ވިލާ ގޭހުން މިރޭ 10:30 ވަންދެން އޯޑަރު ނަގާނެ
ވިލާ ގޭހުން މިރޭ 10:30 ވަންދެން އޯޑަރު ނަގާނެ

މާލެ ލޮކްޑައުން ކުރުމުން ވިލާ ގޭހުން މިރޭ އޯޑަރުތައް ނަގާނެ ވަގުތުތައް ހާމަކޮށްފި އެވެ.

ވިލާ ގޭހަށް އޯޑަރު ދެވޭނީ މިރޭ 9:00 ން 10:30 އަށެވެ. ގޭހަށް އޯޑަރު ދިނުމަށް 3336633 އަށް ގުޅައިގެން ކުރިއަށް ގެންދޭވެނެ އެވެ. މި ހާލަތުގައި އާންމުކޮށް ނަގާ އޯޑަރުތަކުގެ އިތުރުން އިމަޖެންސީ އޯޑަރުތަކަށް ވެސް ޑެލިވަރީ ކޮށްދޭނެ ކޮށްދޭނެ އެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެން މިއަދު މެންދުރު 2:30 އިން ފެށިގެން 24 ގަޑިއިރަށް މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ.

ލޮކްޑައުންގެ ހާލަތުގައި މާލެ ސަރަހައްދު އޮތް އިރު ގިނަ ވިޔަފާރިތަކުން އަންނަނީ ޑެލިވަރީގެ ހިދުމަތްތައް ވެސް ދެމުންނެވެ. މި ހާލަތުގައި އެއްވެސް މީހަކު ގެއިން ބޭރަށް ނުދިއުމަށް ކަމާ ގުޅޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.