06 އެޕްރީލް 2020 - 16:47

ހެޕީ މާކެޓުން ވިއްކާ ފިނިކުރި ކާބޯތަކެތީ އަގު ރަމަޟާން މަހާ ދިމާކޮށް ހެޔޮކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ވިއްކާ ހެޕީމާކެޓުން މީގެ ކުރިން ވެސް ރޯދަ މަހާ ދިމާކޮށް ފިނިކުރި ކާބޯތަކެތީގެ އަގުތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ދީފަ އެވެ. އެގޮތުން ހޯލް ޗިކަން އާއި ޗިކަން ޑްރަމްސްޓިކާއި ބީފް ޗަންކާއި ޑަކްގެ އިތުރުން ވެގަ މިލްކުގެ އަގުތައް ވަނީ ހެޔޮކޮށްފަ އެވެ.
ތަކެތީގެ އަގުތައް ހެޔޮކުރުމުގެ އިތުރުން އެ ފިހާރައިން ގަނޑުކޮށް މުދާ ގަންނަ ނަަމަ ހިލޭ ޑެލިވަރީކޮށްދޭނެ އެވެ. އެގޮތުން މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި އައްޑޫން ވެސް ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ.
މީގެ އިތުރުން އެހެން ރަށްރަށުގެ ފިހާރަތަކުން ގަނޑުކޮށް އޯޑަރު ދިނުމަށް ހެޕީމާކެޓަށް ގުޅުމުން، އޯޑަރު ނަގައިދީ ބޭނުންވާ ބޯޓަކަށް ޑެލިވަރީކޮށްދޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
- ކުކުޅު ކިލޯއެއް: 27 ރުފިޔާ
- އަސްދޫނި ކިލޯއެއް: 70 ރުފިޔާ
- ވެގަ ހިކިކިރު 900 ގްރާމު ދަޅު ކޭސް: 1،180 ރުފިޔާ
- ވެގަ ހިކިކިރު 1،800 ގްރާމު ދަޅު ކޭސް: 1،180 ރުފިޔާ
- ޗިކަން ޑްރަމްސްޓިކް 900 ގްރާމް ކޭސް: 384 ރުފިޔާ
- ބީފް ޗަންކްސް 900 ގްރާމް ކޭސް: 990 ރުފިޔާ
- ބޯންލެސް ޗިކަން ބްރެސްޓް ދެ ކިލޯގެ ކޭސް: 518 ރުފިޔާ
ހެޕީ މާކެޓަކީ ފިނިކުރި ކާޏާ ރާއްޖެ އަށް އެންމެ ފުރަތަމަ އެތެރެކުރަން ފެށި ކުންފުންޏެވެ. އެ ކުންފުނިން ވިއްކާ ތަކެތީގެ ތެރޭގައި ފިނިކުރި ކުކުޅު، ކުކުޅުގެ އެކި ބާވަތްތަކާއި، ގެރިމަހުގެ ބާވަތްތަކާއި ލޭމްބާއި މަޓަން އާއި، ޓާކީ އާއި އަސްދޫނި އަދޮ ފޮރިންގަސޯލް ސޮސެޖް ހިމެނެ އެވެ.
ކޮންމެ އަހަރަކު ވެސް ހެޕީ މާކެޓުން އާ ބާވަތްތައް ބާޒާރަށް ނެރެ އެވެ.