07 އެޕްރީލް 2020 - 14:30

ކޮވިޑް-19 އާ ގުޅިގެން ގޭތެރެ އާއި ހޮސްޕިޓަލްތަކާއި އޮފީސްތައް ޑިސް އިންފެކްޓް ކުރުމުގެ ހިދުމަތް ކްލީން ޓެކުން ފަށައިފި އެވެ.

ކްލީން ޓެކަކީ ކުރިން ފެށިގެން ވެސް ގޭތެރޭގައި ހުންނަ ޖަރާސީމު ނައްތާލައި ގޭތެރެ "ޑީޕް ކްލީން" ކުރުމުގެ ހިދުމަތް ދެމުން އައި ކުންފުންޏެކެވެ. ނަމަވެސް މި ދަނޑިވަޅު ޑިސް އިންފެކްޝަންގެ ހިދުމަތަކީ ގިނަ ބަޔަކު ބޭނުންވާނެ ހިދުމަތަކަށްވާތީ އެންމެންގެ ރައްކާތެރިކަމަށް ޓަކައި ހިދުމަތް ދޭން އަލުން ނިންމީ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ކުންފުނިން ޑިސްއިންފެކްޝަންގެ ހިދުމަތް ދޭނީ އެކަމުގެ ހާއްސަ ތަމްރީނު ލިބިފައިވާ ސެޓިފައިޑް ސްޓާފުންނެވެ. މި ހިދުމަތް ދޭން ސްޓާފުން ތިބޭނީ ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ހެޒްމެޓް ސޫޓުތައް ވެސް ލައިގެންނެވެ. މީގެ ސަބަބުން ހޮސްޕިޓަލްތައް ފަދަ ކްރިޓިކަލް ތަންތަނުގައި ވެސް ރައްކާތެރިކަމާ އެކު ހިދުމަތް ދެވޭނެ ކަމަށް ކްލީން ޓެކުން ބުންޏެވެ.
ތަންތަން ޑިސް އިންފެކްޓް ކުރުމުގައި ކްލީން ޓެކުން ބޭނުން ކުރާ ކެމިކަލްތަކަކީ ޑްބަލިއުއެޗްއޯ އާއި އެމެރިކާގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ކެމިކަލްތަކެކެވެ. މި ކެމިކަލްތަކުގެ ސަބަބުން އިންސާނުންނަށާއި ތިމާވެއްޓަށް ގެއްލުމެއް ނުވާނެ އެވެ. އެކުންފުނިން ބޭނުން ކުރާ ޓެކްނޮލޮޖީތަކަކީ ޔޫރަޕާއި ޖަރުމަނުގެ އެންމެ ފަހުގެ ޓެކްނޮލޮޖީތަކެވެ.
މީގެ އިތުރުން ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ވަނީ ގެތައް ޑިސް އިންފެކްޓްކޮށް ސާފުކުރުމަށް ހާއްސަ އަގުތަކެއް ވެސް ކަނޑައަޅައިފަ އެވެ. މި އަގުތައް ކަނޑައަޅާނީ ގެއަށް ޒިޔާރަތް ކޮށް ކަސްޓަމަރު ބޭނުންވާ ހިދުމަތްތަކަސް ބެލުމަށް ފަހު އެވެ.
ކްލީން ޓެކުން ގޭގެ އަށް ގޮސް ދޭ ހިދުމަތްތަކުގެ ތެރޭގައި ފަރުނީޗަރާއި ގޭތެރެ އަދި ބަދިގެ އާއި ފާހާނާގައި ހުންނަ ޖަރާސީމް ނައްތާލުން ހިމެނެ އެވެ. މިކަމަށް ބޭނުން ކުރާ ކެމިކަލްތަކަކީ ނޭވާލުމުގެ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށް އުނދަގޫ ދިމާވެދާނެ ކެމިކަލްތަކަށްވުމުން އެ ކެމިކަލްތައް ވެސް ސާފު ކުރާނެ އެވެ. މީގެ ސަބަބުން ގޭގައި ހުންނަ ކެމިކަލް ވަސް ވެސް ނައްތާލަ ދޭނެ އެވެ.
ޑިސް އިންފެކްޝަންގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް 7779413 ނުވަތަ 7929999 އަށް ގުޅާލުމުން އެ ހިދުމަތް މިހާރު ލިބޭނެ އެވެ.