ބްރައިޑަލް ފެޝަން ވީކްގެ އެންމެ ހިތްގައިމު ކަލެކްޝަންތައް

ސްޕްރިން ސަމަ ފެޝަން ވީކްގެ ޝޯތައް ނިންމާލުމަށް ފަހު ނިޔު ޔޯކް އަދި ޕެރިހުގައި ޑިޒައިނަރުން ބްރައިޑަލް ފެޝަން ވީކަށް ހާއްސަ ހެދުންތަކެއް ހުށަހަޅައިދީފި އެވެ.

ބްރައިޑަލް ފެޝަން ވީކްގެ އެންމެ ހިތްގައިމު ކަލެކްޝަންތައް
ބްރައިޑަލް ފެޝަން ވީކްގެ އެންމެ ހިތްގައިމު ކަލެކްޝަންތައް

މިއަހަރުގެ ފޯލް ވިންޓާ 2017 ކަލެކްޝަނަށް ގިނަ ޑިޒައިނަރުން ބްރައިޑަލް ގައުން ފަރުމާކޮށްފައި ވަނީ ހުދު ކުލައިންނެވެ. ހުދު ކުލައިގެ އިތުރުން މަޑު ކްރީމް، ބްލަޝް، ރަން ކުލަ އަދި މަޑު ނޫ ކުލަ ވެސް ބައެއް ޑިޒައިނަރުން ބޭނުން ކޮށްފައިވެ އެވެ.

ބްރައިޑަލް ފެޝަން ވީކްގެ އެންމެ ހިތްގައިމު ކަލެކްޝަންތައް
ބްރައިޑަލް ފެޝަން ވީކްގެ އެންމެ ހިތްގައިމު ކަލެކްޝަންތައް

ލޭސް، ޓުލް އަދި އޮގެންޒާ ފަދަ ފޮތި ބޭނުން ކޮށްގެން ހަދާފައިވާ ވަރަށް ޒަމާނީ އަދި ސާދާ ގައުންތައް ގިނަ ކަމަށް ފާހަގަވި އެވެ. ފޯލް ވިންޓާ ބްރައިޑަލް ކަލެކްޝަންތަކުން އެންމެ ފާހަަގަވި ޑިޒައިނަރުންގެ ތެރޭގައި ވިރަ ވޭންގް، ވިކްޓޯ އެންޑް ރޮލްފް، މާކެސާ، ނައީމް ހާން އަދި ސަޗިން އެންޑް ބަބި ހިމެނެ އެވެ.

ބްރައިޑަލް ފެޝަން ވީކްގެ އެންމެ ހިތްގައިމު ކަލެކްޝަންތައް
ބްރައިޑަލް ފެޝަން ވީކްގެ އެންމެ ހިތްގައިމު ކަލެކްޝަންތައް

ކައިވެނި ހަފުލާތަކަށް ހާއްސަ ގައުން ޑިޒައިންތަކުގެ އިތުރުން، ރީތި ކުރު ހެދުން، ސޫޓާއި ފަޓުލޫނު ވެސް ޑިޒައިނަރުން ހުށަހަޅާދިނެވެ.

ބްރައިޑަލް ފެޝަން ވީކްގެ އެންމެ ހިތްގައިމު ކަލެކްޝަންތައް
ބްރައިޑަލް ފެޝަން ވީކްގެ އެންމެ ހިތްގައިމު ކަލެކްޝަންތައް

ސްޓޯން ފޮކްސް ޑިޒައިނާ ބްރޭންޑިން ޕްލަސް ސައިޒަށް ހާއްސަކޮށް ބްރައިޑަލް ހެދުންތަކެއް ވެސް ފަރުމާކޮށްފައިވެ އެވެ. މިއަހަރުގެ ފޯލް ކަލެކްޝަންގައި ވެސް ގިނައީ ހުދު ކުލައިގެ ބްރައިޑަލް ޑިޒައިންތަކެވެ. ހުދު ކުލަ އަދިވެސް މަގުބޫލުކަން މިކަމުން އެނގެ އެވެ.