ކޮވިޑް-19: ބެލްކަނީގައި ދުވެ މެރަންތަންއެއް ފުރިހަމަކޮށްފި
ކޮވިޑް-19: ބެލްކަނީގައި ދުވެ މެރަންތަންއެއް ފުރިހަމަކޮށްފި

ދުބާއީ (އެޕްރީލް 11) - ދުބާއީގެ އެޕާޓްމަންޓެއްގައި ތިބި ސައުތު އެފްރިކާގެ ދެމަފިރިއަކު އެ ޕާޓްމަންޓުގެ ބެލްކަނީގައި މިދިޔަ ހަފުތާގައި ދުވެ މެރަތަންއެއް ފުރިހަމަކޮށްފި އެވެ.

ކޮލިން އެލިން، 41، އާއި އޭނާގެ އަންހެން ހިލްދާ 42.2 ކިލޯ މީޓަރު (26 މޭލު) ދުވެފައި ވަނީ ފަސް ގަޑި، ނުވަ މިނިޓް، 39 ސިކުންތުންނެވެ. އެ މީހުން ވަނީ 20 މީޓަރު ދިގު ބެލްކަނީގައި 21،00 ބުރު ޖަހައިފަ އެވެ.

ކޮލިން ބުނެފައި ވަނީ އެއީ އޭނާގެ އަންހެނުންގެ ފުރަތަމަ މެރަތަން ކަމަށެވެ.

ކޮލިން އާއި ހިލްދާ މެރަތަން ދުވި އިރު "ރޭސް ޑައިރެކްޓަރެއްގެ" ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެ ދެމަފިރިންގެ 10 އަހަރުގެ ދަރިފުޅެވެ. އެ ކުއްޖާ ވަނީ މަންމަ އާއި ބައްޕަ ދުވި އިރު ފެނާއި ސްނެކްސް ފޯރުކޮށްދީފަ އެވެ.

ކޮލިން ބުނީ ލޮކްޑައުންގައި މީހުން ގޭގައި ތިބޭ އިރު މި ބާވަތުގެ ކަސްރަތެއް ކުރުމަށް އޭނާ ހިތްވަރު ދޭ ކަމަށެވެ.

ފްރާންސްގެ ޓުލޫސް ސިޓީއާ ކައިރީގައި ދިރިއުޅޭ އުމުރުން 32 އަހަރުގެ އެލިޝާ ނޮޗޮމޮވިޒް ކިޔާ މީހަކު ވެސް ވަނީ ބެލްކަނީގައި ދެވެ މެރަތަންއެއް ފުރިހަމަކޮށްފަ އެވެ. އޭނާ ދުވި ބެލްކަނީގެ ދިގު މިނުގައި ހުންނަނީ ހަތް މީޓަރެވެ. އޭނާ މެރަތަން ފުރިހަމަކޮށްފައި ވަނީ ހަ ގަޑިއިރާއި 48 މިނިޓުންނެވެ.

ކޮރޯނާވައިރަހާ ގުޅިގެން ބައިނަލްއަގުވާމީ ކުޅިވަރު ޝެޑިއުލް ވަނީ ކެންސަލް ކުރަން ޖެހިފަ އެވެ.