ކޮވިޑް-19: ކޮރޯނާވައިރަސް ނެތް ގައުމުތަކަކީ ކޮބާ؟
ކޮވިޑް-19: ކޮރޯނާވައިރަސް ނެތް ގައުމުތަކަކީ ކޮބާ؟

ޕެރިސް (އެޕްރީލް 6) - މުޅި ދުނިޔެ މިހާރު ހުއްޓުމަކަށް ގެނެސްފައިވާ ކޮރޯނާވައިރަސް ފެތުރޭކަން ޗައިނާ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް އެންގީ ޑިސެމްބަރު 31، 2019 ގަ އެވެ. ޖެނުއަރީ 12 އާ ހަމައަށް އެއީ ހަމައެކަނި ޗައިނާގައި ފެތުރެމުންދިޔަ ބަލިމަޑު ކަމެކެވެ. އެ ތާރީޚާ ހަމައަށް ދުނިޔޭގެ އެއްވެސް ގައުމުތަކުން ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ފެނިފައެއް ނުވެ އެވެ.

ކޮވިޑް-19: ކޮރޯނާވައިރަސް ނެތް ގައުމުތަކަކީ ކޮބާ؟
ކޮވިޑް-19: ކޮރޯނާވައިރަސް ނެތް ގައުމުތަކަކީ ކޮބާ؟

އެކަމަކު ޖެނުއަރީ 13 ވަނަ ދުވަހުން ފެށިގެން ކޮރޯނާވައިރަހަކީ ދުނިޔޭގެ މައްސަލައަކަށް ބަދަލުވެއްޖެ އެވެ. ތައިލެންޑާއި ސައުތު ކޮރެއާ، ޖަޕާން އަދި ހޮން ކޮންގުން އެ ވައިރަހަށް ޕޮޒިޓިވް މީހުން ފެންނަން ފަށައިފި އެވެ.

ޖެނުއަރީ 18 ވަނަ ދުވަހު ޗައިނާގައި ވަނީ އެ ވައިރަހަށް ޕޮޒިޓިވް މީހުންގެ އަދަދު 60 އަށް އަރައިފަ އެވެ. އޭގެ ދެ ދުވަސް ފަހުން އެ އަދަދު 200 އަށް އަރައި، ބަލި ޖެހޭ މީހުން ވަނީ ވެރިރަށް ބެއިޖިން އާއި ޝަންހާއި އާދި ޝެންޒެން އިން ފެނިފަ އެވެ. އެހާ ހިސާބުން އެ ވައިރަސް ވަނީ އޭޝިއާ އަދި ޔޫރަޕުން ފެންނަން ފަށައިފަ އެވެ.

މުޅި ދުނިޔޭގައި މިހާތަނަށް ވަނީ 1.27 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 69،488 މީހުން މަރުވެފަ އެވެ.

އެކަމަކު ކޮރޯނާވައިރަހުން ސަލާމަތްވެފައިވާ މަދު ގައުމުތަކެއް އަދިވެސް ވެ އެވެ. އދ.ގެ މެންބަރު ގައުމުތަކުގެ ގޮތުގައި 193 ގައުމު ހިމެނޭ އިރު ކޮރޯނާވައިރަސް ވަނީ 208 ގައުމާއި ޓެރިޓަރީ އަށް ފެތުރިފަ އެވެ. އެޕްރީލް 4 އާ ހަމައަށް 17 ގައުމެއް ނުވަތަ ޓެރިޓަރީއެއް ވަނީ ކޮރޯނާވައިރަސް ނެތް ކަމަށް ރިޕޯޓްކޮށްފަ އެޗެ.

ކޮމޯރޯސް، ކިރިބަތީ، ލެސޯތޯ، މާޝަލް އައިލެންޑްސް، މިކްރޮނީޝިއާ، ނައުރޫ، ނޯތު ކޮރެއާ، ޕަލާއޫ، ސަމޯއާ، ސައޮ ޓޯމް، ސޮލޮމަން އައިލެންޑްސް، ތަޖިކިސްތާން، ޓޮންގާ، ތުރްކްމެނިސްތާން، ޓުވާލޫ، ވަނުއާޓޫ އަދި ޔަމަނެވެ.

ނަމަވެސް ބައެއް ގައުމުތަކުގައި ކޮރޯނާވައިރަސް ނުފެތުރޭ ކަމަށް ބުނާ ވާހަކަތައް ބައެއް ތަޖްރިބާކާރުން ގަބޫލެއް ނުކުރެ އެވެ. މިސާލަކަށް ނޯތު ކޮރެއާ އަދި ޔަމަން ފަދަ ގައުމުތަކެވެ. އެކަމަކު ވަރަށް މަދުން މީހުން ޒިޔާރަތްކުރާ ކުދި ގައުމުތަކުގައި ކޮވިޑް-19 ނެތް ކަމަށް ގަބޫލް ކުރެވިދާނެ އެވެ. އދ.ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ މަދުން މީހުން ޒިޔާރަތް ކުރާ 10 ގައުމުގެ ތެރޭން ހަތް ގައުމުގައި ކޮރޯނާވައިރަހެއް ނެތެވެ.

ޕެސިފިކުގެ ކުޑަ ގައުމެއް ކަމަށްވާ ނައުރޫ އަކީ އދ.ގެ ދެ ވަނަ އަށް އެންމެ ކުޑަ މެންބަރު ސްޓޭޓެވެ. އާބާދީ އަކީ ގާތްގަނޑަކަށް 10،000 އެވެ. ޓުއާ އޮޕަރޭޓަރަކު ބުނި ގޮތުގައި ނައުރޫ އަށް އަހަރަކު ޒިޔާރަތް ކުރަނީ ގާތްގަނޑަކަށް 160 ޓޫރިސްޓުންނެވެ.

ނައުރޫގެ އިތުރުން ކިރިބަތީ، ޓޮންގާ، ވަނުއާޓޫ ފަދަ ގައުމުތަކުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

އިރުމަތީ އެފްރިކާގެ އާބާދީގައި 18 މިލިއަން މީހުން ހިމެނޭ މަލާވީން ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސައުތު ސޫދާނުން ފުރަތަމަ ކޭސް ރިޕޯޓްކުރީ އިއްޔެ އެވެ.