ރާއްޖޭގެ ތައްޔާރީތައް ފުރިހަމަ، އެކަމަކު ހިންދެމިލެވޭކަށް ނެތް: ޑރ. އަރްވިންދް
ރާއްޖޭގެ ތައްޔާރީތައް ފުރިހަމަ، އެކަމަކު ހިންދެމިލެވޭކަށް ނެތް: ޑރ. އަރްވިންދް

ކޮވިޑް-19އަށް ރާއްޖެއިން ވެފައިވާ ތައްޔާރީތައް ވަރަށް ފުރިހަމަ ކަމަށާއި އެހެންނަމަވެސް އެގޮތަށް ބަލައިގެން ހިންދެމިލެވެން ނެތް ކަމަށް، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބް ޑރ. އަރްވިންދް މާތުރް މިދިއަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތައްޔާރީތައް ފުރިހަމަ، އެކަމަކު ހިންދެމިލެވޭކަށް ނެތް: ޑރ. އަރްވިންދް
ރާއްޖޭގެ ތައްޔާރީތައް ފުރިހަމަ، އެކަމަކު ހިންދެމިލެވޭކަށް ނެތް: ޑރ. އަރްވިންދް

"މިހާރު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޑރ. އަރްވިންދު ވިދާޅުވީ ކޮވިޑް-19 ގައި ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ދައްކާފައިވަނީ މިސާލެއް ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން، އެންމެ މަތީ ފަންތިން އެންމެ އާދައިގެ ރައްޔިތުމީހާއާ ހަމައަށް ވެސް މި ކަމުގައި ދެއްކީ ފުރިހަމަ ނަމޫނާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ތައްޔާރީތައް ފުރިހަމަ، އެކަމަކު ހިންދެމިލެވޭކަށް ނެތް: ޑރ. އަރްވިންދް
ރާއްޖޭގެ ތައްޔާރީތައް ފުރިހަމަ، އެކަމަކު ހިންދެމިލެވޭކަށް ނެތް: ޑރ. އަރްވިންދް

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންދެވީ ވަރަށް ގާތުން ހުރިހާ ކަމެއް ރިވިއުކުރައްވަމުން. ހަމައެއާ އެކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ގެންދެވީ އެމަނިކުފާނާ އެކު ވަރަށް ގާތުން މިކަމުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން،" ޑރ. އަރްވިންދް ވިދާޅުވި އެވެ.

ރާއްޖޭގެ ތައްޔާރީތައް ފުރިހަމަ، އެކަމަކު ހިންދެމިލެވޭކަށް ނެތް: ޑރ. އަރްވިންދް
ރާއްޖޭގެ ތައްޔާރީތައް ފުރިހަމަ، އެކަމަކު ހިންދެމިލެވޭކަށް ނެތް: ޑރ. އަރްވިންދް

އޭނާ ވިދާޅުވީ ކޮވިޑް-19ގެ މި ހާލަތުގައި ރާއްޖެ މިހާތަނަށް ފެންނަނީ ވަރަށް ކާމިޔާބު ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަމުގެ ސިއްރަކީ ކަންކަން ބޮއްސުންލައިގެން ދަންދެން މަޑުނުކޮށް ސަރުކާރުން އަޅަމުންދިޔަ އަވަސް ފިޔަވަޅުތައް ކަމަށް ވިދާޅުވި އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ނެޝެނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމްކޮށް، ހެލްތު ސެކްޓަރާއި، ޑިޒާސްޓަ މެނޭޖްމަންޓުގެ އިތުރަށް މިކަމުގައި ދެން އެހީތެރިވެވޭނެ ހުރިހާ ފަރާތްތައް އެކުގައި މަސައްކަތް ފެށުމެވެ. އެއީ މި ހިސާބަށް އައުމަށް ލިބުނު ފަސޭހަ މަގެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ރާއްޖޭގެ ތައްޔާރީތައް ފުރިހަމަ، އެކަމަކު ހިންދެމިލެވޭކަށް ނެތް: ޑރ. އަރްވިންދް
ރާއްޖޭގެ ތައްޔާރީތައް ފުރިހަމަ، އެކަމަކު ހިންދެމިލެވޭކަށް ނެތް: ޑރ. އަރްވިންދް

ކޮވިޑް-19އަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ ބޮޑު ބަލިމަޑުކަމަކަށް ވާއިރު، ދުނިޔޭގެ އެއްވެސް ގައުމެއްގައި އެއްފަހަރާ ގިނަ ބަޔަކަށް އެންމެ އެކަށީގެންވާ ގޮތަށް ފަރުވާދެވޭނެ ހަރުދަނާ ނިޒާމެއް ނެތެވެ. އެހެންކަމުން ކޮމިއުނިޓީ ސްޕްރެޑަކަށް ހިނގައިދާނެ ހާލަތަކަށް ތައްޔާރުވުން ވަރަށް މުހިންމު ކަމަށާއި، ބާރު މިނުގައި މިބަލި ފެތުރުނަ ނުދޭން ފިޔަވަޅުތައް އަޅަން ޖެހެނީ، ޑރ. އަރްވިންދް ވިދާޅުވި ގޮތުގައި، އެ ނުރައްކާތެރި ހާލަތަށް އަންނަންވާ އިރަށް ހުރިހާ ކަމެއް އިންތިޒާމްކުރުމުގެ ގޮތުންނެވެ.

އޭނާ ވިދާޅުވީ މި ހާލަތުގައި ލާމަރުކަޒީކޮށް ކަންކަން ކުރަން ވަރަށް ބޮޑަށް ފޯކަސްކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ވިސްނުން ހުރީ ކޮމިއުނިޓީ ސްޕްރެޑެއް ފަދަ ނުރައްކާތެރި ހާލަކަށް މާލޭގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކުން ޖުމްލަ ފަސް ތަނެއް ހާއްސަ ކުރުން ކަމަށް ވިދާޅުވި އެވެ. އެގޮތުން އެއިން ކޮންމެ ތަނެއްގައި ކޮވިޑް-19އަށް ހާއްސަ ހިދުމަތް ދެވެން ހުންނަން ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން އޭނާ ނެންގެވީ އައްޑު އެވެ. މިހާރު ހަދާފައިވާ އިކްއެޓޯރިއަލް ހޮސްޕިޓަލް ސިއްހީ އެހެނިހެން ހިދުމަތްތަކަށް ހާއްސަކޮށްފައި، ކުރީގެ ރީޖަނަލް ހޮސްޕިޓަލް ހިންގި އިމާރާތް ބޭނުންކުރާނީ ކޮވިޑް-19 އަށެވެ. ސަރުކާރުން އެ ވިސްނުމުގައި މަސައްކަތްކުރަމުން ގެންދާ ކަމަށާއި އެއީ ރާއްޖެއަށް ބަލާއިރު ސިއްހީ ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭނެ އެންމެ ރަނގަޅު އިންތިޒާމް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭރުން ސިއްހީ އެހެން ކަންކަމަށް ފަރުވާ ހޯދަން އިކްއެޓޯރިއަލް ހޮސްޕިޓަލަށް ދާ އާންމުންނަށް އެއްވެސް ބުރުލެއް ނާރާނެ އެވެ.

ޑރ. އަރްވިންދް ވިދާޅުވީ މި ހުރިހާ ތައްޔާރީތަކެއް ސަރުކާރުން ވަމުން އަންނައިރު، ދެން އުފެދޭ ސުވާލަކީ އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ އެކަން ދެނެގަނެވޭ މިންވަރަށް ރާއްޖެ ތައްޔާރުތޯ ކަމަށެވެ. އޭގެ ޖަވާބު ވެސް ވަރަށް ސާފު ކަމަށާއި، ރާއްޖެއިން ކަންކަން ބަލަހައްޓަމުން ގެންދާ ގޮތަށް ބަލާއިރު އެކަމާ މެދު ސުވާލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަރްވިންދް ވިދާޅުވި ގޮތުގައި ފުރިހަމަ ޓެސްޓިން ނިޒާމަކާއި، އައިސޮލޭޓް ކުރުމާއި ކޮންޓެކްޓް ޓްރޭސިންއަކީ ކޮރޯނާވައިރަސްގައި އެންމެ މުހިންމު ކަންކަމަށް ވާއިރު ރާއްޖެއިން އެކަން ކުރަނީ ވަރަށް ފުރިހަމައަށެވެ. އެކަމަކު ރާއްޖޭގައި އެ ބަލި އިތުރަށް ނުފެތުރި ކޮންޓްރޯލްވެފައި އޮތް ނަމަވެސް އެއީ ކާމިޔާބީއެއް ކަމަށް ބަލައި ދޫކޮށްނުލުމަކީ ތައުރީފް ހައްގު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮމިއުނިޓީ ސްޕްރެޑަކަށް ހިނގައިދާނެ ހާލަތަކަށް ބަލާއިރު، ރާއްޖެ އޮތީ ވަރަށް ތައްޔާރަށް ހަގީގަތުގައި. އެކަމަކު އެއްވެސް ގައުމަކަށް، އެއްވެސް ބަޔަކަށް ތިމަންނަމެން ތައްޔާރޭ ކިޔާފައި ހިންދެމިލައިގެން ތިބެވޭކަށް ނެތް ރާއްޖެ މިވަރަށް ތައްޔާރުވެފައި އޮތްއިރު ވެސް. [އެކަން ކަމާ ބެހޭ ފަރާތްތަކުން ގަބޫލުކުރާތީ] އެއީ ރާއްޖެއިން ކުރާ ވަރަށް ރަނގަޅު ކަމެއް،" ޑރ. އަރްވިންދް ވިދާޅުވި އެވެ.

އޭނާ ވަނީ އާންމުން އަދާކުރަން ޖެހޭ ފަރުދީ ޒިންމާގެ ވާހަކަ ވެސް ތަކުރާރުކުރައްވައިފަ އެވެ. އެގޮތުން ބޭރަށް ނުކުންނަން ޖެހޭ ފަދަ ޒަރޫރީ ބޭނުންތައް ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު ދާ ކޮންމެ ތަނެއްގައި ސަރުކާރަށް ތިން ފޫޓުން ފާހަގަތައް ޖަހާފައެއް ނުބެހެއްޓޭނެ. މިކަމުގައި އަމިއްލަ ޒިންމާ ވެސް އެބަ އޮވޭ. ބަޔަކު ނުބުންޏަސް ގޭގައި މަޑުކުރަން ވެސް އެބަ އާދަކުރަން ޖެހޭ،" ޑރ. އަރްވިންދް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުއްލިއަކަށް މި އައި ބަލިމަޑުކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރު ކަމަށެވެ. އަދި އެ ބަދަލު ގެންނަން އުނދަގޫ ވާނެ ކަން ވެސް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް މި ހާލަތުން އަރައިގަންނަން ބޭނުން ނަމަ އެ ބަދަލުތަކަށް އެންމެން އެއްބާރުލުން ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިިކަމުން އަރައިގަންނަން ޖެހޭނީ ވެސް އެންމެން އެކަކު އަނެކަކަށް އެހީވެގެންނެވެ.

ރާއްޖޭގައި އާންމުން ހޭލުންތެރިކުރަން އެންމެން ވެސް މަސައްކަތްކުރާތީ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ޑރ. އަރްވިންދް ވިދާޅުވި އެވެ.