ތުއްތު ކުއްޖެއްގެ ގަޔަށް 14 ފަހަރު ވަޅި ހަރައި ވަޅުލުމުން ވެސް ސަލާމަތްވެއްޖެ
ތުއްތު ކުއްޖެއްގެ ގަޔަށް 14 ފަހަރު ވަޅި ހަރައި ވަޅުލުމުން ވެސް ސަލާމަތްވެއްޖެ

ތައިލެންޑުގައި މަންމައަކު އޭނާގެ ދަރިއެއްގެ ގަޔަށް 14 ފަހަރަށް ވަޅިހެރުމަށް ފަހު ވަޅުލާފައި އޮއްވާ ސަލާމަތްކޮށްފި އެވެ. މި ހާދިސާ ހިނގާފައިވަނީ ތައިލެންޑްގެ ކޮން ކައެން ޕްރޮވިންސްގައި މީގެ މަސްތަކެއް ކުރިންނެވެ.

ތުއްތު ކުއްޖެއްގެ ގަޔަށް 14 ފަހަރު ވަޅި ހަރައި ވަޅުލުމުން ވެސް ސަލާމަތްވެއްޖެ
ތުއްތު ކުއްޖެއްގެ ގަޔަށް 14 ފަހަރު ވަޅި ހަރައި ވަޅުލުމުން ވެސް ސަލާމަތްވެއްޖެ

ވިހޭތާ މާ ގިނަ ދުވަސްތަކެއް ނުވެ އޮތް މި ކުއްޖާ ވަޅުލާފައި އޮތީ ވިއްސަކަށް ސެންޓިމީޓަރު ވަޅުގަނޑެއްގައި މޫނު ވަތަށްވާ ގޮތަށެވެ. ކުއްޖާ ފެނުނީ އެހިސާބުގަނޑުގައި ޖަނަވާރުތަކަކަށް ކާންދޭން އުޅުނު މީހަކަށެވެ.

ތުއްތު ކުއްޖެއްގެ ގަޔަށް 14 ފަހަރު ވަޅި ހަރައި ވަޅުލުމުން ވެސް ސަލާމަތްވެއްޖެ
ތުއްތު ކުއްޖެއްގެ ގަޔަށް 14 ފަހަރު ވަޅި ހަރައި ވަޅުލުމުން ވެސް ސަލާމަތްވެއްޖެ

ކުއްޖާ ފެނުނު ކަޗިޓް ކްރޮންގިޓް، 53، ބުނި ގޮތުގައި ކުއްޖަކު ރޯ އަޑު އިވިގެން އޭނާ އެ ދިމާލަށް ދިޔައިރު ބިންމަތިން ތުއްތު ކުއްޖެއްގެ ފައިތިލައެއް ތެޅުވޭތަން ފެނުނެވެ. އަދި އޭނާ ވަގުތުން ވަޅުގަނޑު ކޮނެ ކުއްޖާ ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް އެ އަންހެންމީހާ ބުންޏެވެ.

ޑޮކްޓަރުން ބުނި ގޮތުގައި ކުއްޖާ ވަޅުލާފައި އޮތް ތަނުގައި ހުރި ވެލީގެ ޕްރެޝަރުގެ ސަބަބުން ކުއްޖާގައިން ލޭ އައުން މަނާވެ މަރުން ސަލާމަތްވީ އެވެ.

ކުއްޖާ އަށް ފަރުވާދީ ފަސޭހަވުމުން ގެންދިޔައީ އެ ހިސާބުގަނޑުގައި ހުންނަ ޔަތީމުޚާނާ އަކަށެވެ. އެތަނުގައި ގެންގުޅޭތާ ހަތް މަސް ދުވަސް އެ ތަނަށް ޒިޔާރަތްކުރި ސްވިޑްންގެ ދެމަފިރިއަކު ވަނީ ކުއްޖާ އެޑޮޕްޓްކޮށްފަ އެވެ.

ކުއްޖާ ސަލާމަތްކުރި އަންހެންމީހާ އާއި އޭނާގެ ފިރިމީހާ ތިބީ ކުއްޖާ އަށް ރަނގަޅު އުފާވެރި އާއިލާއެއް ލިބުމުން އެކަމާ ވަރަށް އުފަލުންނެވެ. އެމީހުން ބުނި ގޮތުގައި ކުއްޖާގެ ނަސީބު ވަރަށް ގަދަ އެވެ. އެ ވަޅުގަނޑުގައި އިތުރަށް މަދު ގަޑިތަކަކު އޮތް ނަމަވެސް ކުއްޖާގެ ފުރާނަ ސަލާމަތް ނުކުރެވުނީސް ކަމަށް އެމީހުން ބުންޏެވެ.

ކުއްޖާ އަށް ފަރުވާކުރި ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ބަނޑުގެ ވަރަށް ގިނަ ތަންތަން ހަލާކުވެފައި ހުއްޓެވެ.

އެ އަވަށުގެ ފުލުހުން ބުނަނީ ކުއްޖާއަށް އެ އަނިޔާދީ ވަޅުލީ އޭނާގެ 42 އަހަރުގެ މަންމަ ކަމަށެވެ. އެ އަވަށުގައި ދިރިއުޅޭ އެ އަންހެންމީހާ ހޯދީ ފައިތިލަގެ ނިޝާނުންނާއި އެ އަންހެންމީހާ ދުއްވި މޮޓޯ ސައިކަލު ދިޔަ މަގު ބަލައިގެންނެވެ.

އެމީހާ ހައްޔަރުކޮށް މިހާރު ކުއްޖާ އެއްލާލި ކަމުގެ ދައުވާ އާއި މަރާލަން އުޅުނުކަމުގެ ދައުވާ ވަނީ އުފުލައިފަ އެވެ.