މިރޭ 8:30 އާ ހަމައަށް މޯލްޑިވް ގޭހުން ޑެލިވަރީކޮށްދޭނެ
މިރޭ 8:30 އާ ހަމައަށް މޯލްޑިވް ގޭހުން ޑެލިވަރީކޮށްދޭނެ

މިރޭ 8:30 އާ ހަމައަށް މޯލްޑިވް ގޭހުން ޑެލިވަރީކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޯލްޑިވް ގޭސް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮރޯނާވައިރަސް މާލޭން ފެނުމާ ގުޅިގެން މާލެ ލޮކްޑައުންކުރި ނަމަވެސް މިއަދު އެ ކުންފުނީގެ އިމަޖެންސީ ޑެލިވަރީގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެ ކުންފުނިން ވަނީ ރޭ ވެސް އެއް ގަޑިއިރަށް އިމަޖެންސީ ޑެލިވަރީގެ ހިދުމަތް ދީފަ އެވެ.

ލޮކްޑައުންގެ ސަބަބުން މޯލްޑިވް ގޭސްގެ ކޯލް ސެންޓަރު ބަންދު ވާނެ އެވެ. ނަމަވެސް އެ ކުންފުނިން އެންމެފަހުން ތައާރަފުކުރި އެސްއެމްއެސްގެ ހިދުމަތާއި ވެބްސައިޓު maldivegas.com/order މެދުވެރިކޮށް ހިދުމަތް ލިބޭނެ އެވެ.

އެސްއެމްއެސް މެދުވެރިކޮށް އޯޑަރުދޭ ނަމަ ކަސްޓަމަރުގެ ކޯޑާއި އައިޑީކާޑު ނަންބަރު އަދި އައިޓަމް ކޯޑު ޖެހުމަށް ފަހު 7201616 އަށް މެސެޖު ކުރުމުން އޯޑަރު ދެވޭނެ އެވެ. އަދި އިތުރު އެހީއެއް ބޭނުންވާ ނަމަ "ހެލްޕް" ޖެހުމަށް ފަހު އެސްއެމްއެސް ކުރުމުން އެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި ރީ-އޯޑާ ކުރާ ކަސްޓަމަރުން، އެ މީހެއްގެ ކޯޑާއި އައިޑީ ކާޑު ނަމްބަރު އެކަނި ފޮނުވުމުން ވެސް ގޭހަށް އޯޑަރު ކުރެވޭނެ ކަމަށް މޯލްޑިވް ގޭސް އިން ބުންޏެވެ.

ރައްކާތެރިކަމާއެކު ގޭސް ޑެލިވަރީ ކުރުމުގެ ގޮތުން ޑެލިވަރީ ކޮށްދޭ ހުރިހާ މީހުން ވެސް މާސްކާއި އަންގި ބޭނުން ކުރާނެ އެވެ. އަދި ޑެލިވަރި ކުރުމުން ފައިސާ ދެއްކުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާ ދެއްކޭ ޕޯޓަލެއް ވެސް އެ ކުންފުނިން ވަނީ މިހާރު ތައާޜަފުކޮށްފަ އެވެ.