އެންމެންގެ ޝަކުވާ: ފޯނެއް ނުނަގާ، ތަކެއްޗެއް ނުލިބޭ!
އެންމެންގެ ޝަކުވާ: ފޯނެއް ނުނަގާ، ތަކެއްޗެއް ނުލިބޭ!

ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު މާލެ އިން އިއްޔެ ފެނުމާ އެކު، އިއްޔެ މެންދުރު 2:30 ން ފެށިގެން މާލެ 24 ގަޑިއިރަށް ލޮކްޑައުން ކުރުމުން އެންމެ ބާރު ބޮޑުވެފައިވާ އެއް ކަމަކީ ޑެލިވަރީގެ ޚިދުމަތެވެ. މާލެތެރެއިން ކޮރޯނާވައިރަހަށް މީހަކު ޕޮޒިޓިވްވި ކަން އެޗްޕީއޭ އިން އިއުލާން ކުރުމުން، ގިނަ ބަޔަކު ތެޅިފޮޅިގަތީ ޒަރޫރީ ބޭނުންތަކަށް ތަކެތި ހޯދުމަށެވެ. އެ އިންތިޒާމު ކުރިއާލައި ހަމަޖައްސާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެ ފިހާރަތަކެއްގެ ނަމްބަރު އާއްމު ކޮށްފައިވީ ނަމަވެސް ޝަކުވާ އަކީ އެ ނަމްބަރުތަކަށް ނުގުޅޭތީ އެވެ. ގުޅޭ ފަހަރު ވެސް ތަކެތި ލިބޭނެ އިރެއްވެސް ނޭނގޭތީ އެވެ.

އެންމެންގެ ޝަކުވާ: ފޯނެއް ނުނަގާ، ތަކެއްޗެއް ނުލިބޭ!
އެންމެންގެ ޝަކުވާ: ފޯނެއް ނުނަގާ، ތަކެއްޗެއް ނުލިބޭ!

"ލިސްޓްގަ ހުރި ފިހާރަތަކަށް ގުޅާތާ ދޮޅު ގަޑިިއިރު ފަހުން އަގޯރާއިން އެކަނި ފޯން ނެގީ. އެ ތަނުން ވެސް ބުނީ އެއްޗެހި ޑެލިވަރީ ކޮށްދޭން ދެ ދުވަސް ވެސް ނަގާފާނެއޭ. ލިސްޓް ވަރަށް ދިގޭ. މި ގެއަކު ނެތް މިހާރު ކާ އެއްޗެއް ވެސް،" ކުޑަ ދެ ކުދިންނާއި އަނބިމީހާއާއެކު މާލޭގައި ދިރިއުޅޭ މުހައްމަދު ނަސީމް ދަތިތައް ހިއްސާ ކުރަމުން ބުންޏެވެ.

އެންމެންގެ ޝަކުވާ: ފޯނެއް ނުނަގާ، ތަކެއްޗެއް ނުލިބޭ!
އެންމެންގެ ޝަކުވާ: ފޯނެއް ނުނަގާ، ތަކެއްޗެއް ނުލިބޭ!

މާލޭގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގައި ވެސް އެ ދަތިތައް ވަނީ ކުރިމަތިވެފަ އެވެ. އެތައް ބަޔަކު އެއްފަހަރާ ފިހާރަތަކަށް ގުޅަން ފެށުމުން ލައިން ބިޒީވެ ނުގުޅޭ މައްސަލަ ބޮޑެވެ. އަދި އޯޑަރުތައް ގިނަވުމުން އޯޑަރު ނަގަން ފެށިތާ ކުޑައިރުކޮޅެއް ތެރޭގައި ފިހާރަތަކުން ވަނީ އޯޑަރު ނެގުން ހުއްޓާލާފަ އެވެ.

އެންމެންގެ ޝަކުވާ: ފޯނެއް ނުނަގާ، ތަކެއްޗެއް ނުލިބޭ!
އެންމެންގެ ޝަކުވާ: ފޯނެއް ނުނަގާ، ތަކެއްޗެއް ނުލިބޭ!

"ހެނދުނުން ސުރެ މި ގުޅަނީ. އެއްވެސް ނަންމަބަރާ ގުޅޭ. އެއްބައި ނަމްބަރު ބިޒީ. އަނެއް ބައި ނަމްބަރު ނިވާލާފައި،" ހުޅުމާލޭގައި ދިރިއުޅޭ އަންހެނަކު ބުންޏެވެ.

ޑެލިވަރީގެ ޚިދުމަތް އެންމެ ފުޅާކޮށް މި ވަގުތު ދޭ ރެޑްވޭވް ފިހާރައިގެ އިސް އޮފިޝަލަކު ވިދާޅުވީ، ޑެލިވަރީ ފޯރުކޮށްދިނުމުގައި ތަފާތު މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވީ، ކަސްޓަމަރުގެ އޯޑަރުތައް ހަމަކުރުމަށް ފަހު، އެ އަށް ޓްރާންސެކްޝަން ހެދުމަށާއި އޯޑަރު ކުރި ތަކެތި ހަމަތޯ ބެލުމަށް ފިހާރަ އިން ގުޅުމުން ކަސްޓަމަރުން ފޯނު ނުނެގުމާއި ލަހުން ފޯން ނަގާ މައްސަލަ އެވެ.

"އެތައް 100 ބަޔަކު އެބަގުޅާ. މުވައްޒަފުން އިތުރު ކޮށްގެން ވެސް ޚިދުމަތް ދެވޭތޯ މި ބަލަނީ. އެކަމަކު، ކަސްޓަމަރުންނަށް އަނބުރާ ގުޅުމުން ފޯނު ނުނަގާތީ ވަރަށް ބޮޑަށް އެބަ ދަތިވޭ. އެހެން ނޫނީ އަޅުގަނޑުމެންނަށް އަވަހަށް ޑެލިވަރީ ކޮށެއް ނުދެވޭ. ޑެލިވަރީ ހިފައިގެން ދާން ގުޅާއިރު ވެސް ފޯނު ނުނަގާ ފަހަރު އެބަ ދިމާވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފިހާރަ އަށް އޮބިނޯންނަ ވަރަށް ކޯލްތައް އަންނަ ކަމަށެވެ.

"އިއްޔެ ނެގިން 300 އޯޑަރު. އަޅުގަނޑުމެންނަށް ރެއާ ހަމައަށް ޑެލިވަރީ ކުރެވުނީ 150 އޯޑަރަށް. މިއަދުގެ މެންދުރު 12 އާ ހަމައަށް ވެސް 300 އަށް ވުރެ ގިނަ އޯޑަރު ލިބިއްޖެ. އެތައް ބަޔަކު ޑެލިވަރީ އަށް ނެރެގެން މި އުޅެނީ،" ފިހާރައިގައި ހުރި ޑެލިވަރީ ތަކެތި ދައްކައިލަމުން ރެޑް ވޭވްގެ އޮފިޝަލް ވިދާޅުވި އެވެ.

"މައްސަލަ އަކީ އެއްވެސް ސިސްޓަމެއް ނެތި މިކަން ފެށުން. ބޭރު ގައުމުތަކުގައި ބޭނުންކުރާ ޑެލިވަރީ ސިސްޓަމެއް ނޫން ރާއްޖޭގައި މި އޮތީކީ. އަދިވެސް ފޯނު ކޮށްގެން އޯޑަރު ދޭ އުސޫލު އޮތީ."

ރެޑް ވޭވުން އަންނަނީ ޚާއްސަ ޕޭޖެއް މެދުވެރިކޮށް، ޑެލިވަރީ ނެގުމުގެ އިންތިޒާމު ހަމަޖައްސަމުންނެވެ. ނަމަވެސް، މި ވަގުތު އަދި އެކަން ރަސްމީކޮށް ނުފަށަ އެވެ.

އާއްމުކޮށްފައިވާ ލިސްޓުގައި މާލެ އަށް ޑެލިވަރީ ކޮށްދޭ ނުވަ ފިހާރައަކާއި ހުޅުމާލޭގެ 11 ފިހާރައަކާއި ވިލިމާލޭގެ އަށް ފިހާރައެއް ހިމެނެ އެވެ. މިއީ މިހާ ބޮޑު އާބާދީއަކާ އެންމެ އެކަށޭވަ ވަރެއް ވެސް ނޫނެވެ. އޭގެ ތެރެއިން ބައެއް ފިހާރަތަކާ ގުޅުމަށް "މިހާރު" ން މަސައްކަތް ކުރުމުން ވެސް ވަނީ ގުޅޭ ގޮތް ނުވެފަ އެވެ.

މާލޭގައި ދިރިއުޅޭ ގިނަ މީހުންނަކީ އާއްމު ކޯބޯތަކެތި ދުވަހުން ދުވަހަށް ގަނެގެން އުޅޭ މީހުންނެވެ. ކުއްލިއަކަށް ލޮކްޑައުންވެ ތަކެތި ނުލިބުމުން ކެއިންބުއިމުގައި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

"ޕާނެއް ވެސް ނެތް. ގެއަކު ފުށެއް ވެސް ނެތް ރޮށި ފިހާކަށް. އެއްޗެއް ލިބޭނެ އިރެއް ނޭނގޭ،" އިތުރު އަންހެނަކު ކަންބޮޑުވުން ފާޅު ކުރަމުން ބުންޏެވެ.

ކައްކާ ގޭސް ލިބުމުގައިވެސް ދަތިތަކެއް ކުރިމަތިވި އެވެ. ނަމަވެސް މޯލްޑިވް ގޭސް އިން ވަނީ ގޭސް ޑެލިވަރީގެ ހިދުމަތް ރޭގަނޑު 8:30 އާ ހަމައަށް ދިނުމަށް ނިންމައިފަ އެވެ.

ލޮކްޑައުން ކުރުމާއެކު ސިޓީ ކައުންސިލުން އިއްޔެ ވެސް ވަނީ ޑެލިވަރީ ކުރަން ބޭނުންވާ ފިހާރަތައް ރަޖިސްޓަރީ ވާން ހުޅުވާލައިފަ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ރަޖިސްޓަރީވެ، ހުއްދަ ލިބުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. ގިނަ ފިހާރަތަކަކުން ހުއްދަ އަށް އެދުނު ނަމަވެސް ހިދުމަތް ނުފެށި ވަނީ ހުއްދަ ނުލިބިގެންނެވެ.

ފިހާރަތަކުގެ އިތުރުން ކެއުންބުއިމުގެ ހިދުމަތްދޭ ގިނަ ތަންތަނުގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފަ އެވެ. އެހެންވެ ބޭރުން ކައިގެން އުޅޭ މީހުންނަށް ވަނީ އެ ދަތިތަކާ ކުރިމަތިވެފަ އެވެ.

ފިހާރަތަކާއި ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ޑެލިވަރީގެ ހިދުމަތްދޭން ވަކިު ގަޑިތަކެއްވެސް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ކޯބާތަކެއްޗާއި ފިހާރަކަތަކުން މުދާ ގެންގޮސް ދެވޭނީ ތިން ވަގުތެއްގައި ކަމަށެވެ. އެއީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 2:00 އާ ހަމައަށް އަދި މެންދުރު ފަހު 3:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް، ރޭގަނޑު 8:00 އިން ފެށިގެން 11:00 އަށެވެ.

މާލެ ބަންދުކޮށްފި ހާލަތެއްގައި، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އުޅޭ މީހުންނަށް ގޭގެ އަށް ތަކެތި ފޯރުކޮށްދޭނެ ފިހާރަތަކުގެ މައުލޫމާތު އެއްކޮށްފައި ވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ވެސް ބުނެފައި ވެ އެވެ.

މިފަދަ ހާލަތަކަށް ތައްޔާރުވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) މީގެ ކުރިން ބުނެފައި ވެ އެވެ. އަދި އެފަދަ ހާލަތެއްގައި ހަރަކާތްތެރިވެވޭނެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ވެސް ބުނެފައި ވެ އެވެ.

ނަމަވެސް ލޮކްޑައުންގެ ހާލަތަށް ދިޔަ ފުރަތަމަ ދުވަހު ވެސް ކުރަން މި ޖެހެނީ ހިތި ތަޖުރިބާ އެކެވެ. ޒަރޫރީ ތަކެތި ނުލިބި އެތައް ބަޔަކު މި ވަނީ ތިބެން ޖެހިފަ އެވެ.

އެކަމާ ގުޅޭގޮތުން ސިޓީ ކައުންސިލްގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ބޭފުޅުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.