ޗައިނާ ކޮޅަށް ޖެހިފައިވާ ކަމަށް ވިދާޅުވެ ޑަބްލިއުއެޗްއޯ އަށް ޓްރަމްޕް ބިރުދައްކަވައިފި
ޗައިނާ ކޮޅަށް ޖެހިފައިވާ ކަމަށް ވިދާޅުވެ ޑަބްލިއުއެޗްއޯ އަށް ޓްރަމްޕް ބިރުދައްކަވައިފި

ވޮޝިންޓަން (އެޕްރީލް 8) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ވަނީ ޗައިނާއާ އެއްކޮޅަށް ވަރަށް ބޮޑަށް ޖެހިފައި ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބިރު ދައްކަވައިފި އެވެ.

އދ.ގެ އެޖެންސީން އެގޮތަށް ކަންތައް ކުރާ ނަމަ އެމެރިކާ އިން ދައްކާ ފައިސާ ހުއްޓާލަން ޖެހިދާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފަ އެވެ. ޑަބްލިއުއެޗްއޯ އަށް އެމެރިކާ އިން މިދިޔަ އަހަރު ވަނީ 400 މިލިއަން ޑޮލަރު ދީފަ އެވެ. ޗައިނާ އިން މިދިޔަ އަހަރު ދީފައި ވަނީ 44 މިލިއަން ޑޮލަރެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ އެ ޖަމާއަތުން މަސައްކަތް ކުރަނީ ވަކި ގައުމަކަށް އިސްކަން ދީގެން ނޫން ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މުޅި ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރޭ އިރު ހުރިހާ ގައުމަކަށް ވެސް ޑަބްލިއުއެޗްއޯ އިން އަންނަނީ އެހީވަމުން ކަމަށް ބުނެފައިވެ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ މުޅި ދުނިޔޭގައި ބޮޑު ރޯގާއެއް ފެތުރިގެންދާ އިރު އެހީ ކަނޑާލާނެ ކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.