ޕެނިކް ނުވޭ، އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ: އަމްރު
ޕެނިކް ނުވޭ، އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ: އަމްރު

އެސްޓީއޯ ސުޕަމާޓާއި ކިޔޫ ހެދުމުގެ ބަދަލުގައި އޮންލައިންކޮށް ހިދުމަތް ހޯދުމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ޕެނިކް ނުވޭ، އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ: އަމްރު
ޕެނިކް ނުވޭ، އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ: އަމްރު

މިއަދު މާލެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެސްޓީއޯ ސުޕަމާޓުން ވިޔަފާރި ކުރުމަަށް ކިޔޫ ހަދައިފަ އެވެ. މީގެ ސަބަބުން ސުޕަމާޓު ތެރެއަށް ވައްދާ މީހުންގެ އަދަދު 30 އަށް ވެސް ލިމިޓު ކޮށްފަ އެވެ.

މި ސަރަހައްދުގައި މީހެން އެއްވެގެން ތިބީ ސޯޝަލް ޑިސްޓެންސަށް ބަލައިގެން، މާސްކުތައް ވެސް އަޅައިގެން ފާހަގަކުރެވެ އެވެ. ސޯޝަލް ޑިސްޓެންސަކީ ދެ މީހުންގެ ދޭތެރޭގައި ތިން ފޫޓުގެ ދުރުމިނެވެ.

އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެސްޓީއޯއިން މިހާރު ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށާއި އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ ކަމަށެވެ. އަދި މި ވަގުތު ފިހާރަތަކުގައި ކިޔޫ ހަދައިގެން ތިބުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ގިނަ ބަޔަކު ޕެނިކްވެ ގެއަށް ބޭނުންވާ ސާމާނު އެއްކުރަމުން ދާއިރު ކަމާ ބެހޭ ފަރާތްތަކުން ދަނީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ. އަދި މިދަނޑިވަޅުގައި ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް ލިބެން ހުންނާނެ ކަމުގެ ޔަގީން ކަން ވެސް ސަރުކާރުން ވަނީ ދީފަ އެވެ.

ގޭގައި ތިބެގެން ވިޔަފާރި ކުރުމަށް ބާރު އެޅުމުގެ ގޮތުން އެސްޓީއޯގެ އިތުރުން ރެޑްވޭވް އާއި ވީބީ އަދި އިހުސާން ފިހާރަ ފަދަ ބޮޑެތި ފިހާރަތަކުން ވެސް ވަނީ ޑެލިވަރީގެ ހިދުމަތް ފަށައިފަ އެވެ.