ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންފި
ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންފި

ފުވައްމުލަކުގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް އިފުތިތާހު ކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން އެ ސިޓީއަށް މިއަދު ހަވީރު ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންފި
ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންފި

ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް ރައީސާއި އެ މަނިކުފާނުގެ ޓީމް ފުވައްމުލަކަށް ވަޑައިގަތުމުން، އެ ރަށުގައި ތިއްބަވާ ސަރުކާރުގެ އިސްވެރިންނާއި ޕީޕީއެމްގެ ސަޕޯޓަރުން ވަނީ އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންފި
ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންފި

ރައީސް ޔާމީނަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދު އިބްރާހީމެވެ.

ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންފި
ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންފި

ރައީސްގެ ޔާމީންގެ މި ދަތުރުފުޅާ ދިމާކޮށް ޕީޕީއެމްގެ އައްޑޫ ސަޕޯޓަރުންތަކެއް ވެސް އެމަނިކުފާނަށް މަރުހަބާ ކިޔަން ފުވައްމުލަކަށް ގޮސްފައިވެ އެވެ.

ރައީސްގެ މި ދަތުރުފުޅަކީ ފުވައްމުލަކުގެ ފެނާއި ނަރުދަމާ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށް ދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. މިކަމަށްޓަކައި ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ މި ރެ އެވެ.

ފުވައްމުލަކަށް ސިޓީގެ ދަރަޖަ ދިން ފަހުން ރައީސް ޔާމީން އެ ސިޓީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވިއިރު، ކާޑުގެ އަގުބޮޑުކުރި މައްސަލާގައި އިދިކޮޅު މީހުން ވަނީ އެމަނިކުފާނާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ވެސް ކޮށްފަ އެވެ.

ރައީސް ޔާމީންގެ އަރިހުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ހެލްތު މިނިސްޓަރު ނާޒިމް އިބްރާހީމާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުއްﷲ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަ ފޮ ސޯޝަލް އެފެއާޒް މުހައްމަދު ޢައްސާން މައުމޫން ފުވައްމުލަކަށް ވަޑައިގެންނެވި އެވެ.