ރާއްޖޭގެ އިސްލާމިކް ފައިނޭންސް ސެންޓަރު ހަރުދަނާ ކުރުމަށް ދުބާއީގެ ކުންފުންޏަކާއެކު ސޮއިކޮށްފި
ރާއްޖޭގެ އިސްލާމިކް ފައިނޭންސް ސެންޓަރު ހަރުދަނާ ކުރުމަށް ދުބާއީގެ ކުންފުންޏަކާއެކު ސޮއިކޮށްފި

މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ގެ މަަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް، ދުބާއީގެ އަލްހުދާ ސެންޓާ ފޯ އިސްލާމިކް ބޭންކިން އެންޑް އިކޮނޮމިކްސް އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ރާއްޖޭގެ އިސްލާމިކް ފައިނޭންސް ސެންޓަރު ހަރުދަނާ ކުރުމަށް ދުބާއީގެ ކުންފުންޏަކާއެކު ސޮއިކޮށްފި
ރާއްޖޭގެ އިސްލާމިކް ފައިނޭންސް ސެންޓަރު ހަރުދަނާ ކުރުމަށް ދުބާއީގެ ކުންފުންޏަކާއެކު ސޮއިކޮށްފި

އިސްލާމިކް ފައިނޭންސް ސެންޓަރު އިތުރަށް ހަރުދަނާކޮށް މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ހެދި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެމްސީއައިއެފްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ އެވެ. އަލްހުދާ ސެންޓަރުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޒުބޭރު މުގަލް އެވެ.

މި އެއްބަސްވުން ދެމިގެންދާނީ ދެ އަހަރުގެ މުއްދަތަކަށެވެ.

ދީދީ ވިދާޅުވީ އެމްސީއައިއެފުން މަސައްކަތް ކުރަމުން އަންނަަނީ އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ކަމަށާއި އިތުރު ކުންފުނިތަކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އިސްލާމިކް ފައިނޭންސާ ގުޅޭ ވަސީލަތްތައް ވަރަށް މަދުކަމަށާއި އެހެންކަމުން އެ ދާއިރާއިން މީހުން ތަމްރީނުކުރުމުން ލުއިތަކެއް ލިބޭނެ ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ ހަރަދުތައް ވެސް ކުޑަވުން ކަމަށް ދީދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިސްލާމިކް އިންޝުއަރެންސްގެ ދާއިރާ ފުޅާވަމުން އައި ކަމުގައި ވިޔަސް އެ ދާއިރާއިން ތަމްރީނު ވެފައި ތިބި މީހުން މަދެވެ.

އިސްލާމިކް ފައިނޭންސް ސެންޓަރަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމުގެ މަގުސަދުގައި މިދިޔަ މާޗު މަހު ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ކުންފުންޏެކެވެ.