11 އެޕްރީލް 2020 - 16:02

ބިދޭސީ ދެ ލޯބިވެރިއެއްގެ ދެމެދުގައި އުފެދުނު މައްސަލަގަނޑެއްގެ ތެރެއިން އެހެން ބިދޭސީ އަކު މިއަދު ޒަޚަމްވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ ދެ ލޯބިވެރިން ރުޅިވުމުން، ފިރިހެން މީހާ ކައިރި އަށް އަންހެން މީހާ ގޮސް އަމިއްލަ ގައިގައި ވަޅި އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެ ވަގުތު އެ އަންހެން މީހާ ހުއްޓުވަން އެހެން ބިދޭސީ ފިިރިހެނަކު މަސައްކަތް ކުރުމުގެ ތެރޭގައި އެ ފިރިހެން މީހާގެ އަތުގައި ވަޅި އެޅުނީ ކަމަށް ފުލުހުން ބުންޏެވެ.
މިއަދު މެންދުރު 2:30 ވާން އުޅެނިކޮށް ހިނގި މި މިހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި މިކަމާ ގުޅިގެން ކުރަން ޖެހޭ ތަހުގީގުތައް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.