މެންދުރުފަހު ވިލާ ގޭހުން ވެސް ޑެލިވަރީ ކޮށްދޭނެ
މެންދުރުފަހު ވިލާ ގޭހުން ވެސް ޑެލިވަރީ ކޮށްދޭނެ

ވިލާ ހަކަތައިން ވެސް މިއަދު މިއަދު މެންދުރު 2:00 އިން ފެށިގެން ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މެންދުރުފަހު ވިލާ ގޭހުން ވެސް ޑެލިވަރީ ކޮށްދޭނެ
މެންދުރުފަހު ވިލާ ގޭހުން ވެސް ޑެލިވަރީ ކޮށްދޭނެ

އެ ކުންފުނިން ނިންމާފައި ވަނީ މިރޭ 8:30 ގެ ނިޔަލަށް މި ހިދުމަތް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން މިއަދު މެންދުރުން ފެށިގެން 3336633 އަށް ގުޅައި ގޭހަށް އޯޑަރު ކުރެވޭނެ އެވެ.

މާލެ އިއްޔެ އިން ފެށިގެން ލޮކްޑައުން ކޮށްފައިވާއިރު ރޭ ވެސް ވިލާ ހަކަތައިން ޑެލިވަރީގެ ހިދުމަތް ދިނެވެ.

މި ދަނޑިވަޅު ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުން ކުރީ ފުރަތަަމަ ފަހަރަށް މާލެތެރެއިން ކޮވިޑް-19ގެ ކޭސްއެއް ފެނުމުންނެވެ. މިއާއެކު ގޭގައި ތިބެގެން ގުޅައިގެން ނުވަތަ އޮންލައިންކޮށް ވިޔަފާރި ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ ބާރުއަޅަމުންނެވެ.