ކޮވިޑް-19: މެލޭޝިއާގެ ލޮކްޑައުން މުއްދަތު އިތުރުކޮށްފި
ކޮވިޑް-19: މެލޭޝިއާގެ ލޮކްޑައުން މުއްދަތު އިތުރުކޮށްފި

ކުއާލަ ލަމްޕޫރު (އެޕްރީލް 11) - މެލޭޝިއާގެ ލޮކްޑައުން މުއްދަތު މި މަހުގެ 28 އަށް އިތުރުކޮށްފި އެވެ.

ކޮވިޑް-19: މެލޭޝިއާގެ ލޮކްޑައުން މުއްދަތު އިތުރުކޮށްފި
ކޮވިޑް-19: މެލޭޝިއާގެ ލޮކްޑައުން މުއްދަތު އިތުރުކޮށްފި

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދަތުރު ފަތުރާއި މީހުންގެ މޫވްމަންޓް ހުއްޓުވުމުގެ އަމުރު މެލޭޝިއާ އިން އެންމެ ފުރަތަމަ ނެރުނީ މާޗް 18 އިން ފެށިގެން ދެ ހަފުތާއަށެވެ. ނަމަވެސް އެ މުއްދަތު ހަމަވާން ކައިރިވެފައިވާ އިރު މެލޭޝިއާ އިން އަނެއްކާ ވެސް ވަނީ ދެ ހަފުތާ އިތުރުކޮށްފަ އެވެ.

"ކޮރޯނާވައިރަހުން މެލޭޝިއާ މުޅިން ސަލާމަތްވެފައިވާ ކަމަށް ބުނަން އަދި މަދު ހަފުތާތަކެއް ނަގާނެ،" ގައުމާ މުޚާތަބް ކުރައްވާ ބޮޑު ވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވި އެވެ.

މެލޭޝިއާގެ ސިއްހީ އޮފިޝަލުން ބުނަނީ ކޮރޯނާވައިރަހުގައި އެ ގައުމު ޕީކަށް އަރާނެކަމަށް ލަފާކުރެވެނީ މި މަހު މެދުތެރޭގައި ކަމަށެވެ.

މެލޭޝިއާ އިން ވަނީ ކޮރޯނާވައިރަހަށް 4،346 މީހުން ޕޮޒިޓިވްވެ 70 މީހުން މަރުވެފަ އެވެ.