މޫވެންޕިކް އައިސްކްރީމް ޑެލިވަރީކޮށްދެނީ
މޫވެންޕިކް އައިސްކްރީމް ޑެލިވަރީކޮށްދެނީ

ކޮވިޑް-19 އާ ގުޅިގެން އާންމުން ބޭރަށް ނުކުމެ އުޅެން ހިތްވަރު ނުދިނުމުގެ ގޮތުން، މަޝްހޫރު އައިސްކްރީމް ވިއްކާ އައުޓްލެޓް މުވެންޕިކް އިން ގޭގެއަށް ޑެލިވަރީ ކޮށްދޭން ފަށައިފި އެވެ.

މޫވެންޕިކް އައިސްކްރީމް ޑެލިވަރީކޮށްދެނީ
މޫވެންޕިކް އައިސްކްރީމް ޑެލިވަރީކޮށްދެނީ

މިއީ އައިސްކްރީމް މިފަދަ ގޮތަކަށް އޯޑަރުކޮށްގެން ޑެލިވަރީ ކޮށްދޭން ފެށި ފުރަތަމަ ރެސްޓޯރެންޓެވެ.

މޫވެންޕިކް އައިސްކްރީމް ޑެލިވަރީކޮށްދެނީ
މޫވެންޕިކް އައިސްކްރީމް ޑެލިވަރީކޮށްދެނީ

އެގޮތުން 150ރ. އަށް ވުރެ މަތީގެ ކޮންމެ އެއްޗެއް ވެސް މިހާރު ޑެލިވަރީ ކުރެވޭނެ އެވެ. އޯޑަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:00 ން ރޭގަނޑު 11:00 އަށެވެ. މީގެ އިތުރުން ކާފިއު ވަގުތުގައި ވެސް މޫވެންޕިކް އައިސްކްރީމަށް އޯޑަރު ދެވޭނެ އެވެ.

ތަފާތު އެކި ފްލޭވާތަކުގެ އައިސްކްރީމާއި ބުއިންތައް ލިބޭ، މޫވެންޕިކުން އޯޑަރު ކުރުމަށް ގުޅާނީ، އެތަނުގެ ވައިބާ ނަންބަރު 9561012 އަށެވެ.

މިދުވަސްވަރު ކުރިމަތިވެފައިވާ ބަލިމަޑުކަމުން ސަލާމަތް ވުމަށްޓަކައި ގިނަ ފިހާރަތަކަކާއި ކާބޯތަކެތި ވިއްކާ ތަންތަނުން އަންނަނީ ޑެލިވަރީގެ ހިދުމަތްތައް ދެމުންނެވެ. ސިއްހީ އިދާރާތަކުން އަންނަނީ ޒަރޫރީ ބޭނުންތަކުގައި ނޫން ގޮތްގޮތަށް މީހުން އެއްވެ ނޫޅުމަށް އިލްތިމާސްކުރަމުންނެވެ.