މަރުވުމުގެ ކުރިން ހައްޔަރުވާން ބޭނުންވާތީ 102 އަހަރު މީހަކު ހައްޔަރުކޮށްފި
މަރުވުމުގެ ކުރިން ހައްޔަރުވާން ބޭނުންވާތީ 102 އަހަރު މީހަކު ހައްޔަރުކޮށްފި

މަރުވުމުގެ ކުރިން އެކި މީހުން އެދޭނީ އެކި ކަންކަމަށެވެ. އެމެރިކާގެ މިސޫރީގައި ދިރިއުޅޭ އެޑީ ސިމްސް މަރުވުމުގެ ކުރިން ކުރަން ބޭނުންވި އެއް ކަމަކީ ފުލުހުން ގޮސް އޭނާ ހައްޔަރުކޮށްގެން ގެންދިއުމެވެ.

މަރުވުމުގެ ކުރިން ހައްޔަރުވާން ބޭނުންވާތީ 102 އަހަރު މީހަކު ހައްޔަރުކޮށްފި
މަރުވުމުގެ ކުރިން ހައްޔަރުވާން ބޭނުންވާތީ 102 އަހަރު މީހަކު ހައްޔަރުކޮށްފި

އުމުރުން 102 އަހަރު ވެފައިވާ މި އަންހެންމީހާ އެދުނު ގޮތަށް މިދިޔަ ހަފުތާގެ ހުކުރު ދުވަހު ވަނީ ހައްޔަރުކޮށް އަތުގައި ބިޑި އަޅުވައިގެން ފުލުހުންގެ ކާރަކަށް އަރުވައިގެން ގެންގޮސްފަ އެވެ. މިއީ ސިމްސްގެ "ބަކެޓް ލިސްޓް" ގައި ހިމެނޭ ކަމަކަށް ވާތީ އޭނާ އެގޮތަކަށް އެދުމުން ފުލުހުން އެކަން ކޮށްދިނީ އެވެ. ސިމްސްގެ ބަކެޓް ލިސްޓުގައިވާ "ގެޓިން އެރެސްޓެޑް" ގައި ފުރިހަމަވި ކަމުގެ ފާހަގަ ޖެހެން އަންނަނީ ކޮންމެ ގޮތަކުން ނަމަވެސް އޭނާ ހައްޔަރުކޮށްގެންނެވެ.

މަރުވުމުގެ ކުރިން ހައްޔަރުވާން ބޭނުންވާތީ 102 އަހަރު މީހަކު ހައްޔަރުކޮށްފި
މަރުވުމުގެ ކުރިން ހައްޔަރުވާން ބޭނުންވާތީ 102 އަހަރު މީހަކު ހައްޔަރުކޮށްފި

ސެން ލުއިސްގެ ޕޮލިސް އޮފިސަރުން އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ސެން ލުއި ފައިވް ސްޓާ ސީނިއާ ސެންޓާ އަށެވެ. އެތަނަށް ވެއްދުމުން ސިމްސް ހުރީ ވަރަށް އުފަލުންނެވެ. އެތަނުގައި ތިބެނީ ދުވަސްވީ މީހުންނެވެ. ސިމްސް ހައްޔަރުކޮށްދިން ފުލުހުން ބުނަނީ އެމީހުން ވެސް ތިބީ ސިމްސް އަށް މިކަން ކޮށްދެވުނީތީ ވަރަށް އުފާވެފައި ކަމަށެވެ.

ފުލުހުންގެ ވެހިކަލްގައި ދުއްވާލަން ދެވުމުން ވަރަށް މަޖާވިތޯ އެހުމުން ސިމްސް ބުނީ ވަރަށް މަޖާ ކަމަށާއި އަދި ބިޑި އަޅުވާފައި އިނުމުން އަދި މާ އުފާވި ކަމަށެވެ.

މި ސެންޓަރަށް ސިމްސް އަލަށް ދިޔަ ނަމަވެސް އޭނާއަކީ އެތަނުގައި ތިބޭ މީހުންނަށް ހަދިޔާ ފޮނުވާ މީހެކެވެ. އޭނާ ފޮނުވާ އެއްޗެތީގެ ތެރޭގައި ބާލީހާއި ސްކާފް، އައިނުލާ ފޮށި އަދި ދަބަސް ފަދަ ތަކެތި ހިމެނެ އެވެ. މިއީ ސިމްސް އަމިއްލަ އަތުން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗެވެ.

ކުރިން ސިމްސް މި ތަކެތި ހަދިޔާކުރަމުން ދިޔައީ ވޮލަންޓިއަރެއް މެދުވެރިކޮށެވެ. ނަމަވެސް ސިމްސްގެ ދީލަތި ހަދިޔާއަށް އެ ސެންޓަރުގެ މީހުން އަބަދުވެސް ޝުކުރުވެރިވެ އެވެ. ނަމަވެސް ރަސްމީކޮށް ސިމްސް އާ ބައްދަލުވެފައިވަނީ މިފަހަރު އެކަންޏެވެ.

އެ ސެންޓަރުގެ އިސް މީހަކާއި ފުލުހުންގެ އޮފިސަރަކާ ރައްޓެހިކަން އޮންނާތީ ސިމްސް ހައްޔަރުވާން ބޭނުންވެގެން އުޅޭތީ އެކަން ކުރެވޭނެ މަގު ފަހިކޮށްދިނީ އެ ޕޮލިސް އޮފިސަރެވެ. ޕޮލިސް އޮފިސަރުން ކިޔައިދިން ގޮތުގައި ސިމްސް ހައްޔަރުކޮށްގެން ވެހިކަލަށް އެރުވުމުން ބިޑި ވެސް އަތުގައި އަޅުވާލަދިނުމަށް ސިމްސް އެދުނެވެ. އެހެންވެ އޭނާ ގެންދިޔައީ ބިޑި ވެސް އަޅުވައިގެންނެވެ.