މަޖީދީމަގު މަރާމާތުކުރަނިކޮށް ނަޖިސް ހޮޅިއެއް ފެޅިގެން ނަޖިސް ލީކުވެއްޖެ
މަޖީދީމަގު މަރާމާތުކުރަނިކޮށް ނަޖިސް ހޮޅިއެއް ފެޅިގެން ނަޖިސް ލީކުވެއްޖެ

މަޖީދީމަގު އަލުން މަރާމާތުކުރުމުގެ މަސައްކަތްކުރަމުން ދަނިކޮށް ނަޖިސް ހޮޅިއެއް ފެޅި، މިއަދު ނަޖިސް ލީކުވެއްޖެ އެވެ. އަދި އެކަމާ ގުޅިގެން އެ ހިސާބުގެ ބައެއް ގޭގޭގެ ފާހާނާ ބޭނުންކުރަން ވެސް ވަނީ ހުރަސް އެޅިފަ އެވެ.

މަޖީދީމަގު މަރާމާތުކުރަނިކޮށް ނަޖިސް ހޮޅިއެއް ފެޅިގެން ނަޖިސް ލީކުވެއްޖެ
މަޖީދީމަގު މަރާމާތުކުރަނިކޮށް ނަޖިސް ހޮޅިއެއް ފެޅިގެން ނަޖިސް ލީކުވެއްޖެ

ކުރީގެ ސްޓާ ސިނަމާ ކައިރިން ފެށިގެން މާފަންނު ސަހަރާއާ ހަމައަށް ބަންދުކޮށްގެން އަލުން މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ހޮޅި ފެޅި ނަޖިސް ލީކުވީ އެ ސަރަހައްދުގައި ހުންނަ ލެކިއުޓް ފިހާރަ ކުރިމަތިންނެވެ.

ހޮޅި ފެޅުނީ މަގާ ގުޅޭ އެހެން ހޮޅިތަކެއް ވަޅުލަން ގާތްގަނޑަކަށް ދެ ފޫޓަށް ކޮންނަނިކޮށެވެ. ނަޖިސް ލީކުވުމާ އެކު މުޅި ސަރަހައްދަށް ނުބައި ވަސް ފެތުރުނެވެ.

އެ ހިސާބުގައި ދިރިއުޅޭ މީހަކު ބުނީ ނަޖިސް ހޮޅި ފަޅައިގެން ދިއުމުން މިއަދު އެގޭގެ އެއްވެސް ފާހާނާއެއް ބޭނުންނުކުރެވޭ ކަމަށެވެ.

"މިކަހަލަ މަސައްކަތްކުރާއިރު ބަލަން ޖެހޭ ވަރަށް ނުބަލާތީ މިފަދަ ހާދިސާތައް ދިމާވަނީ. މިކަމުގެ ސަބަބުން މި ސަރަހައްދުގައި ދިރިއުޅޭ އެތައް ބަޔަކަށް ފާޚާނާ ބޭނުމެއް ނުކުރެވޭ،" އެ މީހާ ބުންޏެވެ.

އެ ސަރަހައްދުގައި މަސައްކަތްކުރަން ހުރި އެމްޑަބްލިއުއެސްސީގެ މީހަކު ބުނީ ނަޖިސް ހޮޅި ފަޅައިގެން ދިޔައީ އެކްސްކަވޭޓަރަކުން ކޮނުމުގެ މަސައްކަތް ކުރަނިކޮށް ކަމަށެވެ. އަދި ހޮޅިތައް މަރާމާތުކޮށް މިއަދު އެކަން ހައްލުކުރެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިކަހަލަ މަސައްކަތްކުރަމުން ދާއިރު އެ ފަދަ މައްސަލައެއް ދިމާވެދާނެ. އަޅުގަނޑުމެން މިބަލަނީ ވީ އެންމެ އަވަހަކަށް ހައްލުކުރެވޭތޯ،" އޭނާ ބުންޏެވެ.