ކޮވިޑް-19: އެމެރިކާ އިން މަރުވާ މީހުން 60،000 އަށް ވެސް ނާރާނެ: ފައުޗީ
ކޮވިޑް-19: އެމެރިކާ އިން މަރުވާ މީހުން 60،000 އަށް ވެސް ނާރާނެ: ފައުޗީ

ވޮޝިންޓަން (އެޕްރީލް 12) - ކޮރޯނާވައިރަހުގައި އެމެރިކާ އިން މަރުވާ މީހުންގެ އަދަދު 60،000 އާ ހަމައަށް ވެސް ނާރާނެ ކަމަށް ލަފާކޮށްފައިވާ ކަމަށް ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

ފައުޗީ ކުރިން ލަފާކޮށްފައިވާ ގޮތުން ކޮރޯނާވައިރަހުގައި އެމެރިކާ އިން 100،000 އާއި 200،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވާނެ އެވެ.

ފައުޗީ ވިދާޅުވީ ސޯޝަލް ޑިސްޓެންސިން ފަދަ ފިޔަވަޅުތައް ކާމިޔާބުވާން ފެށުމާ އެކު މަރުވާނެ ކަމަށް އަންދާޒާ ކުރެވުނު މީހުންގެ އަދަދު އަލުން މުރާޖައާ ކޮށްފައިވާ ކަމަށެވެ.

"ފިޒިކަލް ޑިސްޓެންސިން ފަދަ ފިޔަވަޅުތަކުން ޕޮޒިޓިވް ނަތީޖާތައް ފެންނަމުން ދަނީ. މިހާރު ލަފާކުރެވޭ ގޮތުން މަރުވާ މީހުން 60،000 އަށް ވެސް ނާރާނެ،" އެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ފައުޗީ ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދަން ފައުޗީ ގެންދަވަނީ ބާރު އަޅުއްވަމުންނެވެ. ނަމަވެސް އެމެރިކާގެ ތަޖްރިބާކާރު ބޭނުންވާ ގޮތާ ޚިލާފަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުން ވަނީ އިގްތިސާދަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް ލޮކްޑައުން ކުރުން ފަދަ ފިޔަވަޅުރައް ލުއި ކުރަން ވިސްނަވަމުންނެވެ.

ކޮރޯނާވައިރަހުގައި އެމެރިކާ އިން މިހާތަނަށް ވަނީ 533,115 މީހުން ޕޮޒިޓިވްވެ 20,580 މީހުން މަރުވެފަ އެވެ.