އެންމެ ދުވަސްވީ ސަރަގޭޓް މަންމަގެ 15 ދަރިން
އެންމެ ދުވަސްވީ ސަރަގޭޓް މަންމަގެ 15 ދަރިން

ވިޔަފާރި އުސޫލުން އެކި މީސްމީހުންނަށް އެންމެ ގިނަ ދަރިން ވިހައިދީފައިވާ ސަރަގޭޓް މަންމަގެ ރެކޯޑް މިހާރު އޮތީ ކެރޯލް ހޯލޮކް ކިޔާ އިނގިރޭސި ވިލާތުގެ އަންހެނަކަށެވެ. ކެރޯލް ވަނީ 15 ދަރިން ވިހާފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ދެ ކުދިންނަކީ އޭނާގެ އަމިއްލަ ދެ ދަރިންނެވެ. ނަމަވެސް އޭގެ ފަހުން ވިހާފައިވާ ކުދިންނަކީ ވަކި ދެމަފިރިންގެ ކުދިންނެވެ.

އެންމެ ދުވަސްވީ ސަރަގޭޓް މަންމަގެ 15 ދަރިން
އެންމެ ދުވަސްވީ ސަރަގޭޓް މަންމަގެ 15 ދަރިން

ކެރޯލްގެ އުމުރުން މިހާރު 50 އަހަރެވެ. އެހެންކަމުން ޑޮކްޓަރުން އޭނާއަށް އިންޒާރު ދީފައި ވަނީ އުމުރުން ދުވަސްވުމާއި 10 ފަހަރަށް ވުރެ ގިނަ ފަހަރު ވިހާފައި ވާތީ އިތުރަށް ކުއްޖަކު ވިހަން އުޅެފި ނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށެވެ.

އެންމެ ދުވަސްވީ ސަރަގޭޓް މަންމަގެ 15 ދަރިން
އެންމެ ދުވަސްވީ ސަރަގޭޓް މަންމަގެ 15 ދަރިން

ޑޮކްޓަރުންގެ އިންޒާރަށް ބެލުމެއް ނެތި 16 އަދި 17 ވަނަ ކުއްޖަކު އުފަން އުފަން ކުރެވޭތޯ އޭނާ ވަނީ މަސައްކަތް ފަށައިފަ އެވެ.

އެންމެ ދުވަސްވީ ސަރަގޭޓް މަންމަގެ 15 ދަރިން
އެންމެ ދުވަސްވީ ސަރަގޭޓް މަންމަގެ 15 ދަރިން

ކެރޯލް އަށް މިދިޔަ އަންގާރަ ދުވަހު ވަނީ 50 އަހަރު ފުރިފަ އެވެ. މިއީ އިނގިރޭސި ވިލާތުގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވެސް އައިވީއެފްގެ ފަރުވާ ދެވޭ އެންމެ ދޮށީ އުމުރެވެ. އެހެންވެ އެންމެ ފަހު ފަހަރު ކުއްޖަކު ވިހަން ކެރޯލް ކޮންމެހެން ވެސް ބޭނުންވެ އެވެ. މިއީ މިގޮތަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށާއި މި ފުރުސަތުގެ ބޭނުން ނުހިފައިފި ނަމަ ދެން ދުވަހަކު ވެސް މިކަން ނުވާނެކަމަށް ކެރޯލް ބުނެފައިވެ އެވެ.

އެހެންވެ އިނގިރޭސި ވިލާތުގެ ދެމަފިރިއެއްގެ އެދުމުގެ މަތިން އެމީހުންގެ ފަސް ދުވަސްވީ އެމްބްރިޔޯ މި ހަފުތާގެ ތެރޭގައި ކެރޯލްގެ ރަހިމަށް ވަނީ ޓްރާންސްފާ ކޮށްފަ އެވެ. މިކަންކުރީ ގްރީކްގެ ވެރިރަށް އެތެންސްގެ ކްލިނިކެއްގަ އެވެ.

ޔޫކޭ ޑޮކްޓަރުން ކެރޯލް އަށް އައިވީއެފް ހަދައިދޭން އެއްބަސް ނުވާނެކަން ކެރޯލް އަށް ޔަގީނާ ގާތަށް އެނގެ އެވެ. އެއީ އޭނާގެ އުމުރުގެ ދޮށީ ކަމާއި މިހާރުވެސް ސަރަގޭޓް 13 ކުދިން ކެރޯލް ހޯދާފައިވާތީ އެވެ.

އެއްގޮތަކަށް ވެސް ދަރިއަކު ލިބުމުގެ އުންމީދެއް ނެތް އިނގިރޭސި ވިލާތުގެ ދެމަފިރިއަކަށް ދަރިން ހޯދައިދިނުމުގެ މަސައްކަތް ކެރޯލް ފަށާފައި ވާއިރު ކުރިޔަށް އޮތް ހަފުތާ ތެރޭ އޭނާ ބަލިވެ އިންކަން ނުވަތަ ނޫންކަން އެނގޭނެ އެވެ.

"ޔޫކޭ ޑޮކްޓަރުން ބުނި އިތުރަށް ބަލިވެ އިނދެއްޖެ ނަމަ ފުރާނައަށް ނުރައްކާ ވެދާނޭ. ވަރަށް ގިނަ މީހުން އަހަންނާ ސުވާލުކުރޭ އަހަރެން އަމިއްލަ ނަފްސަށް މިހާ ބޮޑެތި ތަކްލީފު ދީގެން ކީއްކުރަންހޭ ވިހަނީ. އަދި ވިހާފަ ދަރިން އެހެން މީހުންނަށް ދޭން އަސަރެއް ނުކުރޭހޭ،" ކެރޯލް ބުންޏެވެ.

ކެރޯލް ބުނި ގޮތުގައި ބަލިވެ އިނުމާއި ދަރިން ވިހެއުމަކީ އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ.

"ކީއްވެ ބައެއް މީހުން އުސްތަންތަނުން ފުންމަނީ. އެއީ ވެސް ފުރާނައަށް ނުރައްކާ ވެދާނެ ފަދަ ކަންތަކެއްނު،" ކެރޯލް ބުންޏެވެ.

ކެރޯލް ބުނި ގޮތުގައި މިފަހަރުގެ އައިވީއެފް ކާމިޔާބުވެ ވިހައިފި ނަމަ އޭނާ އަކީ ވިޔަފާރީގެ އުސޫލުން މި މަސައްކަތްކުރާ އެންމެ ދުވަސްވީ މަންމައަށް ވާނެ އެވެ. އަދި އުންމީދުކުރާ ގޮތަށް އެއްމާބަނޑު ދެބެން މިފަހަރު ލިބިއްޖެ ނަމަ އޭނާއަށް ތިން ފަހަރަށް އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ލިބުނު މީހެއްގެ ޝަރަފު ވެސް ލިބޭނެ އެވެ. މީގެ ކުރިން އޭނާއަށް އެއް ފަހަރު އެއްމާބަނޑު ދެބެއިން އަދި އެއް ފަހަރު އެއްމާބަނޑު ތިން ބެއިން ވަނީ ލިބިފަ އެވެ.

ކެރޯލް އެންމެ ފުރަތަމަ ސަރަގޭޓް މަންމައަކަށްވީ އުމުރުން 25 އަހަރުގައި 1995 ވަނަ އަހަރު އެވެ. އޭރު އޭނާ އުޅެނީ ކައިވެންޏެއް ކޮށްގެނެއް ވެސް ނޫނެވެ.

ކެރޯލް ބުނި ގޮތުގައި ވިހޭ ހުރިހާ ކުދިންގެ ތެރެއިން ވެސް އެންމެ ހަނދާން ނައްތާލަން ދަތީ ފުރަތަމަ ކުއްޖާ އެވެ. އެ ކުއްޖާގެ މައިންބަފައިންނާ އޭނާއާ އޮތީ އާދަޔާޚިލާފު ވަރުގަދަ ގުޅުމެއް ކަމަށާއި ފަހުން ވެސް އެމީހުންނަށް އެއްމާބަނޑު ދެ ކުދިން ވެސް ހޯދާދީފައިވާ ކަމަށް ކެރޯލް ބުންޏެވެ.

"އަހަންނަށް އެންމެ މަގްބޫލު ބަލިވެ އިނުމަކީ އެއްމާބަނޑު ތިންކުދިން ލިބުނު ފަހަރު. އެއްފަހަރާ ތިން ފުރާނަ އަހަރެންގެ ހަށިގަނޑުގައި ގެންގުޅުމުގެ އިހްސާސަކީ ވަރަށް އުފާވެރި އިހްސާސެއް،" އޭނާ ބުންޏެވެ.

ނަމަވެސް ތިން ކުދިންނަށް ބަލިވެ އިނުމުން ނުރަނގަޅު އަސަރުތައް ކެރޯލްއަށް ކުރި އެވެ.

"އަހަރެންގެ ދެ ދަތް ވެއްޓުނު. ނާރުތައް ވަރަށް ބޮޑަށް ފުއްޕި އަދި ވަރަށް ބޮޑަށް ފަލަވި،" ކެރޯލް ކިޔައިދިނެވެ.

ކެރޯލް އަށް އޭނާގެ މިހާރުގެ ބައިވެރިޔާ ޕޯލް އާ ބައްދަލުވީ މީގެ 18 އަހަރު ކުރިންނެވެ. އޭރުވެސް ޕޯލްގެ ދަރިއަކު ހުރެ އެވެ. އެހެންކަމުން މި ދެ މީހުން އިތުރަށް ދަރިން ބޭނުމެއް ނޫނެވެ. އަދި ކެރޯލްގެ ސަރަގޭޓް މަސައްކަތަށް ޕޯލް ވެސް ތާއީދު ކުރެ އެވެ.

ނަމަވެސް 2004 ގައި އައިވީއެފް ހެދި ނަމަވެސް އެފަހަރު ލިބުނު ދަރިފުޅަކީ އޭނާ އާއި ޕޯލްގެ ދަރިއަކަށް ވި އެވެ. މިކަން އެނގުނީ ކުއްޖާ ވިހާފައި އެ ކުއްޖާގެ މައިންބަފައިންގެ ގޮތުގައި ބެލެވިފައިވާ ދެމަފިރިންނަށް ހަވާލުކުރިތާ ހަ ހަފުތާ ފަހުންނެވެ. އެހެންވެ އަނބުރާ ދަރިފުޅު ހޯދާކަށް ކެރޯލް އާއި ޕޯލް އަކަށް ނުކެރުނެވެ.

"ވަރަށް ހިތްދަތި އިހްސާސެއް ކުރެވުނު އަމިއްލަ ދަރިފުޅަކު އެހެން މީހަކަށް ދޭން ޖެހުނީމަ. ނަމަވެސް އަހަރެމެން އިތުރު ކުއްޖަކު ބޭނުން ވެސް ނުވާތީ އެ ދަރިފުޅު ހަވާލުކުރި މީހުން ގެންގުޅޭ ގޮތަށް ހަމަޖެއްސީ. އެކަމު ދަރިފުޅު މަތިން ވަރަށް ހަނދާންވޭ،" ކެރޯލް ބުންޏެވެ.

އެހެން ދެމަފިރިއެއްގެ ދަރިއަކަށް ކެރޯލް ބަލިވެ އިނދެ ވިހާ ކޮންމެ ފަހަރަކު އެ ދެމަފިރިން ކެރޯލްއަށް ގިނަ އަދަދެއްގެ ފައިސާ ދެއެވެ. އިނގިރޭސި ވިލާތުގައި ނަމަ 15،000 ޕައުންޑް މަދުވެގެން ދޭން ޖެހެ އެވެ.
ނަމަވެސް ކެރޯލް އަށް މި މަސައްކަތުން ލިބޭ ފައިސާގެ އަދަދު ހާމަކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.