އިންތިޚާބު ވެއްޖެ ނަމަ ހިލަރީ ޖަލަށްލާނަން: ޓްރަމްޕް
އިންތިޚާބު ވެއްޖެ ނަމަ ހިލަރީ ޖަލަށްލާނަން: ޓްރަމްޕް

ވޮޝިންޓަން (އޮކްޓޯބަރު 10) - އެމެރިކާގެ ރިޔާސީ އިންތިޚާބު ބާއްވަން މަހަކަށް ވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ދިފާއުގައި ވާދަވެރި ކެންޑިޑޭޓް ހިލަރީ ކްލިންޓަނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

އިންތިޚާބު ވެއްޖެ ނަމަ ހިލަރީ ޖަލަށްލާނަން: ޓްރަމްޕް
އިންތިޚާބު ވެއްޖެ ނަމަ ހިލަރީ ޖަލަށްލާނަން: ޓްރަމްޕް

ދެ ކެންޑިޑޭޓުގެ ދެ ވަނަ ބަހުސްގައި ޓްރަމްޕް ވަނީ ޚާރިޖީ ވަޒީރުކަމުގައި އަމިއްލަ ސާވާ އިން އީމެއިލް ފޮނުވި މައްސަލަ ބަލާ ހިލަރީ ޖަލަށްލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހިލަރީގެ ފިރިކަލުން ބިލް ކްލިންޓަނަކީ އަޚުލާގު ދަށް މީހެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އިންތިޚާބު ވެއްޖެ ނަމަ ހިލަރީ ޖަލަށްލާނަން: ޓްރަމްޕް
އިންތިޚާބު ވެއްޖެ ނަމަ ހިލަރީ ޖަލަށްލާނަން: ޓްރަމްޕް

ވޮޝިންޓަން ޔުނިވާސިޓީގައި ބޭއްވި އެތައް މިލިއަން ބަޔަކު ބަލަމުން ދިޔަ ބަހުސްގައި ޓްރަމްޕް ވަނީ އަންހެނުންގެ ހައްގުތަކަށް އުނިވާ ގޮތަށް އޭނާ ދައްކަވާފައިވާ ޖިންސީ ވާހަކަތަކަށް މައާފަށް އެދިވަޑައިގެންފަ އެވެ. އެކަމަކު ކުރީގެ ރައީސް ބިލް ކްލިންޓަން ވެސް އޯޑިއެންސްގައި އިންނަވަނިކޮށް ކްލިންޓަނަށް ހަމަލާ ދެއްވަމުން ވިދާޅުވީ "އެއީ އަންހެނުންނަށް އަނިޔާވެރި މީހެއް" ކަމަށެވެ.

އިންތިޚާބު ވެއްޖެ ނަމަ ހިލަރީ ޖަލަށްލާނަން: ޓްރަމްޕް
އިންތިޚާބު ވެއްޖެ ނަމަ ހިލަރީ ޖަލަށްލާނަން: ޓްރަމްޕް

"ބިލް ކްލިންޓަނަށް ބައްލަވާ. އޭނާ މާ ބޮޑަށް ގޯސް. އަޅުގަނޑު ދެއްކި ވާހަކައެއް ދެއްކީ އަނގަބަހުން. ކްލިންޓަން ވަނީ އަމަލުން ކޮށްފައި،" އެމެރިކާގެ ތާރީޚުގައި ވެސް އެއްވެސް ވެރިއަކު އަންހެނުންނަށް އަނިޔާވެރި ނުވާ ވަރަށް ކްލިންޓަން އަނިޔާވެރިވި ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ބަހުގެ ހަމަލާ ދެއްވައިފަ އެވެ.

އިންތިޚާބު ވެއްޖެ ނަމަ ހިލަރީ ޖަލަށްލާނަން: ޓްރަމްޕް
އިންތިޚާބު ވެއްޖެ ނަމަ ހިލަރީ ޖަލަށްލާނަން: ޓްރަމްޕް

ކްލިންޓަނަށް ބަހުގެ ހަމަލާތައް ޓްރަމްޕް އަމާޒު ކުރެއްވީ 2005 ވަނަ އަހަރު ޓްރަމްޕް ދައްކަވާފައިވާ ވީޑިއޯއާ ގުޅޭ ގޮތުން މޮޑަރޭޓަރު ސީއެންއެންގެ އެންޑަސަން ކޫޕާ ސުވާލު ކުރުމުންނެވެ.

އިންތިޚާބު ވެއްޖެ ނަމަ ހިލަރީ ޖަލަށްލާނަން: ޓްރަމްޕް
އިންތިޚާބު ވެއްޖެ ނަމަ ހިލަރީ ޖަލަށްލާނަން: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ ހިލަރީގެ އީމެއިލްގެ މައްސަލަ ބެލުމަށް ޚާއްސަ ޕްރޮސެކިއުޓަރަކު ހަމަޖެއްސުމަށް އޭނާގެ އެޓާނީ ޖެނެރަލް އަށް އަންގަވާނެ ކަމަށެވެ.

"ނޮވެމްބަރުގެ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ހިލަރީ ދާން ޖެހޭނީ ޖަލަށް،" ޓްރަމްޕް ވިދާޅުވި އެވެ.

ހިލަރީގެ އަމިއްލަ އީމެއިލް ސާވާ ބޭނުން ކުރެއްވި މައްސަލަ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ބެލުމަށް ފަހު ވަނީ އެކަމަނާގެ މައްޗަށް ދައުވާ ކުރުމަށް ދެކޮޅު ހަދައިފަ އެވެ.

ޓްރަމްޕުގެ ހަރުކަށި ވާހަކަތަކާ ގުޅިގެން ކުރީގެ އެޓާނީ ޖެނެރަލް އެރިކް ހޯލްޑާ ވިދާޅުވީ ޓްރަމްޕަކީ ރައީސް ކަމަށް ފިޓް ނޫން، ނުރައްކާ މީހެއް ކަމަށެވެ. އަދި ރިޗަޑް ނިކްސަންގެ ސިޔާސީ ވާދަވެރިއެއްގެ މައްސަލަ ބެލުމަށް އެންގެވުމުން އެޓާނީ ޖެނެރަލް އިސްތިއުފާ ދެއްވިކަން ހޯލްޑާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ވަކި ފަރުދުންގެ މައްޗަށް ދައުވާ ކުރުމަކީ އެމެރިކާގެ ރައީސުން އާއްމުކޮށް ކުރައްވާ ކަމެއް ނޫނެވެ. ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވައިޓް ހައުސްގެ ތަރުޖަމާން އެރިކް ފްލެއިޝާ ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓް އިދިކޮޅު މީހުން ޖަލަށް ނުލާނެ ކަމަށެވެ. އަދި މި މައްސަލާގައި ޓްރަމްޕް ގޯސް ކަމަށް އޭނާ ވިދާޅުވި އެވެ.

ބުޝްގެ ތަގުރީރުތައް ލިޔުއްވި ޑޭވިޑް ފްރަމް ވަނީ ސިޔާސީ ވާދަވެރިން ޖަލަށްލާން އަމުރުކުރާ ރައީސެއްގެ އެޓާނީ ޖެނެރަލަކަށްވާނީ ކާކުތޯ ސުވާލު ކުރައްވައިފަ އެވެ.

ރިޔާސީ ދެ ވަނަ ބަހުސްގައި ހިލަރީ ވަނީ ޓްރަމްޕަށް ފަހިވާ ގޮތަށް ރިޔާސީ އިންތިޚާބު ހަލަބޮލިކޮށްލަން ރަޝިޔާ އިން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އެކަމަނާ ވިދާޅުވީ އީމެއިލްތައް ރަޝިޔާ އިން ހެކް ކުރަމުން ދަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ.

ފިރިކަލުންނާ ބެހޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ހިލަރީ ކޮމެންޓް ކުރައްވައިފައެއް ނުވެ އެވެ. ހިލަރީ ވިދާޅުވީ އަންހެނުންނަށް އިހާނެތިވާ ގޮތަށް ޓްރަމްޕް ދައްކަވާފައިވާ ވާހަތަކާ ގުޅިގެން އަމިއްލަ ޕާޓީގެ އިސް އެތައް ބައެއްގެ ތާއީދު އަނބުރާ ގެންދަމުންދާތީ ޓްރަމްޕަކީ ކާކުކަން އެނގޭނެ ކަމަށެވެ. ޓްރަމްޕުގެ ވީޑީއޯ ހުކުރު ދުވަހު އާއްމުވި ފަހުން ރިޕަބްލިކަން ޕާޓީގެ ސީނިއާ 33 މެންބަރުންގެ ތާއިދު ވަނީ އަނބުރާ ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ސެނޭޓަރުންނާއި ކޮންގްރެސްގެ މެންބަރުންނާއި ސްޓޭޓް ގަވަރުނަރުން ވެސް ހިމެނެ އެވެ.

ހިލަރީ ޖަލަށްލައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވީ ގައުމުގައި ގާނޫނު ތަންފީޒު ކުރަން ޓްރަމްޕް ކަހަލަ މީހަކު ހުރުން ރަނގަޅު ނުވާނެ ކަމަށް ހިލަރީ ވިދާޅުވުމާ ގުޅިގެން އެކަމަނާގެ ވާހަކަ މެދު ކަނޑާލައްވައިފަ އެވެ.