ޓާޓާ ފްލެޓް ކުއްޔަށް 33،000ރ. ދައްކާކަށް ނުބުނަން: މުއިއްޒު
ޓާޓާ ފްލެޓް ކުއްޔަށް 33،000ރ. ދައްކާކަށް ނުބުނަން: މުއިއްޒު

ގާކޮއްޓާއި ކުރީގެ އަރަބިއްޔާގެ ބިމުގައި ހެދި ފްލެޓްތައް ލިބުނު މީހުން ކުލީގެ ގޮތުގައި މަހަކު 33،000 ރުފިޔާ ދައްކަން ސަރުކާރުން އަންގާފައި ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޓާޓާ ފްލެޓް ކުއްޔަށް 33،000ރ. ދައްކާކަށް ނުބުނަން: މުއިއްޒު
ޓާޓާ ފްލެޓް ކުއްޔަށް 33،000ރ. ދައްކާކަށް ނުބުނަން: މުއިއްޒު

ގެދޮރު ނެތް މީހުންނަށް ދޭ ބޯހިޔާވަހިކަމުގެ ދަށުން، އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން ހެދި ފްލެޓްތައް ލިބުނު މީހުންނަށް ފުރަތަމަ އެންގީ މަހަކު ދައްކަން ޖެހޭނީ 9،725ރ ކަމަށެވެ. އެކަމަކު މިދިޔަ މާޗު މަހު ހައުސިން މިނިސްޓްރީން އެ މީހުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ފްލެޓެއްގެ އަގަކީ ދެ މިލިޔަން ރުފިޔާ ކަމަށާއި ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކޭނެ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.

މި ފައިސާ މަހުން މަހަށް ދައްކާ ނަމަ ފަސް އަހަރު ވަންދެން މަހަކު މަދުވެގެން 33،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 33،000 ރުފިޔާ ދައްކަން ސަރުކާރުން ނުބުނާ ކަމަށާއި އެއީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށް ވިސްނައިދޭ ގޮތް ކަމަށެވެ.

"އަޅުގަނޑުމެން ނުބުނަން މަހަކު ދައްކަން ޖެހޭނީ ވަކި އަދަދެކޭ. އަޅުގަނޑުމެން ބުނެފައިވަނީ ދެ މިލިޔަން ރުފިޔާ މަދު ވެގެން ފަސް އަހަރުގެ ތެރޭގައި ދެއްކުމަށް. އެކަން ކުރާނީ އެ މީހަކަށް ފަސޭހަވާނެ ގޮތަކަށޭ. 33،000 ރުފިޔާއަކީ އެތަނުގެ ކުއްޔެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން 2012 ގައި ބުނެފައި އޮތީ ދެ ބިމުގައި ހެދި 200 ފްލެޓް ލިބޭ މީސްމީހުންނަށް މަހަކު ދައްކަން ޖެހޭ ވަރު އުޅޭނީ 9،725ރ. ގައި ކަމަށެވެ. ޑައުންޕޭމަންޓްގެ ގޮތުގައި ހަތަރު މަހުގެ ކުލި ދެއްކުމަށް ފަހު ބާކީ ބައި 25 އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް ވެސް އޭރު އޮތީ ހަމަޖައްސައިފަ އެވެ.