އެސްޓީއޯ އީސްޓޯރުގެ ހިދުމަތް އަލުން ފަށައިފި
އެސްޓީއޯ އީސްޓޯރުގެ ހިދުމަތް އަލުން ފަށައިފި

ލޮކްޑައުންއާ ގުޅިގެން ހިދުމަތް މެދުކަނޑާލުމަށް ފަހު އެސްޓީއޯގެ އީސްޓޯރުގެ ހިދުމަތް އަލުން މިއަދު ފަށައިފި އެވެ.

ރެއިން ފެށިގެން އެ ހިދުމަތް މެދުކަނޑާލީ 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ޑެލިވަރީ ކުރުމަށް ނަގަން ޖެހޭ ހާއްސަ ހުއްދަ ނެގުމަށެވެ. މި ހުއްދަ މިހާރު ލިބިފައިވާ ކަމަށާއި މިހާރު އީސްޓޯރުގެ ހިދުމަތް އާއްމުންނަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯގެ ޑެލިވަރީ ކުރިއަށްގެންދަނީ ރާއްޖޭގައި އެންމެ ފުޅާ ދައިރާއެއްގައި ޑެލިވަރީގެ ހިދުމަތް ދޭ "ރެޑް ބޮކްސް" އާ ގުޅިގެންނެވެ.

އެސްޓީއޯ ސުޕަމާޓުން ވިއްކާ ތަކެތި ގަންނަން ބޭނުންވާ މީހުންނަށް އެކުންފުނީގެ ވެބްސައިޓު sto.mv/product މެދުވެރިކޮށް އޯޑަރު ކުރުމުގެ އިތުރުން ފައިސާ ވެސް ދެއްކޭނެ އެވެ.