12 އެޕްރީލް 2020 - 12:56

ސަރުކާރު ބަންދު ދުވަސްތަކުގައި އާއްމުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށް ކޮންމެ ހަފްތާއަކު ހޯމަ އަދި ބުރާސްފަތި ދުވަހު ސްޓެލްކޯގެ ކައުންޓަރުތައް ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ސަރުކާރު ބަންދުވި ނަމަވެސް މާދަމާއިން ފެށިގެން ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށް
އެ ކުންފުނީގެ އަތޮޅު އޮފީސްތަކާއި ހެޑް އޮފީސް ހުޅުވާނެ ކަމަށެވެ. މި ވަގުތުތަކުގައި އެ ކުންފުނީގެ ސޭލް ސެންޓަރު ވެސް ހުޅުވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މި ދުވަސްތަކުގައި ސެންޓަރުތަކާއި އޮފީސްތައް ހުޅުވި ނަމަވެސް ކޮންމެހެން ބޭނުން ނުވާ ހިދުމަތްތައް ހޯދުން ލަސްކޮށްލަ ދިނުމަށް އެ ކުންފުނިން ވަނީ އާންމުންގެ ކިބައިން އެދެފަ އެވެ. އަދި އޮންލައިކޮށް ލިބޭ ހިދުމަތްތައް ގޭގައި ތިބެގެން ހޯދުމަށް ވެސް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ސްޓެލްކޯއިން އޮންލައިންކޮށް ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް އެ ކުންފުނީގެ އީމެއިލް[email protected]މެދުވެރިކޮށް ހިދުމަތް ހޯދޭނެ އެވެ. އަދި ސޭލް ސެންޓަރު މެދުވެރިކޮށް ކަރަންޓާ ގުޅޭ ތަކެތި ގަންނަން އެ ސެންޓަރުގެ ހޮޓްލައިން 9110888 އަށް ގުޅައިގެން ނުވަތަ[email protected]އަށް މެއިލް ކޮށްގެން ހިދުމަތް ހޯދުމަށް އެ ކުންފުނިން ބާރު އަޅައެވެ.
މި ދަނޑިވަޅުގައި ސަރުކާރުން ނިންމާ ނިންމެވުންތަކަށް ބޯލަބައި ގޭގައި ތިބުމަށާއި ސޯޝަލް ޑިސްޓެންސިން ދެމެހެއްޓުމަށް ސްޓެލްކޯއިން ބާރު އަޅަ އެވެ.