ކޮވިޑް-19: ޓްރީ ޓޮޕުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި
ކޮވިޑް-19: ޓްރީ ޓޮޕުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ހާއްސަ އުސޫލެއް ޓްރީ ޓޮޕް ހޮސްޕިޓަލުން އެކުލަވައިލައިފި އެވެ.

ޓްރީ ޓޮޕުން ބުނީ މި ހާލަތުގައި އިމަޖެންސީ ހިދުމަތް އަދި ފްލޫ ކްލިނިކްގެ ހިދުމަތް އީއާރް އިން 24 ގަޑި އިރު ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެމްބިއުލާންސް ހޮޓްލައިން 1610 އަށް، ވީލްޗެއާ ވޭންގެ ހިދުމަތް ބޭނުން ނަމަ 3351610 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކުރެ އެވެ.

ޓްރީ ޓޮޕުން ވަނީ އެ ހޮސްޕިޓަލްގެ ސަރަހައްދަކަށް އާންމުންނަށް ނުދެވޭނެ ކަމަށް ބުނެފަ އެވެ. އެގޮތުން ކްރިޓިކަލް ކެއާ ޔުނިޓް (ސީސީޔޫ) އާއި އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) އާއި ހައި ޑިޕެންޑެސީ ޔުނިޓް (އެޗްޑީޔޫ) އާއި ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) އާއި ޑޭ ކެއާ ޔުނިޓް (އެސްޑީސީޔޫ) އާއި ލޭބާ ވޯޑާއި އިން ޕޭޝަންޓް ޕްރައިވެޓް ރޫމާއި ސުއިޓްތަކުގެ އިތުރުން އިމަޖެންސީ ރޫމަށް ވެސް ހާއްސަ ހުއްދައެއް ނެތި އާންމުންނަށް ނުވަދެވޭ ގޮތަށް ހަމަޖައްސައިފަ އެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމަށް ޓްރީޓޮޕުން ބުނެ އެވެ.

ކޮވިޑް-19 އަށް މާލެއިން ތިން މީހަކު ޕޮޒިޓިވްވެ، މި ބަލި ރާއްޖެ އިން ޖެހުނު މީހުންގެ އަދަދު ވަނީ 23 އަށް އަރައިފަ އެވެ.