10 އޮކްޓޯބަރ 2016 - 14:23
މިދިޔަ 10 އަހަރު ތެރޭ ކެރީބިއަން ސަރަހައްދަށް ކުރިމަތިވި އެންމެ ބާރުގަދަ ހަރިކޭން ކަމަށްވާ "ހަރިކޭން މެތިއު" ގައި ހެއިޓީ ވަނީ ފުނޑުފުނޑު ވެފަ އެވެ. ތޫފާނުގެ ގަދަ ވަޔާއި ވިއްސާރަ އަދި ބޮޑެތި ރާޅުތަކުގައި ހެއިޓީގެ އިތުރުން އެހެން ބައެއް ގައުމުތަކަށް ވެސް ވަނީ އަދަދު ނުކުރެވޭހާ ގެއްލުންތައް ލިބިފަ އެވެ.
ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމު ކަމަށްވާ ހެއިޓީ ތޫފާނުގައި ވަނީ އެތައް ސަތޭކަ ބަޔަކު މަރުވެފަ އެވެ. އެ ގައުމުގެ 10 މިލިއަނުގެ އާބާދީ މިހާރު ވަނީ އިތުރަށް ނިކަމެތިވެފަ އެވެ. ގައުމުގެ ބައެއް ސަރަހައްދުތައް ވަނީ ހަމަ އެކީގައިހެން ހަލާކުވެފަ އެވެ. އަލުން އާރާސްތުކުރުމަށް ހޭދަވާނެ މުއްދަތެއް ވެސް ނޭނގެ އެވެ.
އެ ގައުމަށް ލިބުނު ބައެއް ގެއްލުންތައް ފޮޓޯ އާއި ނަންބަރުން މި ވީޑިއޯގައި ހިމަނާފައި ވާނެ އެވެ.