މެކް ބްރޭންޑުން މެޓެލިކް ފައުންޑޭޝަން ނެރެނީ
މެކް ބްރޭންޑުން މެޓެލިކް ފައުންޑޭޝަން ނެރެނީ

މޭކަޕާއި ކޮސްމެޓިކްސްގެ ދުނިޔޭގައި ފަހަކަށް އައިސް މަގުބޫލު ޓްރެންޑްތަކުގެ ތެރެއިން، ވިދާ ގްލިޓާ އަދި ޝިމާ މޭކަޕް ހިމެނެ އެވެ. މެޓެލިކް ލިޕްސްޓިކާއި އެކި ވައްތަރުގެ ހައިލައިޓާ ޕައުޑާ އާއި ގްލިޓާ އައިޝެޑޯ އަކީ ގިނަ ބަޔަކަށް ކަމުދާ ވައްތަރުތަކެވެ. އަދި މިއަހަރު މިޕްރޮޑަކްޓްތަކަށް ޑިމާންޑް އިތުރު ވެއްޖެ އެވެ.

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑުން މެކް އިން މި މަހު މެޓެލިކް ފައުންޑޭޝަނެއް ނެރޭނެ ކަމަށް އެމީހުންގެ ސްނެޕްޗެޓު ޕޭޖްގައި ބުނެފައި ވެ އެވެ. ޓީން ވޯގް މަޖައްލާއިން ބުނިގޮތުގައި މެކްގެ އާ ފައުންޑޭޝަން ފުރަތަމަ ތައާރަފު ކޮށްފައިވަނީ ނިމިގެންދިއަ ނިއު ޔޯކް ފެޝަން ވީކްގަ އެވެ.

މެކްގެ ސީނިއާ މޭކަޕް އާޓިސްޓް ޑޮމިނިކް ސްކިނާ އޭނާގެ އިންސްޓަގްރަމް އެކައުންޓުގައި މި ފައުންޑޭޝަންތަކުގެ ސާމްޕަލެއް ދައްކާލި އެވެ. އަދި ދެ ޝޭޑެއްގެ ފައުންޑޭޝަނަށް ކިޔާ ނަންތައް ވެސް ހިއްސާކުރި އެވެ. "މިލިއަން ޑޮލާ ބްލިންގް" އާއި "ޖަސްޓް އަ ހިންޓް" އެވެ. އެއީ ނިއުޓްރަލް ރަން ކުލައެއް އަދި ކޮޕާ ބްރޮންޒު ކުލައެއް ކަމަށް ޓީން ވޯގް އިން ރިޕޯޓު ކުރި އެވެ. ނަމަވެސް، ޑޭވިޑް ސްކިނާ އޭނާގެ މި ޕޯސްޓު އޭގެ ފަހުން ވަނީ ޑިލީޓް ކޮށްލާފަ އެވެ. މެކް ބްރޭންޑުން ވެސް މިކަމާ ބެހޭގޮތުން އިތުރު މައުލޫމާތެއް ދީފައެއް ނުވެ އެވެ.

މެކްގެ ސްޓްރޯބިން ކްރީމަކީ ފަހަކަށްއައިސް މަގުބޫލު ޕްރޮޑަކްޓެކެވެ. އަދި ގިނަ ބަޔަކު ބުނާ ގޮތުގައި މި ބްރޭންޑުގެ މެޓެލިކް ފައުންޑޭޝަނަކީ މެކްގެ ފޭސް އެންޑް ބޮޑީ ކްރީމާއި ސްޓްރޯބިން ކްރީމް އެއްކޮށްލައިގެން ތައްޔާރު ކޮށްފައިވާ އުފެއްދުމެކެވެ.