15 އެޕްރީލް 2020 - 15:25

އެސްޓީއޯ ސުޕަމާޓުގައި ވިޔަފާރި ކުރަން ގޮސް ހުރި ސްރީ ލަންކާގެ ޑޮކްޓަރަކު މީހަކަށް ނަސޭހަތް ދިނުމުން އެކަމާ ހިތްހަމަ ނުޖެހި އެ ޑޮކްޓަރަށް ހަމަލާ ދީފި އެވެ.

މަންޒަރު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ޑޮކްޓަރަށް ހަމަލާ ދިނީ، ތިން ފޫޓު ދުރުގައި ހުރުމަށް ނަސޭހަތް ދިނުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ. މި ހަމަލައިގައި، ޑޮކްޓަރުގެ މޫނުން ތަންކޮޅެއް ވަނީ ފަޅައިގެން ގޮސްފަ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އުމުރުން 49 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ސަރަހައްދު ކޮންޓްރޯލު ކުރުމަށްޓަކައި ފުލުހުން އުޅުނު އިރު، މިހާދިސާއާ ގުޅިގެން ހަމަލާ ދިން މީހާއަށް ފުލުހުން ނަސޭހަތްދިނެވެ އެވެ.
މި ހާލަތުގައި އާންމުން ޕެނިކްވެ، ތަކެތި ގޭގާއި ސްޓޯ ނުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ. އެސްޓީއޯއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ކާޑުގެ ބާވަތްތަކާއި ކެޔުމަށް ބޭނުން ކުރާ ސާމާނު ވެސް އެއްވެސް ދަތިކަމެއް ނެތި އެ ފިހާރައިން ފޯރުކޮށްދޭނެ ކަމަށެވެ.