ކޮވިޑް-19: ނޯތު ކޮރެއާ އިން 709 މީހުން ޓެސްޓްކޮށްފި
ކޮވިޑް-19: ނޯތު ކޮރެއާ އިން 709 މީހުން ޓެސްޓްކޮށްފި

ޕިއޮންޔަން (އެޕްރީލް 8) - ނޯތު ކޮރެއާ އިން 709 މީހުން ކޮރޯނާވައިރަހަށް ޓެސްޓްކޮށްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ނޯތު ކޮރެއާ އަށް ކަނޑައަޅާފައި ހުންނަ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އެޑްވިން ސަލްވާޑޯ ވިދާޅުވީ ޓެސްޓްކުރި މީހުންގެ ތެރޭން 11 މީހުންނަކީ ބިދޭސީން ކަމަށާއި ބާކީ ތިބި 698 މީހުންނަކީ ނޯތު ކޮރެއާ މީހުން ކަމަށެވެ.

ނޯތު ކޮރެއާގެ އާބާދީ އަކީ 25 މިލިއަން މީހުން ކަމަށްވާއިރު ޓެސްޓްކޮށްފައި މި ވަނީ ނިސްބަތުން ވަރަށް މަދު އަދަދެކެވެ. އަވަށްޓެރި ސައުތު ކޮރެއާ އަށް ބަލާއިރު އެ ގައުމުގެ އާބާދީގައި 51 މިލިއަން މީހުން ހިމެނޭ އިރު ކޮރޯނާވައިރަހަށް ވަނީ 486،003 މީހުން ޓެސްޓްކޮށްފަ އެވެ.

ނޯތު ކޮރެއާ އިން ބުނެފައި ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އެއްވެސް މީހަކު އެ ގައުމުގައި ނެތް ކަމަށެވެ. ނަމަވެސް ތަޖްރިބާކާރުން ބުނަނީ ޗައިނާ އާއި ސައުތު ކޮރެއާއާ އިންވެގެން އޮންނަ ނޯތު ކޮރެއާ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވް އެއްވެސް މީހަކު ނުފެނުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބޯޑަރު ހުރަސްކޮށް އެއްގައުމުން އަނެއް ގައުމަށް ކުރާ ވިޔަފާރި އާއި އިގްތިސާދީ ގުޅުންތަކަށް ބަލާއިރު ނޯތު ކޮރެއާ ކޮރޯނާވައިރަހުން ސަލާމަތްވެފައި ވަނީ ކިހިނެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.