ބާރުގަދަ ތޫފާން އެމެރިކާގެ ފްލޮރިޑާ އަށް އަރަނީ
ބާރުގަދަ ތޫފާން އެމެރިކާގެ ފްލޮރިޑާ އަށް އަރަނީ

ފްލޮރިޑާ (އޮކްޓޯބަރު 6) - ބާރުގަދަ ތޫފާނެއް އަރާތީ އެމެރިކާގެ ފްލޮރިޑާގެ ރައްޔިތުން ތައްޔާރުވެ ތިބުމަށް އެ ސްޓޭޓުގެ ގަވަރުނަރު ރިކް ސްކޮޓް އިލްތިމާސް ކުރައްވައިފި އެވެ.

ބާރުގަދަ ތޫފާން އެމެރިކާގެ ފްލޮރިޑާ އަށް އަރަނީ
ބާރުގަދަ ތޫފާން އެމެރިކާގެ ފްލޮރިޑާ އަށް އަރަނީ

ހަރިކޭން މެތިއުގެ ސަބަބުން ވަނީ ބަހާމާސް އަށާއި ހެއިޓީގެ ބޮޑު ބަޔަކަށް ގެއްލުން ލިބިފަ އެވެ. މި ތޫފާނުގައި ގަޑިއަކު ދަނީ 185 ކިލޯމީޓަރުގެ ބާރު މިނުގައި ވައިޖެހެމުންނެވެ. މި ތޫފާނުގައި ހެއިޓީން ވަނީ 22 މީހުން މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފަ އެވެ. އަދި އެ ގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ވެސް ވަނީ ފަސްކޮށްފަ އެވެ.

ބާރުގަދަ ތޫފާން އެމެރިކާގެ ފްލޮރިޑާ އަށް އަރަނީ
ބާރުގަދަ ތޫފާން އެމެރިކާގެ ފްލޮރިޑާ އަށް އަރަނީ

ފްލޮރިޑާ އަށް ތޫފާނު އަރާތީ ރައްކާތެރިކަމުގެ ހިސާބުތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ފްލޮރިޑާ އާއި ޖޯޖިއާ އަދި ސައުތު ކެރޮލީނާ އިން ގާތްގަނޑަކަށް ދެ މިލިއަން މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ތޫފާން އަރާތީ ފްލޮރިޑާގައި މީހުން ވަނީ ދުއްވާ އެއްޗިއްސަށް ތެޔޮ އަޅަން ކިޔޫ ހަދައިފަ އެވެ. އަދި ގިނަ ބަޔަކު ދަނީ ކާބޯތަކެތި ގަނެ ރައްކާ ކުރަމުންނެވެ. ގިނަ ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ. އެމެރިކަން އެއާލައިންސް އިން ވަނީ ސައުތު ފްލޮރިޑާގެ ތިން އެއާޕޯޓަކަށް ކުރާ ދަތުރުތައް ކެންސަލްކޮށްފަ އެވެ.