މިއަހަރުގެ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 25 ދަރިވަރުން ހޮވައިފި
މިއަހަރުގެ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 25 ދަރިވަރުން ހޮވައިފި

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 25 ދަރިވަރުން ހޮވައި އެންރޯލްމަންޓް ސިޓީ ހަވާލު ކޮށްފި އެވެ.

މިއަހަރުގެ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 25 ދަރިވަރުން ހޮވައިފި
މިއަހަރުގެ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 25 ދަރިވަރުން ހޮވައިފި

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި ޕްރޮގްރާމަށް ހޮވުނު ދަރިވަރުންނަށް ސިޓީ ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ.

މިއަހަރުގެ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 25 ދަރިވަރުން ހޮވައިފި
މިއަހަރުގެ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 25 ދަރިވަރުން ހޮވައިފި

ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދީ، އެ މީހުން މަސައްކަތުގެ މާހައުލަށް އަހުލުވެރި ކޮށްދިނުމަށް 2009 ވަނަ އަހަރުން ފެށިގެން ދިރާގުން ކޮންމެ އަހަރަކު ވެސް ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި، ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުމުގެ ގޮތުން ބައިވެރިންނަށް ހާއްސަ ޓްރެއިނިންތަކެއް ކުރިއަށް ގެންދެ އެވެ.

ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ އޭލެވެލް ނިިންމާފައިވާ، 18 - 24 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާއީލް ރަޝީދު ވިދާޅުވީ، މިހާތަނަށް ދިރާގު އެޕްރެންޓިސްޝިޕްގައި ބައިވެރިވި ދަރިވަރުންނަށް ލިބުނު ތަމްރީންތައް ވަރަށް ރަނގަޅަށް އެ ކުދިން ބޭނުން ކުރަމުން ދާ ކަމަށެވެ.

"މި ޕްރޮގްރާމް ނިންމާފައި ތިބި ކުދިންގެ ތެރެއިން ގިނަ ކުދިން މިހާރު ދަނީ ދިރާގުގެ އިތުރުން އެކި ކުންފުނިތަކުގައި ރަނގަޅު ވަޒީފާތައް އަދާ ކުރަމުން. އަދި ބައެއް ކުދިން ދަނީ އިތުރަށް ކިޔަވަމުން. މި ނަތީޖާއަކީ، އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި، ޕްރޮގްރާމްގެ ކާމިޔާބުކަން ދައްކުވައިދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިމަގުގައި، މިހާރަށް ވުރެ ވެސް ފުރިހަމަ ކޮށް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ހިންގާނެ އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދެ އެވެ. އެހެންވެ، އަމިއްލަ ރަށް ނުވަތަ އަތޮޅުގައި ހުރެގެން ވެސް މި ފުރުސަތުގެ ބޭނުން ހިފޭނެ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ދިރާގުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބެ އެވެ. އޭގެ ތެރޭގައި، ސޭލްސް އާއި މާކެޓިން، ޕްރޮކިއުމަންޓް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް، ހިއުމަން ރިސޯސަސް، ފައިނޭންސް، އިންފޮމޭޝަން ސިސްޓަމް، ނެޓްވޯކްސް އަދި ކަސްޓަމާ ސޮލިއުޝަންސް ހިމެނެ އެވެ.

މި ޕްރޮގްރާމްގައި ހިމެނޭ ކޯސްތަކާއި ޓްރެއިނިންތަކުގެ ތެރޭގައި ސޮފްޓް ސްކިލް ޑިވެލޮޕްމަންޓް ވެސް ހިމެނެ އެވެ. އެގޮތުން، އެތިކްސް، ޓައިމް މެނޭޖްމަންޓް، ކޮމިއުނިކޭޝަން ސްކިލްސް އަދި ސީވީ ތައްޔާރު ކުރުމާއި އިންޓަވިއު ސްކިލްސް ފަދަ ކަންކަން ދަސްކޮށްދެ އެވެ.