޭޒަށް ހުށަހަޅައިފި އެވެ.

މި ފިލްމަކީ އެމީ އެވޯޑް ހާސިލުކޮށްފައިވާ އަންހެން ޑައިރެކްޓަރު ރީޑް މޮރާނޯ އެސްޓީއެކްސް ފިލްމްސްއާ ގުޅިގެން ހަދާ ފިލްމެކެވެ. ވެރައިޓީން ބުނިގޮތުގައި "ދަ ގޯޑްމަދާ" ގެ ޓައިޓްލް ރޯލް ކުޅެން ލޮޕޭޒަށް ހުށަހަޅައި، މިހާރު މަޝްވަރާތައް ކުރިއަށްދާ އިރު، އޭނާ ފިލްމަށް އެއްބަސްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މިދިޔަ އަހަރު "ހަޒްލާޒް" ކުޅުނު ބަތަލާ "ގޯޑްމަދާ" އަށް ގެންނަން މަސައްކަތްކުރަމުން އަންނަ އިރު، ފިލްމުގެ ސްކްރީންޕްލޭ ހަވާލުކުރަން ނިންމާފައި ވަނީ އޮސްކާ އެވޯޑް ހޯދާފައިވާ ސްކްރީންރައިޓަރު ވިލިއަމް މޮހާނަންއާ އެވެ.
ހުލޫގެ ހިޓް ޝޯ "ދަ ހޭންޑްސްމެއިޑްސް ޓޭލް" ގެ އެޕިސޯޑްތަކެއް ޑައިރެކްޓްކޮށްގެން އެމީ އެވޯޑް ހޯދި މޮރާނޯގެ "ދަ ގޯޑްމަދާ" އަކީ އެ ނަމުން މަޝްހޫރުވި ކޮލަބްލިއާގެ ކުރީގެ އަންހެން ޑްރަގް ލޯޑް ގްރެސެލްޑާ ބްލާންކޯގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
މި ފިލްމާ ބެހޭ ގޮތުން ލޮޕޭޒް ކުރިން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާނެ ކަމަށް ބެލެވޭ "ގޯޑްމަދާ" އާ ބެހޭ ގޮތުން ލަވަކިޔުންތެރިއެއްގެ ގޮތުގައި ވެސް މަޝްހޫރު ފަންނާނު ބުނީ ބްލާންކޯގެ ވާހަކަ އަކީ ސްކްރީނުގައި ކިޔައިދޭން ވަރަށް ޝައުގުވެރި ވާހަކައަކަށް ވާނެ ކަމަށެވެ.
ސިނަމަޓޯގްރާފަރެއްގެ ގޮތުފައި މަޝްހޫރުކަން ހޯދި މޮރާނާގެ "ދަ ގޯޑްމަދާ" ގެ މަސައްކަތް ފަށާނެ އިރަކާއި ސްކްރީނަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. އެތައް ފިލްމެއް ކެމެރާކޮށްފައިވާ މޮރާނޯ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި 2018 ގެ "އައި ތިންކް ވީ އާ އެލޯން ނައު" ހިނެމެ އެވެ.
އޭނާގެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޖެނުއަރީގައި ބްލޭކް ލައިވްލީ އާއި ޖޫޑް ލޯގެ އިތުރުން ސްޓާލިން ކޭ ބްރައުން މުހިއްމު ރޯލްތަކުން ފެނިގެންދިޔަ "ދަ ރިދަމް ސެކްޝަން" އެވެ.