ކޮވިޑް-19: 76 ދުވަހަށް ފަހު ވޫހާން ސިޓީ ހުޅުވާލައިފި
ކޮވިޑް-19: 76 ދުވަހަށް ފަހު ވޫހާން ސިޓީ ހުޅުވާލައިފި

ވޫހާން (އެޕްރީލް 8) - މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު ކޮރޯނާވައިރަސް ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީ ބަންދުކުރިތާ 76 ދުވަސް ފަހުން މިއަދު ހުޅުވާލައިފި އެވެ.

ކޮވިޑް-19: 76 ދުވަހަށް ފަހު ވޫހާން ސިޓީ ހުޅުވާލައިފި
ކޮވިޑް-19: 76 ދުވަހަށް ފަހު ވޫހާން ސިޓީ ހުޅުވާލައިފި

ޖެނުއަރީ 23 ވަނަ ދުވަހު ވޫހާން ސިޓީ ލޮކްޑައުންކުރި ފަހުން ފުރަތަމަ ފަހަރަށް މިއަދު ވަނީ ހައިވޭތަކާއި ރޭލުގެ ޚިދުމަތް އަދި ފްލައިޓުގެ ޚިދުމަތް ފަށައިފަ އެވެ. ވޫހާންގެ ރައްޔިތުން ވެސް (ކޮރޯނާވައިރަހަށް ޕޮޒިޓިވް ނޫންކަން ޔަގީންކޮށްދިނުމުން) އެހެން ސިޓީތަކަށް މިހާރު ދަތުރު ކުރެވޭނެ އެވެ.

ކޮވިޑް-19: 76 ދުވަހަށް ފަހު ވޫހާން ސިޓީ ހުޅުވާލައިފި
ކޮވިޑް-19: 76 ދުވަހަށް ފަހު ވޫހާން ސިޓީ ހުޅުވާލައިފި

"ވޭތުވެދިޔަ ދެ މަހެއްހާ ދުވަސްތެރޭ ވޫހާންގެ މަގުތަކުން އެކަކުވެސް ނުފެނޭ،" ޑެލިވަރީ ޑްރައިވަރެއް ކަމަށްވާ ޖިއާ ޝެންގްޒީ ބުންޏެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން އެންމެ ހަރުކަށި ކަރަންޓީނަކަށް ދިޔަ 11 މިލިއަން މީހުން ހިމެނޭ ސިޓީ އަކީ ވޫހާން އެވެ. އެންމެ ފުރަތަމަކޮޅު ވަނީ ކާބޯތަކެއްޗާއި އަސާސީ އެހެން ތަކެތި ގަތުމަށް ބޭރަށް ނުކުތުމުގެ ހުއްދަ ދީފަ އެވެ. ނަމަވެސް ފެބްރުއަރީ މަހު މެދުތެރޭން ފެށިގެން ވަނީ އެއްވެސް ކަމެއްގައި ބޭރަށް ނުކުތުން މަނާކޮށްފަ އެވެ. ގެތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދެނީ ޑެލަވަރީ ޑްރައިވަރުންނެވެ.

ސަރުކާރުގެ އަންދާޒާތަކުން ދައްކާ ގޮތުން 55،000 މީހުން ރޭލުގައި ވޫހާން އިން ބޭރަށް މިއަދު ދަތުރު ކުރާނެ އެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވް އަދި އެ ބަލީގައި އެއްވެސް މީހަކު މަރުވި ކަމަށް މިދިޔަ ހޯމަ ދުވަހު ޗައިނާ އިން ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ޗައިނާ އިން ކޮރޯނާވައިރަސް ކޮންޓްރޯލްކުރި އިރު އެ ގައުމުން މިހާތަނަށް ވަނީ 81،802 މީހުން ޕޮޒިޓިވްވެ 3،333 މީހުން މަރުވެފަ އެވެ. މުޅި ދުނިޔޭން މިހާތަނަށް ވަނީ 1.42 މިލިއަން މީހުން ޕޮޒިޓިވްވެ 82،101 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 302،247 މީހުންނެވެ.