ކޮވިޑް-19: އިނގިރޭސި ބޮޑުވަޒީރު އައިސީޔޫ އިން ވޯޑަށް
ކޮވިޑް-19: އިނގިރޭސި ބޮޑުވަޒީރު އައިސީޔޫ އިން ވޯޑަށް

ލަންޑަން (އެޕްރީލް 10) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އަށް އައިސީޔޫގައި ތިން ދުވަހު ފަރުވާ ދިނުމަށް ފަހު ވޯޑަށް ރޭ ބަދަލުކޮށްފި އެވެ.

ކޮވިޑް-19: އިނގިރޭސި ބޮޑުވަޒީރު އައިސީޔޫ އިން ވޯޑަށް
ކޮވިޑް-19: އިނގިރޭސި ބޮޑުވަޒީރު އައިސީޔޫ އިން ވޯޑަށް

ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޖޯންސަން ވޯޑަށް ބަދަލުކުރި ނަމަވެސް އެމަނިކުފާނުގެ ހާލަތު ޑޮކްޓަރުން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށެވެ. އައިސީޔޫގައި ޖޯންސަން އޮންނެވި އިރު ވެސް ޑޮކްޓަރުން ބުނެފައި ވަނީ ހާލަތު އެހާ ގޯސް ނުވާ ކަމަށާއި ވެންޓިލޭޓަރު ގުޅަން ޖެހުން ފަދަ ކަމެއް ކުރަން ނުޖެހޭ ކަމަށެވެ.

އުމުރުން 55 އަހަރުގެ ކޮންޒަވެޓިވް ލީޑަރަށް އައިސީޔޫގައި ވަނީ "ސްޓެންޑާޑް އޮކްސިޖަން ޓްރީމަންޓް" ދީފަ އެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވިތާ 10 ދުވަސްވީއިރު ވެސް ގިނަގިނައިން ކެއްސާ އަދި ހުން ތިރިނުވުމުން ލަންޑަނުގެ ސެއިންޓް ތޯމަސް ހޮސްޕިޓަލްގައި އެޑްމިޓްކުރީ އާދިއްތަ ދުވަހު ހަވީރު އެވެ.

އިނގިރޭސި ވިލާތުން މިހާތަނަށް ވަނީ 65،077 މީހުން ޕޮޒިޓިވްވެ 7،978 މީހުން މަރުވެފަ އެވެ.